Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 2:18 - ކިތާބުލް މުޤައްދަސާ

18 ބަނީއިސްރާއީލުގެ ވެރިން އީސާގެފާނަށް ބުންޏެވެ. ”⁠މިފަދަ ކަންތައްތައް ކުރަން ކަލެއަށް ހުއްދަ ލިބިގެންވާކަން ހާމަ ކޮށްދިނުމަށް ނިކަން އަހަރެމެންނަށް މުޢުޖިޒާތެއް ދައްކަބަލަ!⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 2:18
14 ပူးပေါင်းရင်းမြစ်များ  

”⁠ފިރުޢައުނު ރަސްގެފާނު ކަލޭމެންގެ ކިބައިން މުޢުޖިޒާތެއް ދެއްކުމަށް އެދިއްޖެނަމަ ހާރޫނު ގާތު ބުނޭ އޭނާގެ އަސާ ނަގައި ފިރުޢައުނުގެ ކުރިމައްޗަށް އެއްލާލާށޭ. އޭރުން އޭތި ހަރުފަޔަކަށް ވެދާނެ.⁠“


އީސާގެފާނު ބައިތުލް މަޤްދިސްއަށް އެނބުރި ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނު އެތަނުގައި މީސްތަކުންނަށް އުނގަންނަވައި ދެއްވަން ފެއްޓެވި ހިނދު، ބޮޑު އިމާމުންނާއި ބަނީއިސްރާއީލުގެ ބޮޑުން އެކަލޭގެފާނުގެ އަރިހަށް އައިސް ސުވާލު ކުރަން ފެށިއެވެ. ”⁠މިކަންތައްތައް ކުރުމަށް ކަލެއަށް އޮތީ ކޮން އަމުރެއް؟ އެ އަމުރު ކަލެއަށް ދިނީ ކޮންފަރާތަކުން؟⁠“


ފަރީސީންނަށް އީސާގެފާނު ވަޑައިގެންނެވި ޚަބަރު ލިބުމުން އެކަލޭގެފާނުގެ އަރިހަށް އެބައިމީހުން އައިސް ޒުވާބުދެއްވިއެވެ. އެބައިމީހުންގެ އެދުމަކަށް ވެގެންވީ އެކަލޭގެފާނީ މާތްރަސްކަލާނގެ ޙަޟްރަތުން ވަޑައިގެންނެވި ބޭކަލެއްތޯ އަޖުމަބެލުމެވެ. އެގޮތުން އެކަލޭގެފާނީ މާތްރަސްކަލާނގެ ޙަޟްރަތުން ވަޑައިގެންނެވި ބޭކަލެއްކަން އަންގައި ދިނުމުގެ ގޮތުން އެބައިމީހުންނަށް މުޢުޖިޒާތީ ޢަލާމާތެއް ދެކުމަށް ބާރުލާ އެދެމުން ދިޔައެވެ.


މީސްތަކުން އެތަނަށް އެއްވަމުން ދިޔަ އިރު އީސާގެފާނު ވިދާޅުވަމުން ދިޔައެވެ. ”⁠މިއީ ނުބައި ޒަމާނެއް. މިޒަމާނުގެ މީހުން މުޢުޖިޒާތެއް ފަދަ ޢަލާމާތަކަށް އެދޭ. ނަމަވެސް ޔޫނުސްގެފާނު މެދުވެރިކޮށް ދެއްކުނު އަލާމާތް ފިޔަވާ އެހެން އެއްވެސް ޢަލާމާތެއް ކަލޭމެންނަކަށް ނުދެއްކޭނެ.


ޖެރޫސަލަމުން، ބަނީއިސްރާއީލުގެ ވެރިން ޔަޙުޔާގެފާނުގެ ގާތުން އެކަލޭގެފާނަކީ ކާކުތޯ އަހައި ސުވާލު ކުރުމަށް އިމާމުންނާއި އަދި ބައިތުލް މަޤްދިސް ބަލަހައްޓާ އެހީތެރީން ފޮނުވުމުން ޔަޙުޔާގެފާނު އެމީހުންނަށް މިފަދައިން ވިދާޅުވެ އެންގެވިއެވެ.


މިހެން އީސާގެފާނު ވިދާޅުވުމުން އެމީހުން ބުންޏެވެ. ”⁠ކަލޭގެފާނު ދެން ދައްކަވާނީ ކޮން މުޢުޖިޒާތެއްތޯ؟ އޭރަކުން ކަލޭގެފާނު ތިއީ މާތްރަސްކަލާނގެ ފޮނުއްވި ޚާއްސަ ފަރާތްކަން އަޅުގަނޑުމެން ގަބޫލު ކޮށްފާނަން.


ޕަތަރަސްއާއި ޔޫޙަންނާ މި އެންމެންގެ ކުރިމައްޗަށް ގެނެސް އެމީހުންނާއި ސުވާލު ކުރެވުނެވެ. ”⁠ކަލޭމެން ތިޔަ ކުރި ކަންތައްތައް ތިޔަ ކުރަނީ ކޮންފަރާތަކުން ލިބުނު ބާރަކާއި ހުއްދައަކަށް ތަ؟⁠“


”⁠އަހަރެމެން ކަލޭމެންނަށް އީސާގެފާނުގެ ނަމުގައި މީސްތަކުންނަށް އެއްވެސް އެއްޗެއް ކިޔާ ނުދިނުމަށް އިންޒާރުކޮށް ނާންގަންތަ؟ އެކަމަކު ކަލޭމެން އަހަރެމެން ބުނި ބަހަށް އެއްވެސް ފަރުވާލެއް ނުބަހައްޓާ ގޮސް ކަންތައް ކުރިގޮތް ބަލާބަލަ! ކަލޭމެން ތި ކިޔަވާދޭ ވާހަކަތައް މުޅި ޖެރޫސަލަމަށް ފެތުރިއްޖެ. އަދި ކަލޭމެން ތިޔަ އުޅެނީ ތިޔަ މީހާގެ މަރުގެ ޒިންމާ އަހަރެމެންގެ ބޮލުގަ އަޅުވަންތަ؟⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ