Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 20:24 - ކިތާބުލް މުޤައްދަސާ

24 އަސްޙާބީންގެ ތެރެއިން ވަނަމަކަށް ”⁠ދީދިމޫހު⁠“ އޭ ކިޔޭ ތޯމާސް އީސާގެފާނު ވަޑައިގެންނެވިއިރު އެތާނކު ނެތެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 20:24
9 ပူးပေါင်းရင်းမြစ်များ  

ފިލިޕު އާއި ބަރުތުލޫމު އާއި ތޯމާސް އާއި ޓެކްސް ނަގާ މައްތާ އާއި ހަލްފާހުގެ ދަރި ޔާމިޒު އާއި ތައްދާވުސް އާއި ސިޔާސީ ކަންތަކުގައި އިންގިލާބީ ޖޯޝްގައި އުޅެމުން ދިޔަ ސިމުއާން އާއި އަދި އިސްކަރިޔޮތުގެ ޔުދާސްއެވެ. އިސްކަރިޔޮތުގެ ޔުދާސް ފަހުން އީސާގެފާނާއި ދެކޮޅުވެރިވެ އެކަލޭގެފާނަށް ޚިޔާނާތްތެރިވިއެވެ.


އެހެނީ އަހަރެންގެ ނަމުގައި ދެމީހަކު ނުވަތަ ތިން މީހަކު އެއްތަން ވެއްޖެނަމަ، އެބަޔަކާއި އެކުގައި އެއްތަނެއްގައި އަހަރެން ވާނަން.⁠“


ދެން ތޯމާސް، ނުވަތަ ދީދިމޫހު އެހެން އަސްޙާބީންނަށް ބުންޏެވެ. ”⁠އެކަލޭގެފާނުގެ އަރިހުގައި ދަމާހިނގާ. އޭރުން އެކަލޭގެފާނާއި އެކު އަހަރެމެން ވެސް މަރުވެދާނެ އެންނު.⁠“


އަސްޙާބީންގެ ތެރެއިން ތޯމާސް ދެންނެވިއެވެ. ”⁠ސާހިބާ، ތިޔަ ވަޑައިގަންނަވަނީ ކޮންތާނކަށް ކަމެއް ވެސް އަޅުގަނޑުމެންނަކަށް ނޭނގޭ. ވީއިރު އެތަނަށް ދާނެ މަގު އަޅުގަނޑުމެންނަށް އެނގޭނީ ކިހިނަކުން ތޯ؟⁠“


އީސާގެފާނުގެ އަސްޙާބީންގެ ތެރެއިން ބަޔަކު އެތާނގައި ތިއްބެވެ. އެއީ ޝަމްއޫނު ޕަތަރަސްއާއި، ވަނަމަކަށް ”⁠ދީދިމޫހު⁠“ އޭ ކިޔޭ ތޯމާސްއާއި، ގަލީލީގެ ޤާނާގެ ނަތާނިއެލްއާއި، ޒަބަދީގެ ދެފިރިހެން ދަރިންނާއި، އަދިވެސް އިތުރު ދެ އަސްޙާބީންނެވެ.


އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠ކަލޭމެން ބާރަ މީހުން ހޮވީ ހަމަ އަހަރެންނެއް ނޫންތަ؟ އެކަމަކު ކަލޭމެންގެ ތެރެއިން އެކަކީ ޝައިތާނެއް.⁠“


އެކަލޭގެފާނު މިހެން ވިދާޅުވީ ސައިމަން އިސްކަރިޔޮތުގެ ދަރި ޔުދާސްއަށް މުޚާތަބު ކުރައްވައެވެ. އެއީ ފަހުން އޭނާ އެކަލޭގެފާނަށް ޚިޔާނާތްތެރި ވާނެކަން އެކަލޭގެފާނު ދެނެވަޑައިގެން ވާތީއެވެ.


މިހާރަކަށް އައިސް ބައެއް މީހުން އަޅުކަމުގެ ބައްދަލުވުންތަކަށް ނާންނަން ފަށައިފިއެވެ. އެކަމަކު އަހަރެމެން އެ ގޮތަށް ހަދައިގެން ނުވާނެއެވެ. އަހަރެމެން އެކަކު އަނެކެއްގެ ހިތްވަރު އާލާކޮށް ދޭންވާނެއެވެ. އެހެނީ އީސާގެފާނު ވަޑައިގަންނަވާ ދުވަސް މިވަނީ ކައިރިވެފައިކަން އަހަރެމެންނަށް އެބަ އެނގެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ