8 ދެން ފުރަތަމަ އެތަނަށް އައި އަސްޙާބީ ވެސް އެތާނގެ ތެރެއަށް ވަދެ ބެލިއެވެ. ދެން އޭނާ ވެސް މިކަން ގަބޫލުކުރިއެވެ.
ދެން އިބްރާހީމްގެފާނު ވިދާޅުވިއޭ. ’އެމީހުން މޫސާގެފާނާއި އަދި ނަބީބޭކަލުން ވިދާޅުވި ބަސްފުޅުތަކުގެ އަޑުނާހާ އުޅޭ ނަމަ މަރުވެފައިވާ މީހަކު އަލުން ދިރިގެން ދިޔަސް އެމީހުންގެ ހިތާއި އުޅުމެއް ބަދަލެއް ނުކުރާނެއޭ.‘“
އީސާގެފާނު ވިދާޅުވިއެވެ. ”ކަލޭ ތިޔަ ގަބޫލުކުރީ ކަލޭ ވައްތީނިގަހެއްގެ ދަށުގައި ހުއްޓާ ދުށިމޭ އަހަރެން ބުނީތީ އެހެންވީމަތަ؟ ބަލަން ހުރޭ އަދި މިއަށް ވުރެ މާ މަތިވެރި ކަންތައްތައް ކަލެއަށް ފެންނާނެ.
އަސްޙާބީން އޭނާ ގާތު ބުންޏެވެ. ”އަހަރެމެން މާތްސާހިބާ ދެކެފިން.“ ނަމަވެސް އޭނާ ބުންޏެވެ. ”އަހަރެން އެކަލޭގެފާނުގެ އަތްޕުޅުގައި މޮހޮރު ޖެހުނު ޒަޚަމްތައް ދެކެ އެތަނުގައި އަތްލާ އެކަލޭގެފާނު އަރިކަށިފުޅުގައިހުރި ޒަޚަމުގައި އަތްނުލަނީސް އަހަރެން ތިޔަކަމެއް ގަބޫލެއް ނުކުރާނަން.“
ދެން އީސާގެފާނު ވިދާޅުވިއެވެ. ”ކަލޭ ތިޔަ އީމާންވީ ކަލޭގެ ލޮލުން މި ކަންތައްތައް ދެކެފައި. މީގެ އެއްވެސް ކަމެއް ނުދެކި އީމާންވެ ގަބޫލު ކުރާނެ މީހުންގެ މައްޗަށް މާބޮޑަށް ރަޙުމަތް ލެއްވިގެންވޭ.“
އެ ދެމީހުން ދުވަމުން ދިޔައެވެ. އަނެއް އަސްޙާބީ ޕަތަރަސްއަށް ވުރެން ބާރަށް ދުވެފައި ހޮހަޅައިގެ ކައިރިއަށް ދިޔައެވެ.