Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 20:26 - ކިތާބުލް މުޤައްދަސާ

26 ހަފުތާއެއްގެ ފަހުން އަނެއްކާވެސް އަސްޙާބީންތައް އެތެރޭގައި އެއްތަންވެ ތިއްބެވެ. އޭރު ތޯމާސް ވެސް އެމީހުންނާ އެކުގައި ހުއްޓެވެ. ދޮރުތައް ހުރީ ތަޅުލާފައެވެ. އެކަމަކު އީސާގެފާނު ވަޑައިގެން އެމީހުންގެ މެދަށް ހުއްޓިވަޑައިގެންފައި ވިދާޅުވިއެވެ. ”⁠އައްސަލާމް އަލައިކުމް!⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 20:26
14 ပူးပေါင်းရင်းမြစ်များ  

އޭގެ ހަ ދުވަސް ފަހުން އީސާގެފާނު ޕަތަރަސް އާއި ޔާމިޒު އާއި ޔާމިޒުގެ ކޮއްކޮ ޔޫޙަންނާ ގޮވައިގެން ވަރަށް އުސް ފަރުބަދައެއްގެ މައްޗަށް ވަޑައިގެންނެވިއެވެ. އެތަނުގައި ތިއްބެވީ އެބޭކަލުން އެކަންޏެވެ.


އެންމެފަހުން، އީސާގެފާނު އެކަލޭގެފާނުގެ އެގާރަ އަސްޙާބީން ކާންތިއްބާ އެބޭކަލުންގެ ކުރިމައްޗަށް ފާޅުވެ ވަޑައިގެންނެވިއެވެ. އެ ހިނދު އެބޭކަލުންގެ އީމާންތެރިކަން ނެތުމުގެ ސަބަބުން އެކަލޭގެފާނު ފާޑު ވިދާޅުވިއެވެ. އަދި އެއީ އެކަލޭގެފާނު އަވަހާރަވެ ވަޑައިގަތުމަށް ފަހު އަލުން އަނބުރާ ފުރާނައެޅި ދިރިވަޑައިގެންނެވި ކަން ގަބޫލުނުކޮށް ކަނޑައެޅިގެން އިންކާރުމުގެ ސަބަބުން ވެސް މެއެވެ.


މިހުރިހާ އަސްޙާބީން މިކަމާއިމެދު ވާހަކަ ދައްކަމުން ގެންދަނިކޮށް މިމީހުންނަށް ފެނުނީ ޚުދު އީސާގެފާނު އެތާނގައި ވަނިކޮށެވެ. އެކަލޭގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ ކަލޭމެންގެ މައްޗަށް ސަލާމް ލައްވާށި.⁠“


މީގެ ގާތްގަނޑަކަށް އަށް ދުވަސް ފަހުން އީސާގެފާނު ޕަތަރަސްއާއި ޔާމިޒު އާއި ޔޫޙަންނާ ގޮވައިގެން ދުޢާ ކުރެއްވުމަށްޓަކައި އުސް ފަރުބަދައެއްގެ މައްޗަށް އަރާވަޑައިގަތެވެ.


ދެން ތޯމާސް، ނުވަތަ ދީދިމޫހު އެހެން އަސްޙާބީންނަށް ބުންޏެވެ. ”⁠އެކަލޭގެފާނުގެ އަރިހުގައި ދަމާހިނގާ. އޭރުން އެކަލޭގެފާނާއި އެކު އަހަރެމެން ވެސް މަރުވެދާނެ އެންނު.⁠“


އަހަރެން ކަލޭމެންނާއި ވަކިވެ މިދަނީ ކަލޭމެންނަށް ހަދިޔާއެއް ދީފައި، އެ ހަދިޔާއަކީ ފުރާނައިގެ ހިތްހަމަޖެހުން. މި ހިތްހަމަޖެހުމަކީ އަހަރެންގެ ފަރާތުން ކަލޭމެންނަށް ލިބިދޭ ހިތްހަމަޖެހުމެއް. އަދި މިދުނިޔޭގެ އެއްވެސް އުފަލަކުން ކަލޭމެންނަކަށް ފުރާނައިގެ ހިތްހަމަ ޖެހުމެއް ނުހޯދޭނެ. ވީމާ އެއްވެސް ކަމަކާއި ކަންބޮޑުވެ ބިރުގަނެގެން ނޫޅޭ.


އެއީ އެ އާދީއްތަ ދުވަހުގެ ހަވީރު އީސާގެފާނުގެ އަސްޙާބީން އެއްތަންވެ ދޮރުލައްޕައިގެން ތިއްބެވެ. އެއީ ބަނީއިސްރާއީލުންގެ ވެރިން ދެކެ ބިރުންނެވެ. ދެން އީސާގެފާނު ވަޑައިގެން އެމީހުންގެ މެދަށް ހުއްޓިވަޑައިގެން ވިދާޅުވިއެވެ. ”⁠އައްސަލާމް އަލައިކުމް!⁠“


ދެން އެކަލޭގެފާނު އަނެއްކާވެސް އެމީހުންނަށް ވިދާޅުވިއެވެ. ”⁠އައްސަލާމް އަލައިކުމް! އަހަރެން ކަލޭމެން މިފޮނުވަނީ ބައްޕާފުޅު އަހަރެން ވެސް ފޮނުއްވި ފަދައިން!⁠“


ފަހުން އަނެއްކާވެސް އީސާގެފާނު ގަލީލީ ކަނޑުގެ އައްސޭރީގައި އެކަލޭގެފާނުގެ އަސްޙާބީންނަށް ފާޅުވެ ވަޑައިގެންނެވިއެވެ. އެކަން ހިނގީ މިފަދައިންނެވެ.


މިއީ އީސާގެފާނު އަވަހާރަވުމަށް ފަހު އަލުން ދިރިދުނިޔެއަށް ވަޑައިގެން އެކަލޭގެފާނުގެ އަސްޙާބީންގެ ކުރިމައްޗަށް ފާޅުވެ ވަޑައިގެންނެވި ތިންވަނަ ފަހަރެވެ.


އީސާގެފާނު އަނިޔާ ލިބިވަޑައިގެން އަވަހާރަވުމަށް ފަހު، އެކަލޭގެފާނުގެ މަންދޫބުންގެ ކުރިމައްޗަށް ފާޅުވެ ވަޑައިގެން، އެމީހުންނަށް އެކަލޭގެފާނު ދިރިވަޑައިގެންވާ ކަން އެކި ތަފާތު ގޮތްތަކުގެ މަތިން ހާމަކޮށްދެއްވިއެވެ. އީސާގެފާނު އަވަހާރަވުމަށް ފަހު އަލުން ދިރިވަޑައިގެން އެކަލޭގެފާނުގެ މަންދޫބުންނަށް ފާޅުވެވަޑައިގެން ސާޅީސް ދުވަހުގެ ތެރޭ، މާތްރަސްކަލާނގެ ރަސްކަންފުޅާއި ބެހޭ ގޮތުން އެކަލޭގެފާނު އެމީހުންނާއި ވާހަކަ ދެއްކެވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ