Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 20:22 - ކިތާބުލް މުޤައްދަސާ

22 މިހެން ވިދާޅުވުމަށް ފަހު އެކަލޭގެފާނު އެމީހުންގަޔަށް ފުމެލައްވާފައި ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ މާތްރޫޙުފުޅު ލިބިގަނޭ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 20:22
17 ပူးပေါင်းရင်းမြစ်များ  

މަތިވެރިރަސްކަލާނގެ ބިމުގެ ހިރަފުހުން އިންސާނާ އުފެއްދެވިއެވެ. އަދި އެ އިންސާނާގެ ނޭފަތުގެ ތެރެއަށް ދިރުމުގެ ނޭވާފުޅެއް ލެއްވިއެވެ. އެވަގުތު އިންސާނާއަށް ދިރުން ލިބުނެވެ.


އަހަރެން ބައްޕާފުޅުގެ ކިބައިން އަހަރެން ފަދައިން ކަލޭމެންގެ ގާތުގައި ވުމަށް އެހެން އެހީތެރިއަކު ފޮނުއްވުމަށް އެދި ދަންނަވާނަން. އޭރުން ކަލޭމެންނަށް އެހީވުމުގައި ދެމިހުރުމަށް މާތްރޫޙުފުޅު ފޮނުއްވައި ދެއްވާނެ.


ބައްޕާފުޅުގެ ފަރާތުން ފޮނުއްވޭ އެހީތެރިޔާ ކަމަށް ވާ، މާތްރޫޙުފުޅު އަހަރެން ކަލޭމެންގެ ގާތަށް ފޮނުއްވާނަން. އެރޫޙުފުޅު ކަލޭމެންނަށް ތެދަކީ ކޮބައިކަން ފުރިހަމައަށް އަންގަވައިދެއްވާނެ. އެ ރޫޙުފުޅު އަހަރެންނާއި މެދު ހެކިދޭނެ.


ނަމަވެސް ހަމަ ޔަޤީން، އަހަރެން މިދަނީ ކަލޭމެންނަށް ރަނގަޅަކަށް. އެއީ އަހަރެން ނުދަނީސް މާތްރަސްކަލާނގެ މާތްރޫޙުފުޅަށް ކަލޭމެންނަށް އެހީތެރިވުމަށް ކަލޭމެންގެ ގާތަކަށް ނާދެވޭނެ. ނަމަވެސް އަހަރެން ދިޔުމަށް ފަހު އެ މާތްރޫޙުފުޅު ކަލޭމެންގެ ގާތަށް އަހަރެން ފޮނުވާދޭނަން.


ދެން އެކަލޭގެފާނު އަނެއްކާވެސް އެމީހުންނަށް ވިދާޅުވިއެވެ. ”⁠އައްސަލާމް އަލައިކުމް! އަހަރެން ކަލޭމެން މިފޮނުވަނީ ބައްޕާފުޅު އަހަރެން ވެސް ފޮނުއްވި ފަދައިން!⁠“


ކަލޭމެން މީހެއްގެ ފާފައަށް މަޢާފު ކޮށްފިނަމަ އެމީހެއްގެ ފާފަ ފޮހެވޭނެ. ކަލޭމެން މީހެއްގެ ފާފައަށް ކަލޭމެން މަޢާފު ނުދީފިނަމަ އެ ފާފަ އޮންނާނީ ނުފޮހެވި.⁠“


އީސާގެފާނު އުތުރި އަރަމުން ދާ ދިރުން ލިބޭ ފެން އާރެކޭ ވިދާޅުވެ އެ އިޝާރާތް ކުރެއްވީ މާތްރަސްކަލާނގެ މާތްރޫޙުފުޅަށެވެ. ނަމަވެސް އޭރު އެއްވެސް މީހަކަށް އަދި މާތްރޫޙުފުޅެއް ނުދެއްވެއެވެ. އޭރު އަދި އީސާގެފާނު އެކަލޭގެފާނުގެ ޖަލާލަތުގެ މަޤާމު ފުޅަށް އިސްވެ ވަޑައެއް ނުގަންނަވައެވެ.


”⁠ހަމަ އަހަރެމެންނެކޭ އެއް ފަދައިން މާތްރަސްކަލާނގެ އެމީހުންނަށް ވެސް މާތްރޫޙުފުޅު ދެއްވައިފި. ވީއިރު އެމީހުން ތައުބާގެ ހިނެވުމުން ހިނެވުމާއި މެދު އެއްވެސް މީހަކަށް އިޢުތިރާޒު ކުރެވޭނީ ކިހިނެއް؟⁠“


އޭނާ އެމީހުން ކުރެން ސުވާލު ކުރިއެވެ. ”⁠ތިޔަބައިމީހުން އީސާގެފާނު ގަބޫލުކޮށް އެކަލޭގެފާނަށް އީމާންވީ ވަގުތު ތިޔަބައިމީހުންނަށް މާތްރަސްކަލާނގެ މާތްރޫޙުފުޅު ދެއްވުނު ތަ؟⁠“ އެމީހުން ޖަވާބުގައި ބުންޏެވެ. ”⁠ނޫނޭ. ތިޔަ ދައްކަނީ ކޮން ވާހަކައެއް ކަމެއް ވެސް އަހަރެމެންނަކަށް ނޭނގެއޭ. މާތްރަސްކަލާނގެ މާތްރޫޙުފުޅާ ބެހޭ ގޮތުން އަހަރެމެންނަކަށް އެއްވެސް އެއްޗެއް ނޭނގެއޭ.⁠“


ޕަތަރަސް ބުންޏެވެ. ”⁠ކަލޭމެން ފާފަކުރުން ހުއްޓާލާ ހިތާއި އަމަލާއި ބަދަލުކޮށް މާތްރަސްކަލާނގެ ކިބަފުޅަށް އެނބުރި ކަލޭމެންގެ ފާފަތައް ފުއްސެވުމަށް އެދި، އީސާ އަލްމަސީޙުގެ ނަންފުޅުމަތީ ތައުބާގެ ހިނެވުމުން ހިނައިގަންނާށޭ. އޭރުން ކަލޭމެންނަށް ދެއްވާ ހަދިޔާފުޅެއް ކަމުގައިވާ މާތްރޫޙުފުޅު ލިބޭނެ.


އެ ވަގުތު މާތްރަސްކަލާނގެ މާތްރޫޙުފުޅު އެއެންމެންގެ މައްޗަށް ވެރިވިއެވެ. އަދި މާތްރޫޙުފުޅު މި އެންމެންގެ މައްޗަށް ބާރު ހިންގަވަން ފެށުމުން އެ ރޫޙުފުޅުގެ ބާރުފުޅުގެ ދަށުން އެމީހުން އެކިއެކި ތަފާތު ބަސްތަކުން ވާހަކަ ދައްކަން ފެށިއެވެ.


އެވަގުތު ޕަތަރަސްގެ މައްޗަށް މާތްރޫޙުފުޅު ވެރިވިއެވެ. އަދި އެވަގުތު އޭނާ ވާހަކަ ދައްކަން ފެށިއެވެ. ”⁠އިއްޒަތްތެރި ޤައުމުގެ ވެރިންނާއި ބޮޑުންނޭ.


ޕަތަރަސްއާއި ޔޫޙަންނާ ސަމީރިއްޔާއަށް އައިސް ފުރަތަމަ ވެސް ދުޢާ ކުރީ އެ ރަށުގައިވާ އީމާންވި އެންމެ ހާ މީސްތަކުންނަށް މާތްރޫޙުފުޅު ލިބުމަށް އެދިއެވެ.


އަހަރެން ކަލޭމެން ކުރެން ހަމައެކަނި އެންމެ ސުވާލެއް ކޮށްލަން ބޭނުމެވެ. އެއީ ކަލޭމެންނަށް މާތްރަސްކަލާނގެ މާތްރޫޙުފުޅު ލިބުނީ އަމުރުފުޅުތަކާއި ގަވާއިދުތަކަށް ކަންތައް ކުރުމުން ނުވަތަ ކަލޭމެންނަށް ދަސްކޮށްދެވުނު ބަސްތައް އަހައި ގަބޫލު ކުރުމުން ހެއްޔެވެ؟ ޝައްކެއް ނެތި ހަމަ ޔަޤީނުން ވެސް ކަލޭމެންނަށް އެމާތްރޫޙުފުޅު ދެއްވީ އީސާގެފާނު ދެއްވި ދިންނެވުމާ ބެހޭ ހެޔޮޚަބަރުފުޅު ކަލޭމެން އަހައި ގަބޫލު ކުރުމުންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ