ޔޫޙަންނާ 21:12 - ކިތާބުލް މުޤައްދަސާ12 އީސާގެފާނު ވިދާޅުވިއެވެ ”ކާން އާދޭ!“ މީގެ އެއްވެސް އަސްޙާބީއަކަށް ”ތިއީ ކާކުހޭ؟“ އަހާލަން ވެސް ނުކެރުނެވެ. އެހެނީ އެއީ އެމީހުންގެ މާތް ސާހިބާކަން އެމީހުންނަށް ޔަޤީންވާތީއެވެ. အခန်းကိုကြည့်ပါ။ |
ނަމަވެސް އެކަލޭގެފާނު މި ވިދާޅުވި އެއްޗެއްގެ މާނައެއް އަސްޙާބީންނަކަށް ނުވިސްނުނެވެ. އެމީހުންނަށް އެބަސްފުޅުތަކުގެ މާނަ ވަނީ ފޮރުވިގެންނެވެ. އެހެންކަމުން އެ މީހުންނަށް މި ބަސްފުޅުތަކުގެ މާނަ ވިސްނައި ގަންނަށް ނޭނގުނީއެވެ. މި ބަސްފުޅުތަކުގެ މާނައަކީ ކޮބައިތޯ އެކަލޭގެފާނުގެ ކިބައިން އަހާ އޮޅުން ފިލުވުމަށް އެމީހުން ތިބީ ޖެހިލުންވެފައެވެ.
އީސާގެފާނަށް އެމީހުން އެކަލޭގެފާނާއި މިހުރިހާ ސުވާލެއް ކުރައްވަން ބޭނުންކަން އެނގިވަޑައިގެން ވިދާޅުވިއެވެ. ”ކަލޭމެން އެކަކުއަނެކަކު ކުރެން ތިޔަ އަހަނީ އިރުކޮޅެއްގެ ތެރޭގައި އަހަރެންނެއް ދެން ކަލޭމެންނަކަށް ނުފެންނާނޭ، އަދި އޭގެ ކުޑައިރުކޮޅެއް ފަހުން އަނެއްކާވެސް ކަލޭމެންނަށް އަހަރެން ފެންނާނެއޭ މިބުނި ބަސްތަކުގެ މާނައަކީ ކޮބައިހޭތަ؟
އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ކައި ނިމުމުން އީސާގެފާނު ޝަމްއޫނު ޕަތަރަސް ކުރެން ސުވާލު ކުރެއްވިއެވެ. ”ޔޫޙަންނާގެ ދަރި ޝަމްއޫނު. މިމީހުން އަހަރެން ދެކެ ލޯބިވާވަރަށް ވުރެ ބޮޑަށް ކަލޭ އަހަރެން ދެކެ ލޯބިވަންތަ؟“ ޝަމްއޫނު ޕަތަރަސް ޖަވާބުގައި ދެންނެވިއެވެ. ”އާދެ ސާހިބާ! އަޅުގަނޑު ސާހިބާ ދެކެ ލޯބިވާކަން ސާހިބާއަށް އެނގި ވަޑައިގަންނަވާނެ.“ ދެން އީސާގެފާނު ވިދާޅުވިއެވެ. ”އެހެންވިއްޔާ ހުއިހައްޕާ މީހަކު ޅަކަންބަޅިތަކެއް ބަލަހައްޓާ ފަދައިން އަހަރެންގެ މީސްތަކުން ބަލަހައްޓާ!“