Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 2:2 - ކިތާބުލް މުޤައްދަސާ

2 އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީންނަށް ވެސް އެޖާފަތަށް ދައުވަތު ދެވިފައި ވާތީ އެބޭކަލުން ވެސް އެތާނ ތިއްބެވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 2:2
30 ပူးပေါင်းရင်းမြစ်များ  

އެކަލޭގެފާނު އެއްވެސް މީހަކާއި ދިމާލަށް އަޑުލައި ނަހައްދަވާނެއެވެ. އަދި އެކަލޭގެފާނު މަގުތަކުގައި ހަޅޭފަޅޭ ނުލައްވާނެވެ.


ރަސްގެފާނު ޖަވާބުގައި ވިދާޅުވާނެ. ’⁠އަހަރެން މިބުނަނީ ތެދެއް. މީސްތަކުންގެ ތެރޭން އަހަރެންނަށް އިމާންވާ އެންމެ ދެރަ މީހާއާ މެދު އެފަދަ ކަމެއް ކުރިޔަސް އެކަމެއް އެކޮށްދެވުނީ އަހަރެންނަށް.⁠‘


ރަސްގެފާނު އެބައިމީހުންނަށް ވިދާޅުވާނެ. ’⁠އަހަރެން މިބުނަނީ ތެދެއް. ކަލޭމެން އަހަރެންނަށް އިމާންވާ މީހުންގެ ތެރެއިން އެންމެ ދެރަމީހަކަށް ވެސް އެފަދަ ކަމެއް ކޮށް ނުދީފިނަމަ އެކަމެއް ކޮށް ނުދެވުނީ ތިމަން މަނިކުފާނަށް.⁠‘⁠“


މި ކައިވެނި ޖާފަތުގެ ކަންތަކުން ނިމިގެން އީސާގެފާނު އެކަލޭގެފާނުގެ މަންމާފުޅާއި އެކަލޭގެފާނުގެ ކޮއްކޮއިންނާއި އަދި އެކަލޭގެފާނުގެ އަސްޙާބީންނާއި އެކު ދެތިން ދުވަހަށް ކަޕަރުނައުމްއަށް ވަޑައިގެންނެވިއެވެ.


މިތަން ފެނުމުން ފަތްފުށްތަކުގައިވާ މި ބަސްފުޅު އަސްޙާބީންނަށް ހަނދާންވިއެވެ. ”⁠މާތްކަލާނކޯ! އިނބަރަސްކަލާނގެ ގެކޮޅާ މެދު އަހަރެން ހިތުގައިވާ ލޯބި ހުޅުފަޅައިގެން އަހަރެންގެ ހިތުގައި ރޯވެފައިވޭ.⁠“


އީސާގެފާނު އަވަހާރަ ވުމަށް ފަހު އަލުން ދިރިދުނިޔެއަށް ވަޑައިގެންނެވި ހިނދު އެކަލޭގެފާނުގެ އަސްޙާބީން މިބަސްފުޅުތަކުގެ މަތިން ހަނދާން ވިއެވެ. ދެން އެމީހުން ބާވައިލެއްވުނު ފޮތްތަކުގައި މިކަންތަކާއި މެދު ލިޔެވިގެންވީ ކަންތައްތަކާއި އަދި އީސާގެފާނުގެ ބަސްފުޅު ގަބޫލު ކުރިއެވެ.


ޖާފަތުގެ މެދުތެރޭ އެ ޖާފަތަށް ގެނެވިފައިހުރި މޭބިސްކަދުރުގެ ދިޔަ ހުސްވިއެވެ. ދެން އީސާގެފާނުގެ މަންމާފުޅު އީސާގެފާނަށް ދެންނެވިއެވެ. ”⁠އެމީހުން އަތުގައި ހުރި ހުރިހާ މޭބިސްކަދުރުގެ ދިޔަ ހުސްވެއްޖެ.⁠“


މިއަށް ފަހު އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ޖުދެއާގެ ބައިމަދު ހިސާބުގަނޑަކަށް ވަޑައިގެންނެވިއެވެ. އަދި އެތާނގައި މީސްތަކުން ތައުބާގެ ހިނެވުމުން ހިނެވުމަށް ދުވަސްކޮޅަކު މަޑުކުރެއްވިއެވެ.


ނަމަވެސް އީސާގެފާނު އެއްވެސް މީހަކު ހިނަވައެއް ނުދެއްވައެވެ. އެކަން ކުރަމުން ދިޔައީ އެކަލޭގެފާނުގެ އަސްޙާބީންނެވެ.


ދެން އީސާގެފާނުގެ އަސްޙާބީން އެކަކު އަނެކަކަށް ބުންޏެވެ. ”⁠އެކަމަކު އެހެން މީހަކު ހަމަ ގައިމު ވެސް އެކަލޭގެފާނަށް ކާއެއްޗެއް ދިން ހެނެއް ހިޔެއްނުވޭ.⁠“


އެންމެން ބަނޑުފުރެންދެން ކައި ނިމުމުން އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް އެންގެވިއެވެ. ”⁠ބާކީވެފައިވާ ހުރިހާ އެއްޗެއް އެއްކުރޭ. އެއްވެސް އެއްޗެއް އިސްރާފުކުރާނެ ކަމެއް ނެތް.⁠“


އެދުވަހު ހަވީރު އީސާގެފާނުގެ އަސްޙާބީން ގަލީލީ ކަނޑުގެ ކައިރިއަށް ދިޔައެވެ.


އީސާގެފާނުގެ ގިނަ އަސްޙާބީން މިބަސްތަކުގެ އަޑުއަހާފައި ބުންޏެވެ. ”⁠މިއަކީ ޤަބޫލުކުރެވޭ ކަހަލަ ވާހަކައެއް ނޫން. ކާކަށް މިވާހަކަ ބަލައިގަނެވޭނީ؟⁠“


އެހެންވެ އެކަލޭގެފާނުގެ އެތައް އަސްޙާބީންނެއް އެކަލޭގެފާނާއި ވަކިވެ އެކަލޭގެފާނު ދޫކޮށްލާފައި ދިޔައެވެ.


ދެން އީސާގެފާނު އެކަލޭގެފާނުގެ ޚާއްސަ ބާރަ އަސްޙާބީންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެން ވެސް އަހަރެން ދޫކޮށްލާފަ ދާން ބޭނުމީތަ؟⁠“


އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠ކަލޭމެން ބާރަ މީހުން ހޮވީ ހަމަ އަހަރެންނެއް ނޫންތަ؟ އެކަމަކު ކަލޭމެންގެ ތެރެއިން އެކަކީ ޝައިތާނެއް.⁠“


އެކަލޭގެފާނު މިހެން ވިދާޅުވީ ސައިމަން އިސްކަރިޔޮތުގެ ދަރި ޔުދާސްއަށް މުޚާތަބު ކުރައްވައެވެ. އެއީ ފަހުން އޭނާ އެކަލޭގެފާނަށް ޚިޔާނާތްތެރި ވާނެކަން އެކަލޭގެފާނު ދެނެވަޑައިގެން ވާތީއެވެ.


އީސާގެފާނުގެ އެހެން އަސްޙާބީއަކު ކަމުގައިވާ އަންދުރާއި، ޝަމްއޫނު ޕަތަރަސްގެ ކޮއްކޮ، ބުންޏެވެ.


އެހެންވެ އީސާގެފާނުގެ ކޮއްކޮއިން އެކަލޭގެފާނާ ދިމާއަށް މިހެން ބުންޏެވެ. ”⁠ކަލޭ ދާންވީނު ޖުދެއާކަރަޔަށް؟ އޭރުން ކަލޭ ގަބޫލުކޮށް އީމާންވާ ބަޔަކަށް ކަލޭ ތިޔަ ދައްކާ މުޢުޖިޒާތްތައް ފެންނާނެއެއްނު.


ބަރުނައްބާސް ޝާއުލް ގޮވައިގެން އެނބުރި އަންތީޔޮކުއަށް އައެވެ. އެދެމީހުން އެ ރަށުގައި އީސާގެފާނަށް އީމާންވެގެންވީ މީހުންގެ ޖަމާޢަތުގެ މީހުން ކާރީ އެމީހުންނަށް ކިޔަވާދިނުމަށް އެއްއަހަރު މަޑު ކުރިއެވެ. ފުރަތަމަ ފަހަރަށް އީސާގެފާނު ގަބޫލުކޮށް އީމާންވެ އެކަލޭގެފާނުގެ ބަސްތަކާއި އެއް ފަދައިން އަމަލު ކުރާ މީހުންނަށް މަސީޙީންނޭ ކިޔުނީ އެ ރަށުގައެވެ.


ދެން އީސާގެފާނަށް އީމާންވެގެން ތިބި އެންމެން ގަސްތު ކުރީ އެމީހުންނަށް ވެގެންވީ އެންމެ ގިނަ އަދަދެއްގެ އެހީ ޖުދެއާކަރައިގައިވާ އީސާގެފާނު ގަބޫލު ކުރާ ޖަމާޢަތުގެ މީހުންނަށް ފޮނުވުމަށެވެ.


ތިޔަބައިމީހުން ކުރާކޮންމެ ކަމެއް މާތްސާހިބާ އީސާގެފާނުގެ ނަންފުޅު މަތީގައި ކުރާށެވެ. އެއީ އެކަލޭގެފާނު މެދުވެރިކޮށް ބައްޕާފުޅު މާތްކަލާނގެ ކިބަފުޅަށް ޝުކުރު ދަންނަވާށެވެ.


ކައިވެންޏަށް އެންމެން ވެސް އިޙްތިރާމް ކުރަންވާނެއެވެ. އަބަދުވެސް ބައިވެރިޔާއަށް ވަފާތެރި ވާންވާނެވެ. އެހެނީ ކައިވެނީގައި ބޭވަފާތެރިވާ މީހުންނާއި ވަހުޝީ މީހުންނަށް މާތްރަސްކަލާނގެ ޢަޒާބު ދެއްވާނެއެވެ.


ދެކިބަލަ! ދޮރުގެ ކައިރީގައި ހުރެ އަހަރެން ޓަކިދެން. އަހަރެންގެ އަޑު އިވޭ މީހަކުނަމަ ދޮރު ހުޅުވާ. އަހަރެން އެބައިމީހުންގެ ގެއަށް ވަދެ އެބައިމީހުންނާއި އެކުގައި ކާނަން. އަދި އެބައިމީހުންނަށް އަހަރެންނާއި އެކުގައި ކެވޭނެމެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ