Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 20:23 - ކިތާބުލް މުޤައްދަސާ

23 ކަލޭމެން މީހެއްގެ ފާފައަށް މަޢާފު ކޮށްފިނަމަ އެމީހެއްގެ ފާފަ ފޮހެވޭނެ. ކަލޭމެން މީހެއްގެ ފާފައަށް ކަލޭމެން މަޢާފު ނުދީފިނަމަ އެ ފާފަ އޮންނާނީ ނުފޮހެވި.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 20:23
11 ပူးပေါင်းရင်းမြစ်များ  

މާތްރަސްކަލާނގެ ރަސްކަންފުޅުގެ ތަޅުދަނޑިތައް އަހަރެން ތިބާއަށް ދޭނަން. އަދި ތިބާ މި ދުނިޔޭގައި ހުއްދަ ކުރާ ކޮންމެ ކަމެއް އުޑުގައި ވޮޑިގެންވާ އަހަރެންގެ ބައްޕާފުޅު ހުއްދަ ކުރައްވާނެ. އަދި ތިބާ ހުއްދަ ނުކުރާ އެއްވެސް ކަމެއް އެކަލާނގެ ވެސް ހުއްދައެއް ނުކުރައްވާނެ.⁠“


އަހަރެން މިބުނަނީ ތެދެއް. ދުނިޔޭގެ މި ބިމުގައި ތިޔަބައިމީހުން ހުއްދަ ކުރި ކަމެއް މާތްރަސްކަލާނގެ ވެސް ހުއްދަ ކުރައްވާނެ. އަދި ދުނިޔޭގެ މި ބިމުގައި ތިޔަބައިމީހުން ހުއްދައެއް ނުކުރި ކަމެއް މާތްރަސްކަލާނގެ ވެސް ހުއްދައެއް ނުކުރައްވާނެމެ.


މިހެން ވިދާޅުވުމަށް ފަހު އެކަލޭގެފާނު އެމީހުންގަޔަށް ފުމެލައްވާފައި ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ މާތްރޫޙުފުޅު ލިބިގަނޭ.


ހުރިހާ ރަސޫލުންނާއި ނަބީބޭކަލުންނެއް މާކުރީއްސުރެ ވެސް އަންގަވާފައިވާ ފަދައިން އެ ބޭކަލަކަށް އީމާންވުމުން އެންމެ ހާ މީސްތަކުންގެ ފާފަތައް އެ ނަންފުޅެއް މެދުވެރިކޮށް ފުއްސެވޭނޭ ނަންފުޅަކީ އީސާގެފާނުގެ ނަންފުޅޭ.⁠“


ޕަތަރަސް ބުންޏެވެ. ”⁠ކަލޭމެން ފާފަކުރުން ހުއްޓާލާ ހިތާއި އަމަލާއި ބަދަލުކޮށް މާތްރަސްކަލާނގެ ކިބަފުޅަށް އެނބުރި ކަލޭމެންގެ ފާފަތައް ފުއްސެވުމަށް އެދި، އީސާ އަލްމަސީޙުގެ ނަންފުޅުމަތީ ތައުބާގެ ހިނެވުމުން ހިނައިގަންނާށޭ. އޭރުން ކަލޭމެންނަށް ދެއްވާ ހަދިޔާފުޅެއް ކަމުގައިވާ މާތްރޫޙުފުޅު ލިބޭނެ.


އަހަރެމެން ހުރިހާ އެންމެންނަކީ ބިނާކުރެވިފައިވާ ޢިމާރާތުގެ ބައެކެވެ. މަންދޫބުންނާއި ނަބީންނަކީ އެ ޢިމާރާތުގެ ބިންގައު ފަދައިންވާ ބައެއްމެއެވެ. އަދި އެ ޢިމާރާތުގެ އެންމެ މުހިންމު ބުންޔާދަކީ އަލްމަސީޙު އީސާގެފާނުގެ އަމިއްލަ ނަފްސުފުޅެވެ.


ހިމެނޭހު އާއި އިސްކަންދަރު މިކަމުގެ ދެ މިސާލަކަށް ފުދޭނެއެވެ. އެ ދެމީހުން ޝައިތާނާގެ މަގުން ދިއުމަށް އަހަރެން ދޫކޮށްލީ މާތްރަސްކަލާނގެއަށް ކުފުރު ވުމުން ރަނގަޅު ފިލާވަޅެއް ދޭހަކޮށް ދިނުމަށްޓަކައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ