ޔޫޙަންނާ 21:1 - ކިތާބުލް މުޤައްދަސާ1 ފަހުން އަނެއްކާވެސް އީސާގެފާނު ގަލީލީ ކަނޑުގެ އައްސޭރީގައި އެކަލޭގެފާނުގެ އަސްޙާބީންނަށް ފާޅުވެ ވަޑައިގެންނެވިއެވެ. އެކަން ހިނގީ މިފަދައިންނެވެ. အခန်းကိုကြည့်ပါ။ |
އަދި އަވަހަށް ގޮސް އެކަލޭގެފާނުގެ އަސްޙާބީންނަށް މި ޚަބަރުފުޅު ދީ. ’އީސާގެފާނު އަވަހާރަވުމަށް ފަހު އަލުން ދިރިވަޑައިގެންފިއޭ. ތިޔަބައިމީހުންނަށް ވުރެން ކުރިން އެކަލޭގެފާނު ގަލީލީއަށް ވަޑައިގަންނަވާނެ އޭ. އަދި ތިޔަބައިމީހުންނަށް އެކަލޭގެފާނު އެތަނުން ފެނިވަޑައިގަންނަވާނެ އޭ.‘“ ދެން މަލާއިކަތާ ވިދާޅުވިއެވެ. ”މިއީ ތިޔަބައިމީހުން ގާތު އަހަރެން ބުނިކަން ކަން ހަނދާންކުރާތި.“
އެންމެފަހުން، އީސާގެފާނު އެކަލޭގެފާނުގެ އެގާރަ އަސްޙާބީން ކާންތިއްބާ އެބޭކަލުންގެ ކުރިމައްޗަށް ފާޅުވެ ވަޑައިގެންނެވިއެވެ. އެ ހިނދު އެބޭކަލުންގެ އީމާންތެރިކަން ނެތުމުގެ ސަބަބުން އެކަލޭގެފާނު ފާޑު ވިދާޅުވިއެވެ. އަދި އެއީ އެކަލޭގެފާނު އަވަހާރަވެ ވަޑައިގަތުމަށް ފަހު އަލުން އަނބުރާ ފުރާނައެޅި ދިރިވަޑައިގެންނެވި ކަން ގަބޫލުނުކޮށް ކަނޑައެޅިގެން އިންކާރުމުގެ ސަބަބުން ވެސް މެއެވެ.
އީސާގެފާނު އަނިޔާ ލިބިވަޑައިގެން އަވަހާރަވުމަށް ފަހު، އެކަލޭގެފާނުގެ މަންދޫބުންގެ ކުރިމައްޗަށް ފާޅުވެ ވަޑައިގެން، އެމީހުންނަށް އެކަލޭގެފާނު ދިރިވަޑައިގެންވާ ކަން އެކި ތަފާތު ގޮތްތަކުގެ މަތިން ހާމަކޮށްދެއްވިއެވެ. އީސާގެފާނު އަވަހާރަވުމަށް ފަހު އަލުން ދިރިވަޑައިގެން އެކަލޭގެފާނުގެ މަންދޫބުންނަށް ފާޅުވެވަޑައިގެން ސާޅީސް ދުވަހުގެ ތެރޭ، މާތްރަސްކަލާނގެ ރަސްކަންފުޅާއި ބެހޭ ގޮތުން އެކަލޭގެފާނު އެމީހުންނާއި ވާހަކަ ދެއްކެވިއެވެ.