Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 20:27 - ކިތާބުލް މުޤައްދަސާ

27 ދެން އީސާގެފާނު ތޯމާސްއަށް ވިދާޅުވިއެވެ. ”⁠އަހަރެންގެ އަތުގައި އަތްލާ ބަލާބަލަ. މަގޭ އަރިކަށީގައި ވާ ޒަޚަމުތަކުގެ ނިޝާންތަކުގައި އަތްލަބަލަ. ޝައްކު ކުރުން ދޫކޮށްލާ. ގަބޫލުކޮށް އީމާންވޭ!⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 20:27
13 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު ޖަވާބު ދެއްވިއެވެ. ”⁠އޭ އީމާންތެރިކަމެއްނެތް މީސްތަކުންނޭ! ކަލޭމެން ދިރިއުޅެމުން ގެންދަނީ ނުހަނު ނުބައި ގޮތަށް. ކަލޭމެންގެ ކައިރީގައި ކެތްކޮށްގެން އަހަރެން ހުންނާނީ ކިހާ ދުވަހެއް ވަންދެން؟ އެ ފިރިހެން ކުއްޖާ މިތަނަށް ގެނޭ.⁠“


އެބައިމީހުންނަށް އީސާގެފާނު ވިދާޅުވިއެވެ. ”⁠އޭ އީމާންތެރިކަމެއްނެތް މީސްތަކުންނޭ! އަހަރެން ތި މީހުންގެ ކައިރީގައި ހުންނާނީ ކިހާ ދުވަހެއް ވަންދެންތަ؟ ތި މީހުންގެ ކައިރީގައި އަހަރެން ކެތްކޮށްގެން ހުންނަން ޖެހޭނީ ކިހާ ދުވަހަކު؟ އަހަރެންގެ ކައިރިއަށް އެ ފިރިހެން ކުއްޖާ ގެނޭ!⁠“


އަހަރެންގެ އަތާއި ފައިތިލައަށް ބަލާ ބަލަ. މިއީ ޚުދު އަހަރެން. ކަލޭމެން އަހަރެންގެ ގައިގައި އަތްލަބަލަ. އޭރުން ކަލޭމެންނަށް އަހަރެންނަކީ ރޫޙެއް ނޫން ކަން ޔަޤީން ވާނެ. ރޫޙެއްގެ ހަށިގަނޑުގައި މަހާއި ކަށްޓެއް ނުވާނެ. ނަމަވެސް އަހަރެންގެ ހަށިގަނޑުގައި މަހާއި ކަށި ވާ ކަން އޭރުން ކަލޭމެންނަށް ޔަޤީން ވާނެ.⁠“


ދެން އެކަލޭގެފާނު އެކަލޭގެފާނުގެ އަތްޕުޅާއި ފައިތިލަފުޅު އެބައިމީހުންނަށް ދެއްކެވިއެވެ.


އީސާގެފާނު އެތާނގައި ތިބި އެންމެހައި މީސްތަކުންނަށް ވިދާޅުވިއެވެ. ”⁠އޭ އީމާންކަމެއް ނެތް ނުބައި ވެގެންވާ ޒަމާނުގެ މީސްތަކުންނޭ. ކަލޭމެން ކައިރީ ކެތްކޮށްގެން އަހަރެން ހުންނަންވީ ކިހާ ދުވަހެއް ވަންދެން؟⁠“ ދެން އެފިރިހެން މީހާއަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ކަލޭގެ ފިރިހެން ދަރިފުޅު މިތަނަށް ގެނޭ.⁠“


ދެން އީސާގެފާނު އެކަލޭގެފާނުގެ އަތްތިލަފުޅުގަޔާއި އަރިކަށިފުޅުގައިހުރި ޒަޚަމުތަކުގެ ނިޝާން އެމީހުންނަށް ދެއްކެވިއެވެ. އެމީހުންނަށް މާތްސާހިބާ ފެނުމުން އުފަލުން ފުރުނެވެ.


އަސްޙާބީން އޭނާ ގާތު ބުންޏެވެ. ”⁠އަހަރެމެން މާތްސާހިބާ ދެކެފިން.⁠“ ނަމަވެސް އޭނާ ބުންޏެވެ. ”⁠އަހަރެން އެކަލޭގެފާނުގެ އަތްޕުޅުގައި މޮހޮރު ޖެހުނު ޒަޚަމްތައް ދެކެ އެތަނުގައި އަތްލާ އެކަލޭގެފާނު އަރިކަށިފުޅުގައިހުރި ޒަޚަމުގައި އަތްނުލަނީސް އަހަރެން ތިޔަކަމެއް ގަބޫލެއް ނުކުރާނަން.⁠“


ތޯމާސް ބުންޏެވެ. ”⁠މާތްރަސްކަލާނގެ! މަގޭ މާތްސާހިބާ!⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ