25 އިންސާނުންގެ ގޮތްތައް އެއްވެސް މީހަކު އެކަލޭގެފާނަށް ބުނެދޭކަށް ނުޖެހޭނެ އެވެ. އެހެނީ އިންސާނުންގެ ހުރިހާ ސިފަތަކެއް އެކަލޭގެފާނަށް ފުރިހަމަޔަށް އެނގިވަޑައިގެންވިއެވެ.
އީސާގެފާނު އެބައިމީހުންގެ ވިސްނުން ހުރިގޮތް ދެނެވަޑައިގަންނަވާ އެބައިމީހުންނަށް ވިދާޅުވިއެވެ. ”ކަލޭމެން ތިޔަފަދަ ނުބައި ގޮތަކަށް ވިސްނަނީ ކީއްވެ؟
އަންދުރާއި އީސާގެފާނުގެ އަރިހަށް ޝަމްއޫނު ގެންދިޔައެވެ. އީސާގެފާނު ވަރަށް ފުން ނަޒަރަކުން ޝަމްއޫނުއާއި ދިމާއަށް ބައްލަވާލައްވާފައި ވިދާޅުވިއެވެ. ”ކަލެއަކީ ޔޫޙަންނާގެ ދަރި ޝަމްއޫނު. ނަމަވެސް މިއަދުން ފެށިގެން ކަލޭގެ ނަމަކީ ކީފާ.“ ކީފާގެ މާނައަކީ ޕަތަރަސްއެވެ.
އީސާގެފާނަށް ނަތާނިއެލް އެކަލޭގެފާނުގެ ގާތަށް އަންނަތަން ފެނިވަޑައިގަތުމުން ވިދާޅުވިއެވެ. ”އެއަންނަނީ ތެދުވެރިއެއް. އަދި އޭނާއަކީ ފުރިހަމަ ބަނީއިސްރާއީލުގެ ދަރިއެއް.“
އީސާގެފާނަށް އެކަލޭގެފާނަށް ޚިޔާނާތްތެރި ވާނެ މީހާއަކީ ކާކުކަން އެނގިވަޑައިގަންނަވައެވެ. އެކަލޭގެފާނު ”ކަލޭމެން އެންމެން ވަނީ އެފަދައަކުން ނޫނޭ“ ވިދާޅުވީ އެހެން ވެގެންނެވެ.
އީސާގެފާނަށް އެކަލޭގެފާނުގެ އަސްޙާބީން ޝަކުވާ ކުރާކަން އެނގިވަޑައިގެންވިއެވެ. އެހެންކަމުން އެކަލޭގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”މި ބަސްތަކުގެ ސަބަބުން ކަލޭމެން ހިތްހަމަ ނުޖެހުނީތަ؟
އެކަމަކު ކަލޭމެންގެ ތެރެއިން ބައެއް މީހުން އަހަރެން ގަބޫލު ނުކުރާކަން އަހަރެންނަށް އެނގޭ.“ އެއީ އީސާގެފާނަށް ފުރަތަމައިނުން ވެސް އެކަލޭގެފާނު ގަބޫލު ނުކުރާނީ ކާކުކަމާއި އަދި އެކަލޭގެފާނަށް ޚިޔާނާތްތެރި ވާނީ ކާކުކަން އެނގިވަޑައިގެންވިއެވެ.