8 އޭރު ދޯނި އޮތީ ގޮނޑުދޮށާ ގާތްގަނޑަކަށް ދުއިސައްތަ ގަޒު ދުރުމިނުގައެވެ. އޭގައި ތިބި އަސްޙާބީން މަސްތަކުން ފުރިފައި އޮތް ދާ ދަމަމުން ދޯނި ގޮނޑުދޮށަށް ކައިރި ކޮށްފިއެވެ.
އަދި އެކަލޭގެފާނުގެ އަސްޙާބީންގެ އަތުގައި ވީ މަދު މަސްކޮޅު ނަންގަވާ މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ދެންނެވިއެވެ. ދެން އެކަލޭގެފާނުގެ އަސްޙާބީންގެ އަތަށް ދެއްވައި މީސްތަކުންނަށް ކާން ދެއްވުމަށް އެންގެވިއެވެ.
އެ ހިނދު ޕަތަރަސް ގާތު އީސާގެފާނު ލޯބިފުޅުވާ އަސްޙާބީ، ބުންޏެވެ. ”އެއީ މާތް ސާހިބާ!“ ޝަމްއޫނު ޕަތަރަސްއަށް މާތް ސާހިބާއޭ ބުނި އަޑު އިވުނުއިރު އޭނާ ހުރީ ހުސްގަޔާ ކަމަށް ވީތީ އަވަހަށް އެއްޗިހި ލައިގެން މޫދަށް ފުންމާލައި ފަތާފައި އެއްގަމަށް އައެވެ.
އެމީހުން ގޮނޑުދޮށަށް ފޭބިތަނުން ދެލި އަންދައިގެން އަލިފާން ރޯކުރެވި މަސް ފިހެވެމުން ދިޔަތަން އެމީހުންނަށް ފެނުނެވެ. އަދި އެތަނުގައި ބޯ ރޮށިތައް ވެސް ހުއްޓެވެ.