ޔޫޙަންނާ 20:1 - ކިތާބުލް މުޤައްދަސާ1 އާދީއްތަ ދުވަހު ފަތިހުގެ އަލި ފާއްދާލުމާއެކު މަރިޔަމް މަގްދަލޭނާ އެ ހޮހަޅައިގެ ދޮށަށް ދިޔައެވެ. އޭރު އެ ހޮހަޅައިގެ އަނގަމަތީ ބާއްވާފައި އޮތް ހިލަ ދުރަށް ލެވިފައިވާތަން އޭނާއަށް ފެނުނެވެ. အခန်းကိုကြည့်ပါ။ |
އެހެންވީމާ އޭނާގެ މަހާނަ ފަރުވާތެރިކަމާއެކު ތިން ދުވަސް ވަންދެއް ބެލެހެއްޓުމަށް ފާރަވެރިންނަށް އަމުރު ކޮށްދެއްވާ. އޭރުން އޭނާގެ އަސްޙާބީންނަށް އޭނާގެ ހަށިގަނޑު ވަގަކަށް ނުނެގޭނެ. އަދި އޭނާ އަލުން ދިރިގެން އަތުވެއްޖެ ކަމުގައި މީސްތަކުންގެ ކައިރީގައި ބުނެ އެމީހުން ހަދާނެ ދޮގު އެންމެ ފުރަތަމަ އޭނާ ހެދި ދޮގަށް ވުރެ މާ ނުބައިވާނެ.“
ދެން ޔޫސުފު ހުދު ފޭރާމުގެ ކަފުންފޮތި ގަނެގެން އައިސް ސަލީބުން އީސާގެފާނު ތިރި ކުރައްވައި އެ ފޮތިން އެކަލޭގެފާނުގެ ހަށިކޮޅު ނިވާކޮށް ކަފުންކުރުމަށް ފަހު ފަރުބަދަ ކަނޑައިގެން ހަދާފައިވާ މަގުބަރާއެއްގެ ތެރޭގައި އެކަލޭގެފާނު ވެޑުވިއެވެ. އަދި މި މަގުބަރާއަށް ވަންނަ ދޮރު ހުރަސްވާގޮތަށް ބޮޑު ހިލައެއް އޭނާ ބޭއްވިއެވެ.