Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 20:15 - ކިތާބުލް މުޤައްދަސާ

15 އީސާގެފާނު އޭނާ ކުރެން އެއްސެވިއެވެ. ”⁠ކަމަނާ ތިޔަ ރޮނީ ކީއްވެ؟ ކަލޭ ތި ހޯދަނީ ކާކު؟⁠“ އޭނާ ހީކުރީ އެއީ އެބަގީޗާ ބަލަހައްޓާ މީހާ ކަމަށެވެ. އެހެންވެ އޭނާ އެމީހާއަށް ބުންޏެވެ. ”⁠ބޭބޭ، ބޭބެ، އެކަލޭގެފާނުގެ ހަށިކޮޅު ތަނަކަށް ލީނަމަ ބުނެބަލަ. އަހަރެން ގޮސް އެކަލޭގެފާނުގެ ހަށިކޮޅު އެތަނަކުން ގެންނާނަން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 20:15
12 ပူးပေါင်းရင်းမြစ်များ  

ހަރުފަތަކުގެ ދަރިންނޭ! ނުބައިވެގެންވާ ބަޔަކަށް ރަނގަޅު ވާހަކައެއް ބުނެވޭނީ ކިހިނަކުން؟ ކަލޭމެންގެ ދުލުން ބުނާ ވާހަކަތަކުން ދައްކައިދޭނީ ކަލޭމެންގެ ހިތުގައިވާ ގޮތް.


މަލާއިކަތާ އެ އަންހެނުންނަށް ވިދާޅުވިއެވެ. ”⁠ބިރުނުގަނޭ! ތިޔަ ކަނބަލުން ހޯއްދަވަމުން ތިޔަ ގެންދަނީ ސަލީބަށް އެރުވުނު އީސާގެފާނު ކަން އަހަރެންނަށް އެނގޭ.


އެބޭކަލަކު ވިދާޅުވިއެވެ. ”⁠ބިރުވެތިނުވޭ! ތިޔަ ކަނބަލުން ހޯއްދަވަނީ ސަލީބަށް އެރުވުނު ނާޒަރަތުގެ އީސާގެފާނު ކަން އަހަރެންނަށް އެނގޭ. އެކަލޭގެފާނެއް މިތަނަކު ނެތް. އެކަލޭގެފާނު ވިދާޅުވި ފަދައިން އަވަހާރަވުމަށް ފަހު އަލުން ދިރިވަޑައިގެންފި. އެކަލޭގެފާނު ވެޑުވިފައިވީތަން ބަލާބަލަ.


އެމީހުން ހީކުރީ އެކަލޭގެފާނު ވަނީ ދަތުރުކުރާ މީހުންގެ ތެރެއިން ކޮންމެވެސް އެއްބައިގަނޑަކާއި އެކު ރަށަށް ދިއުމުގެ މަގުމަތީގައި ކަމުގައެވެ. ނަމަވެސް ދަތުރު ކުރާތާ އެއްދުވަސް ވީއިރު ވެސް އީސާގެފާނު ނުފެނުމާއި އެކު އެދަތުރު މަތީގައި ވާ އެބައިމީހުންގެ ތިމާގެ މީހުންނާއި ރައްޓެހިންގެ ތެރޭ އެކަލޭގެފާނު ވޭ ތޯ ހޯދުމުން ވެސް


މިތަން ދެކެ ގަތް ބިރުން މިއަންހެނުން އިސްޖެހި މަތި ބަލާލަން ވެސް ނުކެރިފައި ތިއްބެވެ. ނަމަވެސް މި ދެބޭކަލުން އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠މީހުން މަރުވީމައި ގެނެވޭތާކަށް ކަލޭމެން ދިރި ހުރި މީހަކު ހޯދަން ތިޔަ އައީ ކީއް ކުރަން!؟


އީސާގެފާނު ފަހަތްޕުޅަށް ބެއްލެވި ހިނދު އެމީހުން އަންނަތަން ފެނިވަޑައިގެން އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ކަލޭމެން ތިޔަ ހޯދަނީ ކޯންޗެއް؟⁠“ އެމީހުން ޖަވާބުގައި ދެންނެވިއެވެ. ”⁠އެދުރުކަލޭގެފާނު. ކަލޭގެފާނު ހުންނަވަނީ ކޮންތާނކު؟⁠“


ވާން މިއުޅެނީ ކީއްކަން ރަނގަޅަށް އީސާގެފާނަށް އެނގިވަޑައިގެންވިއެވެ. ނަމަވެސް އެކަލޭގެފާނު ކުރިއަށް ޖެހިވަޑައިގެން ވިދާޅުވިއެވެ. ”⁠ކަލޭމެން ތިޔަ ހޯދަނީ ކާކު؟⁠“


ދެން އަނެއްކާވެސް އީސާގެފާނު ވިދާޅުވިއެވެ. ”⁠ކަލޭމެން ތިޔަ ހޯދަނީ ކާކު؟⁠“ އެމީހުން ޖަވާބުގައި ބުންޏެވެ. ”⁠އަހަރެމެން މިހޯދަނީ ނާޒަރަތުގެ އީސާ.⁠“


އެމަލާއިކަތުން އޭނާ ކުރެން އެއްސެވެ. ”⁠ކަމަނާ ތިޔަ ރޮނީ ކީއްވެ؟⁠“ އޭނާ ބުންޏެވެ. ”⁠އެމީހުން އަހަރެންގެ ސާހިބާގެ ހަށިކޮޅު ގެންގޮއްސި. އަދި އެމީހުން އެކަލޭގެފާނު ގެންދިޔަ ތަނެއް ވެސް މަށަކަށް ނޭނގެ.⁠“


އަޅުގަނޑަކީ އެކަހަލަ ވިޔާނުދާ އަންހެނަކީމެއް ނޫން. އަޅުގަނޑު މިހާ ގިނައިރު ދުޢާ ދެންނެވީ އަޅުގަނޑު ދެރަވެ ހިތާމަވެރި ވެފައިވާ ވަރުން.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ