Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 21:17 - ކިތާބުލް މުޤައްދަސާ

17 އަނެއްކާވެސް އީސާގެފާނު ސުވާލު ކުރެއްވިއެވެ. ”⁠ޔޫޙަންނާގެ ދަރި ޝަމްއޫނު! ކަލޭ އަހަރެން ދެކެ ލޯބިވަންތަ؟!⁠“ ޕަތަރަސްގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. އެއީ އީސާގެފާނު ތިން ފަހަރަށް އޭނާ ކުރެން މިހެން އެއްސެވީތީއެވެ. ”⁠އާދެ، ސާހިބާ! ސާހިބާއަށް ހުރިހާ ކަމެއް ވެސް އެނގި ވަޑައިގަންނަވާނެ. އަޅުގަނޑު ސާހިބާ ދެކެ ލޯބިވާކަން ސާހިބާއަށް އެނގި ވަޑައިގަންނަވާނެ.⁠“ ދެން އީސާގެފާނު ވިދާޅުވިއެވެ. ”⁠އެހެން ވިއްޔާ އަހަރެންގެ ކަންބަޅި ބަކަރިތައް ގެންގުޅެ ބަލަހައްޓާ!⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 21:17
40 ပူးပေါင်းရင်းမြစ်များ  

މިދާއޫދު ދެން ދަންނަވާނީ ވެސް ކީކޭތޯ؟ ސާހިބުވަންތަ މާތްރަސްކަލާނކޯ! އިނބަރަސްކަލާނގެ ޚާދިމަކީ ކާކުކަން އިނބަރަސްކަލާނގެއަށް އެނގިވޮޑިގަންނަވާނެ.


ރަސްގެފާނު ޖަވާބުގައި ވިދާޅުވާނެ. ’⁠އަހަރެން މިބުނަނީ ތެދެއް. މީސްތަކުންގެ ތެރޭން އަހަރެންނަށް އިމާންވާ އެންމެ ދެރަ މީހާއާ މެދު އެފަދަ ކަމެއް ކުރިޔަސް އެކަމެއް އެކޮށްދެވުނީ އަހަރެންނަށް.⁠‘


އެ ހިނދު ދެވަނަ ފަހަރަށް ހާލެއް ގޮވި އަޑު އިވިގެން ދިޔައެވެ. އަދި ޕަތަރަސްއާއި މުޚާތަބު ކުރައްވާ އީސާގެފާނު ވިދާޅުވި ވިދާޅުވުމުގެ މަތިން އޭނާ ހަނދާންވިއެވެ. ”⁠ހާލެއް ދެފަހަރަށް ގޮވުމުގެ ކުރިން ތިން ފަހަރަށް އަހަރެންނަކީ ތިބާ ނުދަންނަ މީހެއް ކަމުގައި ބުނާނެ.⁠“ އަދި އޭނާ މިކަމާއި ނުހަނު ހިތާމައިން ރޯންފެށިއެވެ.


ފަޤީރުން އަބަދުވެސް ކަލޭމެންގެ ކުރިމަތީގައި ވާނެ. ނަމަވެސް އަހަރެން މާކަގިނަ ދުވަހަކު ދެނެއް ކަލޭމެންގެ ކައިރިއަކު ނުވާނެ.⁠“


އީސާގެފާނު ވިދާޅުވިއެވެ. ”⁠ކަލޭ އަހަރެންނަށްޓަކައި މަރުވަން ވެސް ތިހިރީ ތައްޔާރަށް ކަން ހަމަ ޔަޤީންތަ؟ އަހަރެން ބުނަންތަ؟ މިރޭ ފަތިހު ހާ ގޮވުމުގެ ކުރިން ތިން ފަހަރު މަތިން އަހަރެން މިއީ ކަލޭ ދަންނަވެސް މީހެއް ނޫން ކަމުގައި ކަލޭ ބުނާނެ.⁠“


އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެން އަހަރެން ދެކެ ލޯބިވާނަމަ އަހަރެންގެ އަމުރަށް ކިޔަމަންވާނެ.


އަހަރެންގެ އަމުރަށް ކިޔަމަން ވާނަމަ ކަލޭމެން ތިބޭނީ އަހަރެންގެ ލޯތްބާ ގުޅިފައި. އެއީ އަހަރެން ބައްޕާފުޅު ބަސް އެހުމުގެ ސަބަބުން އަހަރެން ބައްޕާފުޅުގެ ލޯތްބާ ގުޅިފައިވާ ފަދައިން.


ކަލޭގެފާނަށް ހުރިހާ އެއްޗެއް ވެސް އެނގިވަޑައިގެންވާ ކަމާއި އަދި އެއްވެސް މީހަކު ކަލޭގެފާނުގެ ކުރެން ސުވާލެއް ކުރާކަށް ނުޖެހޭނެކަން މިހާރު އަޅުގަނޑުމެންނަށް އެނގިއްޖެ. މިކަމުގެ ސަބަބުން ކަލޭގެފާނު ވަޑައިގެންނެވީ މާތްރަސްކަލާނގެ ކިބަފުޅުން ކަން ވެސް އަޅުގަނޑުމެންނަށް ގަބޫލު ކުރެވިއްޖެ.⁠“


އަނެއްކާވެސް ޕަތަރަސް އެކަމާއި ދެކޮޅުހެދިއެވެ. އަދި ހަމަ އެވަގުތު ފަތިހުގެ ހާ ގޮވިއެވެ.


ވާން މިއުޅެނީ ކީއްކަން ރަނގަޅަށް އީސާގެފާނަށް އެނގިވަޑައިގެންވިއެވެ. ނަމަވެސް އެކަލޭގެފާނު ކުރިއަށް ޖެހިވަޑައިގެން ވިދާޅުވިއެވެ. ”⁠ކަލޭމެން ތިޔަ ހޯދަނީ ކާކު؟⁠“


އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން ބުނަންތަ! ކަލޭ ޒުވާން އިރު ކަލޭ ބޭނުން ގޮތަކަށް ކަންތައްކޮށް ބޭނުން ތާނކަށް ގޮސްއުޅުނު ނަމަވެސް މުސްކުޅި ވުމުން ކަލޭ ދެއަތް ދިއްކުރާނެ. އޭރުން އެހެން މީހުން ކަލޭ ދާން ބޭނުން ނެތްތާނކަށް ކަލޭ ބަނދެގެން ގެންދާނެ.⁠“


އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠ކަލޭ ގޮސް ކަލޭގެ ފިރިމީހާ ގޮވައިގެން އާދޭ.⁠“


ދެން އެމީހުން މި ފަދައިން ދުޢާ ކުރިއެވެ. ”⁠މާތް ސާހިބާ! ތިޔައީ އެންމެންގެ ހިތުގެ އަޑި ދެނެވޮޑިގެންވާ ފަރާތް. މި ދެމީހުންގެ ތެރެއިން މާތް ސާހިބާ ހޮއްވެވި މީހާ އަޅަމެންނަށް ހާމަކޮށް އަންގަވާފާނދޭވެ.


ތިން ފަހަރު މަތިން މި ފަދައިން ކަންތައް ވި. ދެން ކުއްލިއަކަށް އެ ސަތަރިގަނޑު އުޑަށް ގެންދެވުނު.


ދެން އެންމެންގެ ވެސް ހިތުގެއަޑި ދެނެވޮޑިގެންވާ މާތްރަސްކަލާނގެ އެބައިމީހުންގެ އީމާންކަން ދެނެވޮޑިގެން ވާކަން ފާޅުކުރެއްވި. އެކަލާނގެ މާތްރޫޙުފުޅު ހަމަ އަހަރެމެންނަށް ވެސް ދެއްވި ފަދައިން އެ ރޫޙުފުޅު އެމީހުންނަށް ވެސް ދެއްވާ އެކަލާނގެ މި ކަން ހާމަކުރެއްވި.


އަދި ތިޔަބައިމީހުންގެ އަމަލުތަކުގެ ސަބަބުން މާތްރަސްކަލާނގެ މާތްރޫޙުފުޅަށް ހިތްދަތިކަން ލިބުނަ ނުދޭށެވެ. އެ ރޫޙުފުޅަކީ ތިޔަބައިމީހުން ޤިޔާމަތް ދުވަހުން ފާފަތަކުން މިނިވަން ކޮށް ދެއްވާނެކަމުގެ ޔަޤީންކަން ލިއްބައިދޭ ފާހަގައެވެ.


އެހެންވީމާ، އެދުވަހުން ތިޔަބައިމީހުން އުފާފާގަތި ކަމުގައިވާނެއެވެ. އެއީ ތިޔަބައިމީހުންނަށް އިރުކޮޅަކު ހިތްދަތި ކަމާއި އަދި ވޭނާ މުސީބާތްތަކާއި ކުރިމަތިލާން ޖެހުނު ކަމުގައި ވިޔަސްމެއެވެ.


ރަޙުމަތްތެރިންނޭވެ. މިއީ ތިޔަބައިމީހުންނަށް ހިތްވަރު ދީ ތެދުވެރި ވިސްނުމެއްގައި ތިބުމަށް ހަނދާންކޮށްދިނުމަށް އަހަރެން ފޮނުވާ ދެވަނަ ސިޓީއެވެ.


އަހަރެން އެ އަންހެނާގެ ދަރިން ނެތިކޮއްލާނަން. އެގޮތުން އެންމެހާ މަސީޙީ ޖަމާޢަތްތަކުގެ މީހުން އެބައިމީހުންގެ ވިސްނުމާއި އަދި އެބައިމީހުންގެ އެދުން ހުރިގޮތް އަހަރެންނަށް އެނގިގެންވާކަން ދަންނާނެ. އަދި ތިޔަބައިމީހުން ކުރި ޢަމަލަކަށް ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކަށް އެކަށީގެންވާ ޖަޒާ އަހަރެން ދޭނަން.


އަހަރެން އިސްލާޙުކޮށް ތަރުބިއްޔަތު ކުރާނީ އަހަރެން ލޯބިވާ ހުރިހާ އެންމެން. އެހެންވީމާ އިޚުލާސްތެރިވެ ތިބޭ. އަދި ފާފަ ކުރުމުން އެއްކިބާވެ ތައުބާވޭ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ