Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 2:16 - ކިތާބުލް މުޤައްދަސާ

16 ދެން ކޮތަރުތައް ވިއްކަން ތިބި މީހުންނަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠މިއެއްޗެހިތައް ހަމަ މިހާރު މިތަނުން ނެރޭ! އަހަރެންގެ ބައްޕާފުޅުގެ ގެކޮޅު ގަނެވިއްކާ ބާޒާރަކަށް ހަދައިގެން ނުވާނެ!⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 2:16
17 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު ބައިތުލް މަޤްދިސްގެ ތެރެއަށް ވަދެ ވަޑައިގެންނެވި ހިނދު އެތަނުގައި ގަނެވިއްކުމުގެ ވިޔަފާރި ކުރުމަށް ތިބި އެންމެން ނެރެ ބޭރުކޮށްލައްވާ ފައިސާ މާރުކުރަން ތިބި މީހުންގެ މޭޒުތަކާއި، ކޮތަރު ވިއްކަން ތިބި މީހުންގެ ގޮނޑިތައް އެފުށްމިފުށަށް ޖެއްސެވިއެވެ.


އަދި އެތަނުގައި ތިބި ހުރިހާ އެންމެންނަށް އީސާގެފާނު ވިދާޅުވިއެވެ. ”⁠ބާވައިލެއްވި ފަތްފުށްތަކުގައި ބަޔާންވެގެން ވަނީ، ’⁠ތިމަންކަލާނގެ ގެކޮޅަކީ އަޅުކަން ކުރުމަށް ޓަކައި ބިނާކުރެވިފައިވާ މުޤައްދަސް ބިނާއެއް⁠‘ ކަމުގައި. ނަމަވެސް ކަލޭމެން ވަގުންގެ ޖަގަހައަކަށް މިތަން ހަދައިފި!⁠“


ނަމަވެސް އެ ނޯކަރުންގެ ވާހަކަތަކަށް މީސްތަކުން ސަމާލުކަމެއް ނުދީ އެހެން ކަންތައްތައް ކުރުމުގައި އެމީހުންވި. އެއްބަޔަކު އެމީހުންގެ ދަނޑުތަކުގައި މަސައްކަތް ކުރުމަށް ދިޔަ. އަނެއްބަޔަކު، އެބައިމީހުން ވިޔަފާރިކުރާ ތަނުގައި މަސައްކަތް ކުރުމަށް ދިޔަ.


އެއަށް ފަހު އެކަލޭގެފާނު މީސްތަކުންނަށް އުނގަނަވައިދެއްވަން ފެއްޓެވިއެވެ. ”⁠ލިޔެވިގެންވީ މުޤައްދަސް ފަތްފުށްތަކުގައި މާތްރަސްކަލާނގެ ވަޙީކުރައްވާފައި ވަނީ، ’⁠ތިމަންކަލާނގެ ގެކޮޅަކީ އެންމެހާ ޤައުމުތަކުގެ މީސްތަކުންގެ ދުޢާކުރުމުގެ ގެކޮޅުކަމުގައޭ.⁠‘ އެކަމަކު ކަލޭމެން މިތަން ވަގުންގެ ހާއްޔަކަށް ހަދައިފި.⁠“


އީސާގެފާނު ޖަވާބުފުޅުގައި ދެންނެވިއެވެ. ”⁠އަޅުގަނޑު ހޯދުމަށް ތިޔަހާ ބޮޑަށް މަސައްކަތް ތިޔަކުރެއްވީ ކީއްވެތޯ؟ އަޅުގަނޑު ވާނީ އަޅުގަނޑުގެ ބައްޕާފުޅުގެ ގެ ބައިތުލް މަޤްދިސްގައި ކަން މަންމަމެންނަކަށް ނޭނގޭތޯ؟⁠“


އަހަރެންގެ ބައްޕާފުޅު ވަނީ އެމީހުން އަހަންނަށް ދެއްވާފައި. އެކަލާނގެއަކީ އެންމެ ބާރު ގަދަ ފަރާތް. އެކަކަށް ވެސް ބައްޕާފުޅުގެ އަތްޕުޅު ދަށުން އެމީހުން ޖަހައެއް ނުގަނެވޭނެ.


އީސާގެފާނު ފަލަރޯނުތަކެއް އެއްކުރައްވައި ހަންމުއްޓެއް ހައްދަވައިގެން ގޮސް އެމީހުން އެތަނުން ފައްސަވާލެއްވިއެވެ. އަދި ގެރި ބަކަރިތަކާއި، ކަންބަޅި ބަކަރިތައް ވެސް ދޫކޮށްލެއްވިއެވެ. ލާރި މާރުކުރަން ތިބި މީހުންގެ މޭޒުތައް ބަންޑުންޖައްސަވައި އެމީހުންގެ ލާރިތައް ބުރުވާލެއްވިއެވެ.


”⁠އަހަރެން ހިފަހައްޓަން ނޫޅޭ!⁠“ އީސާގެފާނު ވިދާޅުވިއެވެ. ”⁠އަދިއެއް އަހަރެން ބައްޕާފުޅުގެ އަރިހަކަށް ނުދަން. ކަލޭ ގޮސް އަހަރެންގެ އަޚުން ހޯދާ! ގޮސް އެމީހުން ގާތު ބުނޭ، އަހަރެން މިދަނީ އަހަރެންނާއި ކަލޭމެންގެ ބައްޕާފުޅު، އަދި އަހަންނާއި ކަލޭމެންގެ ވެސް ކަލާނގެ އަރިހަށޭ.⁠“


ނަމަވެސް އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠އަހަރެންގެ ބައްޕާފުޅު ވެސް މަސައްކަތް ކުރެއްވުން ހުއްޓައެއް ނުލައްވާ. އެހެންވީމާ އަހަރެން ވެސް މަސައްކަތް ހުއްޓައެއް ނުލާނަން.⁠“


އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠އަހަރެން މިހިރީ އަކީ ނުބައި ރޫޙެއްގެ ބާރުގެ ދަށަކުއެއް ނޫން. އަހަރެން އަހަރެންގެ ބައްޕާފުޅަށް އިޙުތިރާމުކުރަން. ނަމަވެސް ކަލޭމެން އަހަރެންނަކަށް އިޙުތިރާމެއް ނުކުރޭ.


މިފަދަ އެދުރުން އަބަދުވެސް މައްސަލަތައް ކުރިމަތި ކުރުވައެވެ. އެއީ އެބައިމީހުންގެ ބުއްދި ހައިޖާނު ހައްދާތީއެވެ. އަދި ތެދު ބުނުމުން މިފަދަ އެދުރުން ވަނީ އެއްކިބާ ވެގެންނެވެ. މިފަދަ އެދުރުން ދެކޭގޮތުގައި ދީނަކީ މުއްސަނދި ވުމަށް އޮތް މަގެކެވެ.


އެފަދަ ދޮގު އެދުރުން ދަހިވެތި ވާނީ ތިޔަބައިމީހުންނަށް ލިބިފައިވާ މުއްސަނދިކަމަށެވެ. އަދި ތިޔަބައިމީހުންނަށް ލިބިފައިވާ މުއްސަނދިކަމުގެ ފައިދާ ނާޖާއިޒު ގޮތުގައި އެބައިމީހުން ނަގާނީ ތިޔަބައިމީހުންނަށް ބުނެދޭ ދޮގު ބުނުންތަކުންނެވެ. ނަމަވެސް އެތައް ޒަމާނެއްގެ ކުރިން މާތްރަސްކަލާނގެ އެފަދަ ފަރާތްތަކަށް ޙައްޤު ޖަޒާ ދެއްވުމަށް ވަނީ ނިންމަވާފައެވެ. އަދި އެބައިމީހުންގެ ނިމުން ވަނީ ކައިރީގައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ