Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 21:19 - ކިތާބުލް މުޤައްދަސާ

19 އެކަލޭގެފާނު މިހެން މި ވިދާޅުވީ ޕަތަރަސް މަރުވާނީ މާތްރަސްކަލާނގެ ނަންފުޅު މަތިވެރި ވާނެ ފަދަ ގޮތެއްގައި ކަމަށް އިޝާރާތް ކުރައްވައެވެ. ދެން އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠އަހަރެންނާ އެކު އާދޭ!⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 21:19
17 ပူးပေါင်းရင်းမြစ်များ  

އެއްވެސް މީހަކު އަހަރެންނަށް އީމާންވެ ސަލީބުގައި އޮވެ ނިމިދިއުމަށް ތައްޔާރުގައި ނުވާނަމަ، އެއީ އަހަރެންނަށް ތަބާވެގެންވާ މީހެއްގެ ގޮތުގައި ވުން އެކަށީގެންވާ މީހެއް ނޫން.


އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން މިބުނަނީ ތެދެއް. އަންނަން އޮތް އާ ޒަމާނުގައި އިންސާނާގެ ދަރިކަލުން އަންނަ ހިނދު، އިންސާނާގެ ދަރިކަލުން މަތިވެރިވެގެންވާ ތަޚުތުގައި އިށީނދެ ވަޑައިގަންނަވާ ހިނދު އަހަރެންގެ އަސްޙާބީންކަމުގައި ތިޔަބައިމީހުން ބަނީއިސްރާއީލުންގެ ބާރަ ގަބީލާގެ މައްޗަށް އިންސާފު ގާއިމުކުރުމަށް ޓަކައި ބާރަ ތަޚުތުގައި އިށީނދެ ވަޑައިގަންނަވާނެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެންނާއި އެކުގައި އާދޭ. އަދި މަރުވެފައިވާ މީހުން، އެމީހުންގެ ތެރެއިން މަރުވާ އެހެން މީހުން ވަޅުލިޔަދީ!⁠“


އަހަރެންގެ ޚިދުމަތުގައިވުމަށް އެދޭ ކޮންމެ މީހަކުމެ އަހަރެންނާއި އެކު އާދޭ! އެފަދަ މީހުން އަބަދުވެސް އަހަރެން ވާ ތަނެއްގައި ވެ ވުމަށްޓަކައި. އަދި މީހަކު އަހަރެންގެ ޚިދުމަތުގައިވުމަށް ނިންމައިފިނަމަ، ބައްޕާފުޅު އެމީހަކު ޝަރަފުވެރި ކުރައްވާނެ.


އީސާގެފާނު މިހެން ވިދާޅުވީ އެކަލޭގެފާނު އަވަހާރަކޮށްލެވޭނެ ގޮތާއިމެދު އިޝާރާތް ކުރެއްވުމަށެވެ.


މިފަދައިން ކަންތައްތައް ވުމުގެ ސަބަބުން އީސާގެފާނު އެކަލޭގެފާނު އަވަހާރަވެދާނެ ކަމަށް ވިދާޅުވި ގޮތަށް އެކަންތައްވެ ފުރިހަމަވެގެން ދިޔައެވެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން ބުނަންތަ! ކަލޭ ޒުވާން އިރު ކަލޭ ބޭނުން ގޮތަކަށް ކަންތައްކޮށް ބޭނުން ތާނކަށް ގޮސްއުޅުނު ނަމަވެސް މުސްކުޅި ވުމުން ކަލޭ ދެއަތް ދިއްކުރާނެ. އޭރުން އެހެން މީހުން ކަލޭ ދާން ބޭނުން ނެތްތާނކަށް ކަލޭ ބަނދެގެން ގެންދާނެ.⁠“


އީސާގެފާނު ވިދާޅުވިއެވެ. ”⁠އޭނާ އަހަރެން އެނބުރި އަންނަން ދެން ދުނިޔޭގައި ހުންނަން އަހަރެން އެދުނު ކަމުގައި ވިޔަސް އެކަމާ ނުބެހޭ. ކަލޭ އަހަރެންނާއި އެކުގައި އާދޭ.⁠“


ޙަޤީޤަތަށް ބުނާނަމަ އަހަރެންގެ ޙަޔާތުގައި ލަދުވެތި ވާން ޖެހޭފަދަ އެއްވެސް ޢަމަލެއް ކޮށްފައިނުވާނެ ކަމުގައި ފުރިހަމަ އުންމީދާއެކު ބަލަބަލައި ހުރީމެވެ. އަހަރެން ދިރިހުރި ކަމުގައިވިޔަސް އަދި މަރުވެ ދިޔަ ނަމަވެސްމެއެވެ. އަބަދުވެސް އަހަރެންނަށް އެދެވެނީ ހިތްވަރާއެކު ކުރީގައި ވެސް ފަދައިން އީސާގެފާނަށްޓަކައި ވުމެވެ. އެއީ އީސާއަލްމަސީޙަށް އަހަރެންގެ ފަރާތުން ގެނެސްދޭނީ ޝަރަފުވެރިކަން ލިބޭނެ ކަމުގެ އިތުބާރާއެކުގައެވެ.


ނަމަވެސް އަހަރެންގެ ޙަޔާތުގައި މާގިނަ މުއްދަތެއް ނުވާކަމުގައި މާތްސާހިބާ އީސާ އަލްމަސީޙު އަހަރެންނަށް ދައްކުވައި ދެއްވައިފިއެވެ. އަހަރެންގެ ނިމުން މިވަނީ ވަރަށް ކައިރީގައެވެ.


ޞަމޫއީލްގެފާނު އެމީހުންނަށް ޖަވާބު ދެއްވިއެވެ. ”⁠ކަލޭމެން ދެން ބިރު ނުގަނޭ. ކަލޭމެންނަށް ތިޔަ އޮތީ ގޯސް ހެދިފައި. ދެން ވެސް މާތްރަސްކަލާނގެއަށް ފުރަގަސް ނުދީ ކިޔަމަންތެރިވުން މަތީ ދެމިތިބޭ. އަދި ކަލޭމެން ހިތުގެ އަޑިން އެކަލާނގެއަށް ޚިދުމަތް ކުރަމުން ގެންދޭ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ