Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 2:6 - ކިތާބުލް މުޤައްދަސާ

6 ބަނީއިސްރާއީލު މީހުން ދީނީގޮތުން ސާފުތޯހިރު ވެގަތުމަށް ވަރަށް ގިނަ ގަވާއިދުތަކެއް ގެންގުޅެއެވެ. އެގޮތުން އެފަދައިން ސާފުތޯހިރުވުމަށް ބޭނުން ކުރުމަށް ފެން އަޅާފައި ހުންނަ ޒާތުގެ ހިލައިގެ ހަ ރުނބާ އެތާނގައި ހުއްޓެވެ. އޭގެ ކޮންމެ ރުނބަޔަކަށް ވިހިތިރީސް ގެލަނުގެ ފެން އެޅޭ ވަރުވެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 2:6
9 ပူးပေါင်းရင်းမြစ်များ  

އެމީހާ ބުނި. ’⁠ތިން ހާސް ލީޓަރު ޒައިތޫނި ތެލޭ.⁠‘ މެނޭޖަރު މީހާ ބުނި. ’⁠މިތާ އިށީނދެ ކަލޭގެ ބިލު ނަގާ ތިޔަ ތިން ހާސް ލީޓަރު އެއްހާސް ފަސް ސަތޭކަ ލީޓަރަށް ބަދަލުކޮށްލާށޭ.⁠‘


އީސާގެފާނު އެގޭގެ ނޯކަރުންނަށް އެންގެވިއެވެ. ”⁠އެ ރުނބާތަކަށް ފެން އަޅާ ފުރާލާ.⁠“ ދެން އެމީހުން އެ ހުރިހާ ރުނބާތަކުގެ ތުނބާ ހަމަޔަށް ފެން އެޅިއެވެ.


އެތަނުގައި ޔަޙުޔާގެފާނުގެ އަސްޙާބީންގެ ބަޔަކާއި ބަނީއިސްރާއީލު މީހަކާ ދެމެދު ދީނީ ގޮތުން ސާފުތޯހިރުވުމަށް ހިނައިގަނެވޭ ހިނައިގަތުންތަކާއި ބޭހޭގޮތުން ޒުވާބެއް ހިނގިއެވެ.


އެކަލޭގެފާނު އަވަހާރަވެވަޑައިގެންނެވީ މަސީޙީ ޖަމާޢަތް ކަރާމާތްތެރިކޮށް ތާހިރު ކުރެއްވުމުގެ ގޮތުންނެވެ. އެހެނީ އެކަލޭގެފާނުގެ ބަސްފުޅުންނާއި ތައުބާގެ ހިނެވުމުން އެބައިމީހުން ހިނަވައިދެއްވައި ތާހިރުކޮށްދެއްވިއެވެ.


އެހެންކަމުން އެކަލާނގެ ޙަޟްރަތަށް އަހަރެމެން ސާފު ހިތަކާއި އީމާންކަމުން ލިއްބައިދޭ ފުރިހަމަ ޔަޤީންކަމާއެކު ދަމާ ހިނގާށެވެ. އެހެނީ އަހަރެމެންގެ ޒަމީރު މިވަނީ ކުށްވެރިކަމުގެ އިޙުސާސްތައް ފިލައި ސާފުވެފައެވެ. އަދި އަހަރެމެންގެ ހަށިތައް މިވަނީ ތާހިރު ފެނުން ދޮވެވިފައެވެ.


އަދި ތައުބާގެ ހިނައިގަތުމާއި ގައިގައި އަތް ޖެއްސުމާއި އަލުން ދިރި މަހުޝަރަށް ގެންދެވުމާއި، ހިސާބުބެއްލެވޭނެ ކަމުގެ ވާހަކަ އަލުން ނުދައްކަމާހެއްޔެވެ؟


އަހަރެމެންގެ ކެއުމާއި ބުއިމާއި އަދި އަހަރެމެން ތާހިރުވެގަތުމަށް ބާއްވާ އެކިއެކި މުނާސަބާތަކާއި އަދި މާއްދީ ގޮތުން ފާހަގަކޮށް އުޅޭ ބޭރުފުށުގެ ޤާނޫނުތަކަކީ އެއަށް ވުރެން ރަނގަޅު ގޮތެއް އަންނަންދެން ކުރަމުން ގެންދިޔަ ކަންކަމެވެ.


މޫސާގެފާނު އަންގަވާފައި ވަނީ އެ ހުރިހާ ޤާނޫނުތަކަށް ވެސް މީސްތަކުން އަމަލު ކުރަން ޖެހޭނެ ކަމަށެވެ. ދެން އެކަލޭގެފާނު ޒޫފާ ގޮފިކޮޅަކާއި ގަދަ ރަތް ރޮދިން ބުރުހެއް ހައްދަވައި ފިރިހެން ގެރިއާއި، ބަކަރީގެ ލެޔާއި ފެން އެއްކުރައްވައި ޢަހުދުނާމާ ފަތްކޮޅަށާއި މީސްތަކުންގެ މައްޗަށް އެ ދިޔަވަރު ބުރުވައި އޮއްސެވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ