Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 20:29 - ކިތާބުލް މުޤައްދަސާ

29 ދެން އީސާގެފާނު ވިދާޅުވިއެވެ. ”⁠ކަލޭ ތިޔަ އީމާންވީ ކަލޭގެ ލޮލުން މި ކަންތައްތައް ދެކެފައި. މީގެ އެއްވެސް ކަމެއް ނުދެކި އީމާންވެ ގަބޫލު ކުރާނެ މީހުންގެ މައްޗަށް މާބޮޑަށް ރަޙުމަތް ލެއްވިގެންވޭ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 20:29
10 ပူးပေါင်းရင်းမြစ်များ  

ނަމަވެސް ތިޔަބައިމީހުންގެ ލޮލުން ދެކި އަދި ކަންފަތުން އަޑުއެހުމުން ތިޔަބައިމީހުންނަށް ބަރަކާތް ލެވިގެންވޭ.


މާތްރަސްކަލާނގެ އެމީހަކާއި މެދު ހިންމަވާނޭކަމަށް އެންގެވި ކަންތައްތައް ގަބޫލުކުރާ މީހަކަށް ރަޙުމަތް ލެއްވިގެން ވޭ.⁠“


ތޯމާސް ބުންޏެވެ. ”⁠މާތްރަސްކަލާނގެ! މަގޭ މާތްސާހިބާ!⁠“


ދެން ފުރަތަމަ އެތަނަށް އައި އަސްޙާބީ ވެސް އެތާނގެ ތެރެއަށް ވަދެ ބެލިއެވެ. ދެން އޭނާ ވެސް މިކަން ގަބޫލުކުރިއެވެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠މުޢުޖިޒާތްތަކާއި އަލާމާތްތައް ނުފެންނަނީސް ކަލޭމެން އަހަރެން ގަބޫލުކޮށް އީމާނެއް ނުވާނެ.⁠“


އަހަރެމެން އުންމީދު ކުރާކަންތައް ފުރިހަމަވާނެ ކަމުގެ ޔަޤީންކަން ލިއްބައި ދެނީ އީމާންތެރިކަމުންނެވެ. އަދި އަހަރެމެންގެ ލޮލަށް ނުފެންނަ ކަންތައް ކަށަވަރު ކޮށްދެނީ ވެސް އެ އީމާންތެރިކަމުންނެވެ.


މިޞްރުން މޫސާގެފާނު ނިކުމެވަޑައިގަތީ އެކަލޭގެފާނުގެ އީމާންތެރިކަމުންނެވެ. ރަސްގެފާނުގެ ކޯފާއަކަށް އެކަލޭގެފާނު ނުބެއްލެވިއެވެ. ފެންނަން ނެތް ކަލަކު ހަމަލޮލަށް ފެންނަ ފަދައަކުން އެކަލޭގެފާނު ފަސްއެނބުރި ބައްލަވައެއް ނުލެއްވިއެވެ.


މިއެންމެންނަށް ވެސް މާތްރަސްކަލާނގެ ރުހިވޮޑިގަތުން ލިބުނީ އެމީހުންގެ އީމާންތެރިކަމުގެ ސަބަބުންނެވެ. އެކަމަކު އެމީހުން މަރުވެ ދިޔައީ މާތްރަސްކަލާނގެ ވަޢުދު ކުރެއްވި ތަކެތި ނުލިބިއެވެ.


ތިޔަބައިމީހުންނަށް އަލްމަސީޙު ފެނިގެން ނުވިއެއް ކަމަކު އެކަލޭގެފާނު ދެކެ ލޯބިވަމުއެވެ. ހަމައެހެންމެ، އެކަލޭގެފާނު ފެނިދެނިގެންނުވާ ޙާލުގައި އެކަލޭގެފާނަށް އިތުބާރު ކުރައްވާ އީމާންވަމުއެވެ. އެހެންވީމާ، މިއަދު ތިޔަބައިމީހުން ވަނީ ތަސައްވުރު ކުރަން ނޭނގޭ ފަދަ މަތިވެރި އުފާ ފާގަތިކަމެއްގައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ