އެހެން ނަމަވެސް ޕަތަރަސް ތެދުވެ އެތަނުން ފެށިގެން އީސާގެފާނުގެ ހަށިކޮޅު ވެޑުވިފައި ވީ ހޮހަޅަ އާއި ހަމައަށް ދުވެފައި ދިޔައެވެ. އެތަނަށް ގޮސް އެހޮހަޅައިގެ ތެރެއަށް ގުދުވެ ބެލި އިރު އޭނާއަށް ފެނުނު ހައި ވެސް އެއްޗަކީ އީސާގެފާނުގެ ގައިކޮޅުގައި އޮޅާ ލެވިފައި ވީ އަގުބޮޑު ފޮތީގެ ފޮތިގަނޑެވެ. މި ވީ ކަންތަކާއި މެދު ވަރަށް ބޮޑަށް ހައިރާން ވެގެން ހުރެ އޭނާ އެތަނުން ހިނގައްޖެއެވެ.