Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 2:4 - ކިތާބުލް މުޤައްދަސާ

4 އީސާގެފާނު ވިދާޅުވިއެވެ. ”⁠ކުރަންވީ ކީއްކަން އަހަރެން ގާތު ވިދާޅު ނުވޭ. އަހަރެންގެ ވަގުތެއް އަދި ނުޖެހޭ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 2:4
20 ပူးပေါင်းရင်းမြစ်များ  

ރަސްގެފާނު ވިދާޅުވިއެވެ. ”⁠ކަލެއާއި ކަލޭގެ ބޭބެ ޔޫއާބު އާ އޮތީ ކޮން ބެހޭކަމެއް؟ ބެހޭ އެއްވެސް ކަމެއް ނެތް. ޝިމްޢީ އޭނާ އެގޮވާ އެއްޗެއް ގޮވުނަ ދީ. އެއީ މާތްރަސްކަލާނގެ އޭނާއަށް އަންގަވައިގެން ކުރާ ކަމެއް ކަމަށްވަންޏާ، ކާކަށްތަ ބުނެވޭނީ ’⁠އޭނާ އެ ގޮތަށް ކަންތައް ކުރަނީ ކީއްވެހޭ؟⁠‘⁠“


ރަސްގެފާނު ވިދާޅުވިއެވެ. ”⁠އަހަންނާ ކަލޭގެ ބޭބެ ޔޫއާބު އާ އޮތީ ކޮން ބެހޭކަމެއް؟ މިކަންތަކާ ހެދު ކަލޭމެން މިއަދު މަށާ ދެކޮޅުވަނީ ކީއްވެ؟ މިއަދު އިސްރާއީލުގެ އެއްވެސް މީހަކު މަރައިގެން ނުވާނެ. މިއަދަކީ އަހަރެން އިސްރާއީލުގެ ރަސްކަމަށް އިސް ވާ ދުވަސްކަމަށް ވާތީ އުފާފާޅުކުރަން ޖެހޭ ދުވަހެއް.⁠“


އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠ދައްތާ. ދައްތަގެ އީމާންތެރިކަން ވަރަށް ވެސް މަތިވެރި. ދައްތަ އެދިގެންވާ ކަމެއް އަހަރެން ދައްތައަށް ކޮށްދޭނަން.⁠“ އަދި ހަމަ އެ ހިނދު އެ އަންހެނާގެ ދަރިފުޅު ބަލިން ފަސޭހަވެ ރަނގަޅުވިއެވެ.


ކުއްލިއަކަށް އެބައިމީހުން ހަޅޭލަވަން ފެށިއެވެ. ”⁠އޭ މާތްރަސްކަލާނގެ ދަރިކަލުން، އަޅުގަނޑުމެންގެ ކިބައިން ކަލޭގެފާނު އެދިވަޑައިގަންނަވަނި ކޮންކަމެއް؟ މާތްކަލާނގެ ކަނޑައަޅުއްވާފައިވާ ވަގުތު ޖެހުމުގެ ކުރިން ކަލޭގެފާނު މިތަނަށް ތިޔަ ވަޑައިގަތީ އަޅުގަނޑުމެންނަށް ޢުޤޫބާތް ދެއްވުމަށްތޯ؟⁠“


އީސާގެފާނު ޖަވާބުފުޅުގައި ދެންނެވިއެވެ. ”⁠އަޅުގަނޑު ހޯދުމަށް ތިޔަހާ ބޮޑަށް މަސައްކަތް ތިޔަކުރެއްވީ ކީއްވެތޯ؟ އަޅުގަނޑު ވާނީ އަޅުގަނޑުގެ ބައްޕާފުޅުގެ ގެ ބައިތުލް މަޤްދިސްގައި ކަން މަންމަމެންނަކަށް ނޭނގޭތޯ؟⁠“


އީސާގެފާނު ޖަވާބު ދެއްވިއެވެ. ”⁠އިންސާނާގެ ދަރިކަލުން އެކަލޭގެފާނު މަތިވެރިކަމާއި ޖަލާލަތުކަމަށް އިސްވެ ވަޑައިގަތުމުގެ ވަގުތު ޖެހިއްޖެ.


ފަހަނަޅައި ދިއުމުގެ ޢީދު އައުމުގެ ކުރިން އީސާގެފާނަށް އެކަލޭގެފާނު ބައްޕާފުޅު އަރިހަށް ވަޑައިގަންނަވާ ވަގުތު ޖެހިއްޖެކަން އެނގިވަޑައިގެންފިއެވެ. އީސާގެފާނު އެކަލޭގެފާނަށް އީމާންވެގެންވީ މީހުންދެކެ ނުހަނު ބޮޑަށް ލޯބިފުޅުވެއެވެ. އަދި އެންމެ ފަހު ދުވަހާއި ޖެހެންދެން ވެސް އީސާގެފާނު ދުނިޔޭގައިވާ އެކަލޭގެފާނުގެ މީސްތަކުންދެކެ ލޯބިފުޅުވިއެވެ.


ޖާފަތުގެ މެދުތެރޭ އެ ޖާފަތަށް ގެނެވިފައިހުރި މޭބިސްކަދުރުގެ ދިޔަ ހުސްވިއެވެ. ދެން އީސާގެފާނުގެ މަންމާފުޅު އީސާގެފާނަށް ދެންނެވިއެވެ. ”⁠އެމީހުން އަތުގައި ހުރި ހުރިހާ މޭބިސްކަދުރުގެ ދިޔަ ހުސްވެއްޖެ.⁠“


އެމަލާއިކަތުން އޭނާ ކުރެން އެއްސެވެ. ”⁠ކަމަނާ ތިޔަ ރޮނީ ކީއްވެ؟⁠“ އޭނާ ބުންޏެވެ. ”⁠އެމީހުން އަހަރެންގެ ސާހިބާގެ ހަށިކޮޅު ގެންގޮއްސި. އަދި އެމީހުން އެކަލޭގެފާނު ގެންދިޔަ ތަނެއް ވެސް މަށަކަށް ނޭނގެ.⁠“


އީސާގެފާނު އޭނާ ކުރެން އެއްސެވިއެވެ. ”⁠ކަމަނާ ތިޔަ ރޮނީ ކީއްވެ؟ ކަލޭ ތި ހޯދަނީ ކާކު؟⁠“ އޭނާ ހީކުރީ އެއީ އެބަގީޗާ ބަލަހައްޓާ މީހާ ކަމަށެވެ. އެހެންވެ އޭނާ އެމީހާއަށް ބުންޏެވެ. ”⁠ބޭބޭ، ބޭބެ، އެކަލޭގެފާނުގެ ހަށިކޮޅު ތަނަކަށް ލީނަމަ ބުނެބަލަ. އަހަރެން ގޮސް އެކަލޭގެފާނުގެ ހަށިކޮޅު އެތަނަކުން ގެންނާނަން.⁠“


އީސާގެފާނު މިހެން ވިދާޅުވުމާއި އެކު އެތާނގައި ތިބި މީސްތަކުން އެކަލޭގެފާނު ހިފައި ހައްޔަރުކުރުމަށް އުޅެގަތެވެ. ނަމަވެސް އެއްވެސް މީހަކަށް އެކަލޭގެފާނުގެ ގައިކޮޅަކު އަތެއް ނުލެވުނެވެ. އެއީ އަދި އެކަމުގެ ވަގުތު ނުޖެހޭތީއެވެ.


އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠އަހަރެން ދާންވީ ވަގުތު އަދިއެއް ނުޖެހޭ. ކަލޭމެން ބޭނުން އިރަކު ކަލޭމެންނަށް ކަންތައް ކުރެވިދާނެ.


އެހެންވީމާ ކަލޭމެން ތިޔަ ޢީދު ފާހަގަ ކުރަން ދޭ. އަހަރެން ތިޔަ ޢީދު ފާހަގަ ކުރަން ދާންވީ ވަގުތެއް އަދި ނުޖެހޭ.⁠“


އީސާގެފާނު މިބަސްފުޅުތައް ވިދާޅުވެ މީސްތަކުންނަށް ކިޔަވައި ދެއްވަމުން ގެންދެވީ ބައިތުލް މަޤްދިސްގެ ސަދަޤާތް ނަގާ ބައިގައި ހުންނަވައިގެންނެވެ. ނަމަވެސް އެއްވެސް މީހަކު އެކަލޭގެފާނު ހައްޔަރެއް ނުކުރިއެވެ. އެއީ އަދި އެކަލޭގެފާނުގެ ވަގުތު ނުޖެހޭތީއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ