Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 20:2 - ކިތާބުލް މުޤައްދަސާ

2 އޭނާ ދުވަމުން ގޮސް ޝަމްއޫނު ޕަތަރަސްއާއި އަދި އީސާގެފާނު ލޯބިފުޅުވާ އަސްޙާބީ ހޯދާފައި ބުންޏެވެ. ”⁠އެމީހުން މާތްސާހިބާގެ ހަށިކޮޅު އެތަނުން ގެންގޮއްސި. މިހާރު އެމީހުން އެކަލޭގެފާނުގެ ހަށިކޮޅު ގެންދިޔަ ތަނެއް ވެސް އަހަރެމެންނަކަށް ނޭނގެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 20:2
9 ပူးပေါင်းရင်းမြစ်များ  

އީސާގެފާނުގެ އަސްޙާބީންގެ ތެރެއިން އީސާގެފާނު ޚާއްސަކޮށް ލޯބިފުޅުވާ އަސްޙާބީ އެކަލޭގެފާނާއި ވަރަށް ކާރީގައި އިނެވެ.


އެ ހިނދު އީސާގެފާނަށް އެކަލޭގެފާނުގެ މަންމާފުޅާއި އެކަލޭގެފާނު ލޯބިފުޅުވާ އަސްޙާބީ އެތާނގައި ތިއްބެވިތަން ފެނުމުން މަރިޔަމްގެފާނަށް ވިދާޅުވިއެވެ. ”⁠މާތް އަންހެނާ! ތިހިރީކަމަނާގެ ދަރިފުޅު.⁠“


އެމަލާއިކަތުން އޭނާ ކުރެން އެއްސެވެ. ”⁠ކަމަނާ ތިޔަ ރޮނީ ކީއްވެ؟⁠“ އޭނާ ބުންޏެވެ. ”⁠އެމީހުން އަހަރެންގެ ސާހިބާގެ ހަށިކޮޅު ގެންގޮއްސި. އަދި އެމީހުން އެކަލޭގެފާނު ގެންދިޔަ ތަނެއް ވެސް މަށަކަށް ނޭނގެ.⁠“


އީސާގެފާނު އޭނާ ކުރެން އެއްސެވިއެވެ. ”⁠ކަމަނާ ތިޔަ ރޮނީ ކީއްވެ؟ ކަލޭ ތި ހޯދަނީ ކާކު؟⁠“ އޭނާ ހީކުރީ އެއީ އެބަގީޗާ ބަލަހައްޓާ މީހާ ކަމަށެވެ. އެހެންވެ އޭނާ އެމީހާއަށް ބުންޏެވެ. ”⁠ބޭބޭ، ބޭބެ، އެކަލޭގެފާނުގެ ހަށިކޮޅު ތަނަކަށް ލީނަމަ ބުނެބަލަ. އަހަރެން ގޮސް އެކަލޭގެފާނުގެ ހަށިކޮޅު އެތަނަކުން ގެންނާނަން.⁠“


އޭރު އަދި ޕަތަރަސްއަށާއި އަނެއް އަސްޙާބީއަކަށް އީސާގެފާނު އަލުން ދިރިވަޑައިގަންނަވާނެ ކަމަށް ބާވައިލެއްވި ފޮތްކޮޅުތަކުގައި ލިޔެވިގެންވާ ކަމެއް ނޭނގެއެވެ.


ޕަތަރަސް އެނބުރި ބެލިތަނާ އޭނާއަށް ފެނުނީ އީސާގެފާނު ލޯބިފުޅުވާ އަސްޙާބީ އެމީހުންގެ ފަހަތުން އަންނަ ތަނެވެ. އެ އަސްޙާބީއަކީ އެރޭގެ ކެއުމުގެ ވަގުތުގައި އީސާގެފާނުގެ ކަންފަތްޕުޅު ކައިރިއަށް ގުދުވެ ”⁠ސާހިބާ އަޅުގަނޑުމެންގެ ތެރެއިން ކަލޭގެފާނަށް ޚިޔާނާތްތެރިވާނީ ކާކުހޭ⁠“ މިހެން އެހި އަސްޙާބީއެވެ.


މިވާހަކަތަކަށް ހެކިދެއްވީ މި ވާހަކަތައް ލިޔުއްވި އަސްޙާބީވެސް މެއެވެ. އޭނާ ދައްކާފައި ހުރި ވާހަކަތަކީ ތެދެއްކަން އަހަރެމެންނަށް ޔަޤީނެވެ.


އެ ހިނދު ޕަތަރަސް ގާތު އީސާގެފާނު ލޯބިފުޅުވާ އަސްޙާބީ، ބުންޏެވެ. ”⁠އެއީ މާތް ސާހިބާ!⁠“ ޝަމްއޫނު ޕަތަރަސްއަށް މާތް ސާހިބާއޭ ބުނި އަޑު އިވުނުއިރު އޭނާ ހުރީ ހުސްގަޔާ ކަމަށް ވީތީ އަވަހަށް އެއްޗިހި ލައިގެން މޫދަށް ފުންމާލައި ފަތާފައި އެއްގަމަށް އައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ