Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 21:2 - ކިތާބުލް މުޤައްދަސާ

2 އީސާގެފާނުގެ އަސްޙާބީންގެ ތެރެއިން ބަޔަކު އެތާނގައި ތިއްބެވެ. އެއީ ޝަމްއޫނު ޕަތަރަސްއާއި، ވަނަމަކަށް ”⁠ދީދިމޫހު⁠“ އޭ ކިޔޭ ތޯމާސްއާއި، ގަލީލީގެ ޤާނާގެ ނަތާނިއެލްއާއި، ޒަބަދީގެ ދެފިރިހެން ދަރިންނާއި، އަދިވެސް އިތުރު ދެ އަސްޙާބީންނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 21:2
12 ပူးပေါင်းရင်းမြစ်များ  

ފިލިޕު އާއި ބަރުތުލޫމު އާއި ތޯމާސް އާއި ޓެކްސް ނަގާ މައްތާ އާއި ހަލްފާހުގެ ދަރި ޔާމިޒު އާއި ތައްދާވުސް އާއި ސިޔާސީ ކަންތަކުގައި އިންގިލާބީ ޖޯޝްގައި އުޅެމުން ދިޔަ ސިމުއާން އާއި އަދި އިސްކަރިޔޮތުގެ ޔުދާސްއެވެ. އިސްކަރިޔޮތުގެ ޔުދާސް ފަހުން އީސާގެފާނާއި ދެކޮޅުވެރިވެ އެކަލޭގެފާނަށް ޚިޔާނާތްތެރިވިއެވެ.


ކުޑަތަންކޮޅެއް ކުރިއަށް ވަޑައިގެންނެވި ތަނާހެން އެކަލޭގެފާނަށް އިތުރު ދެބެއިން ފެނިވަޑައިގަތެވެ. އެއީ ޒަބަދީގެ ދެ ދަރިން ކަމުގައިވާ ޔާމިޒު އާއި ޔޫޙަންނާ އެވެ. އެމީހުން ތިބީ އެބައިމީހުންގެ ދޯނީގައި ދާތައް މަރާމާތު ކުރުމަށެވެ.


ޒަބަދީގެ ދެދަރިން ޔާމިޒު އާއި ޔޫޙަންނާ ވެސް މިތަން ދެކެ ހައިރާންވިއެވެ. މި ދެމީހުންނަކީ ޝަމްއޫނު އާއި އެކު މަސައްކަތް ކުރާ ދެމީހުންނެވެ. އީސާގެފާނު ޝަމްއޫނަށް ވިދާޅުވިއެވެ. ”⁠ކަންބޮޑުވެ ބިރުނުގަނޭ. މިއަދުން ފެށިގެން ކަލޭ މަސް ހިފުމުގެ ބަދަލުގައި މާތްރަސްކަލާނގެ މަގު ދެއްކުމަށްޓަކައި ހިފާނީ އިންސާނުން.⁠“


ފިލިޕު ގޮސް އޭނާގެ ރައްޓެއްސެއް ކަމުގައިވާ ނަތާނިއެލް ހޯދާފައި އޭނާ ގާތު ބުންޏެވެ. ”⁠މޫސާގެފާނާއި އެހެނިހެން ވެސް ރަސޫލުންނާ ނަބީބޭކަލުން އެކަލޭގެފާނަކާއި މެދު ލިޔުއްވި ކަލޭގެފާނު އަހަރެމެންނަށް ފެނިއްޖެ. އެކަލޭގެފާނަކީ ޔޫސުފުގެ ދަރިފުޅު ނާޒަރަތު އަވަށުން ވަޑައިގެންނެވި އީސާގެފާނު.⁠“


ދެން ތޯމާސް، ނުވަތަ ދީދިމޫހު އެހެން އަސްޙާބީންނަށް ބުންޏެވެ. ”⁠އެކަލޭގެފާނުގެ އަރިހުގައި ދަމާހިނގާ. އޭރުން އެކަލޭގެފާނާއި އެކު އަހަރެމެން ވެސް މަރުވެދާނެ އެންނު.⁠“


އޭގެ ދެ ދުވަހެއް ފަހުން އީސާގެފާނުގެ މަންމާފުޅު މަރިޔަމްގެފާނު ގަލީލީގެ ރަށެއް ކަމުގައި ވީ ޤާނާގައި އޮތް ކައިވެނި ޖާފަތަކަށް ވަޑައިގަތެވެ.


މިކަން ހިނގީ ގަލީލީގެ ޤާނާގައެވެ. އީސާގެފާނު ދެއްކެވި އެންމެފުރަތަމަ މާނަފުން މުޢުޖިޒާތަކީ މިއީއެވެ. އެތާނގައި އީސާގެފާނު އެކަލޭގެފާނުގެ ޖަލާލަތުކަން ދެއްކެވިއެވެ. އެއާއެކު އެކަލޭގެފާނުގެ އަސްޙާބީން އެކަލޭގެފާނަށް އީމާންވިއެވެ.


ތޯމާސް ބުންޏެވެ. ”⁠މާތްރަސްކަލާނގެ! މަގޭ މާތްސާހިބާ!⁠“


ދެން އީސާގެފާނު ވަޑައިގެންނެވީ އެހިސާބުގެ ރަށެއް ކަމުގައިވާ ޤާނާ އަށެވެ. އެއީ އީސާގެފާނު ފެން، މޭބިސްކަދުރު ދިޔައަށް ހެއްދެވި ރަށެވެ. ކަޕަރުނައުމްގައި ސަރުކާރުގެ މަތީ އޮފިސަރަކު ހުއްޓެވެ. އޭނާގެ ފިރިހެން ދަރިފުޅު ވަނީ ވަރަށް ބޮޑަށް ބަލިވެފައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ