4 އިރުއަރަނިކޮށް އީސާގެފާނު އެ އައްސޭރިއަށް ވަޑައިގަންނެވިއެވެ. ނަމަވެސް އަސްޙާބީންނަކަށް އެއީ އެކަލޭގެފާނު ކަމެއް ނޭނގުނެވެ.
ޔޫސުފުގެފާނަށް އެބައިމީހުންނީ އެކަލޭގެފާނުގެ އަޚުންކަން އެނގިވަޑައިގަންނަވައެވެ. ނަމަވެސް އެބައިމީހުންނަށް އެކަލޭގެފާނީ ކާކުކަމެއް ނޭނގެއެވެ.
މިއަށް ފަހު އީސާގެފާނު ތަފާތު އެހެން ޙާލަތެއްގައި އެކަލޭގެފާނުގެ ދެ އަސްޙާބީންގެ ކުރިމައްޗަށް ފާޅުވެ ވަޑައިގެންނެވިއެވެ. އެއީ މި ދެ އަސްޙާބީން ޖެރޫސަލަމް ދޫކޮށް ރަށުތެރެއަށް ދާން ހިނގަމުން ދިޔަ މަގުމަތީގައެވެ.
ދެން އެމީހުންގެ ލޯހުޅުވި އެމީހުންނަށް އެކަލޭގެފާނަކީ ކާކުކަން އެނގުނެވެ. ނަމަވެސް ހަމަ އެވަގުތު އީސާގެފާނު އެމީހުންގެ ކުރިމަތިން ޣައިބު ވެއްޖެއެވެ.
ދެން އޭނާ ފަހަތަށް އެނބުރި ބަލާލިއިރު އޭނާގެ ފުރަގަހުގައި މީހަކު ހުއްޓެވެ. އެއީ އީސާގެފާނެވެ. ނަމަވެސް އޭނާއަކަށް އެއީ އެކަލޭގެފާނު ކަމެއް ނޭނގުނެވެ.