Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 21:7 - ކިތާބުލް މުޤައްދަސާ

7 އެ ހިނދު ޕަތަރަސް ގާތު އީސާގެފާނު ލޯބިފުޅުވާ އަސްޙާބީ، ބުންޏެވެ. ”⁠އެއީ މާތް ސާހިބާ!⁠“ ޝަމްއޫނު ޕަތަރަސްއަށް މާތް ސާހިބާއޭ ބުނި އަޑު އިވުނުއިރު އޭނާ ހުރީ ހުސްގަޔާ ކަމަށް ވީތީ އަވަހަށް އެއްޗިހި ލައިގެން މޫދަށް ފުންމާލައި ފަތާފައި އެއްގަމަށް އައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 21:7
20 ပူးပေါင်းရင်းမြစ်များ  

އަދި އެ ހިމާރު ތިޔަބައިމީހުން މޮހާލުމުން ހިމާރު މޮހާލީ ކީއްވެގެންތޯ މީހަކު ސުވާލު ކޮށްފިނަމަ ބުނޭ. ’⁠މާތްސާހިބާ އެ ހިމާރަށް އެދިގެންވެޔޭ. އަދި ލަސްތަކެއްނުވެ އަނބުރާ އެ ހިމާރު ފޮނުވައިދޭނަމޭ.⁠‘⁠“


”⁠ހެދުން އަޅާ މަސައްކަތަށް ތައްޔާރުވެގެން ތިބޭ. ކަލޭމެންގެ ބައްތިތައް ދިއްލާފައި ބަހައްޓާ.


ދާއޫދުގެފާނު އުފަންވި ރަށުގައި މިއަދު ތިޔައެންމެހައި މީސްތަކުން ދިންނަވާނޭ ބޭކަލަކު އުފަންވެއްޖެ. އެކަލޭގެފާނީ މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާފައިވާ އަލްމަސީޙު ކަމުގައިވާ މާތްސާހިބާ.


އަހަރެން ބުނަންތަ؟ އޭނާގެ ކިބައިގައި ވީ ފާފަތަކަކީ ގިނަފާފަތަކެއް ނަމަވެސް އޭނާގެ ފާފަތައް ފުއްސަވައިފި. އޭނާގެ ކިބައިން އެފެނުނު މަތިވެރި ލޯތްބަކީ އެކަމުގެ ނިޝާން. ނަމަވެސް މަދު ފާފަތައް ފުއްސަވައި ދެއްވޭ މީހަކު ލޯބި ވާނީ ވެސް މަދުން.⁠“


އީސާގެފާނުގެ އަސްޙާބީންގެ ތެރެއިން އީސާގެފާނު ޚާއްސަކޮށް ލޯބިފުޅުވާ އަސްޙާބީ އެކަލޭގެފާނާއި ވަރަށް ކާރީގައި އިނެވެ.


އެ ހިނދު އީސާގެފާނަށް އެކަލޭގެފާނުގެ މަންމާފުޅާއި އެކަލޭގެފާނު ލޯބިފުޅުވާ އަސްޙާބީ އެތާނގައި ތިއްބެވިތަން ފެނުމުން މަރިޔަމްގެފާނަށް ވިދާޅުވިއެވެ. ”⁠މާތް އަންހެނާ! ތިހިރީކަމަނާގެ ދަރިފުޅު.⁠“


އޭނާ ދުވަމުން ގޮސް ޝަމްއޫނު ޕަތަރަސްއާއި އަދި އީސާގެފާނު ލޯބިފުޅުވާ އަސްޙާބީ ހޯދާފައި ބުންޏެވެ. ”⁠އެމީހުން މާތްސާހިބާގެ ހަށިކޮޅު އެތަނުން ގެންގޮއްސި. މިހާރު އެމީހުން އެކަލޭގެފާނުގެ ހަށިކޮޅު ގެންދިޔަ ތަނެއް ވެސް އަހަރެމެންނަކަށް ނޭނގެ.⁠“


ދެން އީސާގެފާނު އެކަލޭގެފާނުގެ އަތްތިލަފުޅުގަޔާއި އަރިކަށިފުޅުގައިހުރި ޒަޚަމުތަކުގެ ނިޝާން އެމީހުންނަށް ދެއްކެވިއެވެ. އެމީހުންނަށް މާތްސާހިބާ ފެނުމުން އުފަލުން ފުރުނެވެ.


ތޯމާސް ބުންޏެވެ. ”⁠މާތްރަސްކަލާނގެ! މަގޭ މާތްސާހިބާ!⁠“


ޕަތަރަސް އެނބުރި ބެލިތަނާ އޭނާއަށް ފެނުނީ އީސާގެފާނު ލޯބިފުޅުވާ އަސްޙާބީ އެމީހުންގެ ފަހަތުން އަންނަ ތަނެވެ. އެ އަސްޙާބީއަކީ އެރޭގެ ކެއުމުގެ ވަގުތުގައި އީސާގެފާނުގެ ކަންފަތްޕުޅު ކައިރިއަށް ގުދުވެ ”⁠ސާހިބާ އަޅުގަނޑުމެންގެ ތެރެއިން ކަލޭގެފާނަށް ޚިޔާނާތްތެރިވާނީ ކާކުހޭ⁠“ މިހެން އެހި އަސްޙާބީއެވެ.


މިވާހަކަތަކަށް ހެކިދެއްވީ މި ވާހަކަތައް ލިޔުއްވި އަސްޙާބީވެސް މެއެވެ. އޭނާ ދައްކާފައި ހުރި ވާހަކަތަކީ ތެދެއްކަން އަހަރެމެންނަށް ޔަޤީނެވެ.


އޭރު ދޯނި އޮތީ ގޮނޑުދޮށާ ގާތްގަނޑަކަށް ދުއިސައްތަ ގަޒު ދުރުމިނުގައެވެ. އޭގައި ތިބި އަސްޙާބީން މަސްތަކުން ފުރިފައި އޮތް ދާ ދަމަމުން ދޯނި ގޮނޑުދޮށަށް ކައިރި ކޮށްފިއެވެ.


ކަލޭމެންނަށް ވެސް އެނގޭނެ ފަދައިން ބަނީއިސްރާއީލު މީހުންނަށް މާތްރަސްކަލާނގެ އެންގެވި ހެޔޮޚަބަރުފުޅަކީ މާތްރަސްކަލާނގެ ޚާއްސަކުރައްވާ ފޮނުއްވި ފަރާތް ކަމުގައި ވާ އީސާ އަލްމަސީޙު މެދުވެރިކޮށް އިންސާނުންނާއި މާތްރަސްކަލާނގެއާއި ދެމެދު ސުލްޙައާއި ހަމަޖެހުން ގާއިމު ވި ކަމުގެ ޚަބަރުފުޅޭ. އީސާގެފާނަކީ އެންމެންގެ ވެސް ވެރި މާތްސާހިބާއޭ.


އެހެން ކަމުން ބަނީއިސްރާއީލުގެ އެންމެންނޭ، ކަށަވަރުވެ ދެނެގަނޭ. ކަލޭމެން ސަލީބަށް ނަގާ މަރާލި އީސާގެފާނު އެއީ މާތްރަސްކަލާނގެ ފޮނުއްވި މާތްސާހިބާ އަލްމަސީޙު.⁠“


އަޚުންނާއި އުޚުތުންނޭވެ! ކަލޭމެންނީ ޖަލާލަތުކަން ލިބިވަޑައިގެންވާ މާތްސާހިބާ އީސާ އަލްމަސީޙަށް އީމާންތެރިކަމުގައިވާ ބަޔަކު ކަމުގައިވާ ހިނދު އެއްވެސް މީހަކީ އަނެކާއަށް ވުރެން މުހިންމު މީހެއް ކަމުގައި ނުދެކޭށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ