ޔޫޙަންނާ 2:15 - ކިތާބުލް މުޤައްދަސާ15 އީސާގެފާނު ފަލަރޯނުތަކެއް އެއްކުރައްވައި ހަންމުއްޓެއް ހައްދަވައިގެން ގޮސް އެމީހުން އެތަނުން ފައްސަވާލެއްވިއެވެ. އަދި ގެރި ބަކަރިތަކާއި، ކަންބަޅި ބަކަރިތައް ވެސް ދޫކޮށްލެއްވިއެވެ. ލާރި މާރުކުރަން ތިބި މީހުންގެ މޭޒުތައް ބަންޑުންޖައްސަވައި އެމީހުންގެ ލާރިތައް ބުރުވާލެއްވިއެވެ. အခန်းကိုကြည့်ပါ။ |
އީސާގެފާނު ބައިތުލް މަޤްދިސްއަށް ވަޑައިގެންނެވި ހިނދު އެކަލޭގެފާނަށް ފެނި ވަޑައިގަތީ އެތާނގެ ގޯތިތެރޭގައި މީސްތަކުން ގެރި ބަކަރިއާއި، ކަންބަޅި ބަކަރިއާއި، ކޮތަރާއި ވިއްކަމުން ދާތަނެވެ. އަދި އެތާނގައި އެކިތަފާތު ޤައުމުތަކުގެ ފައިސާ މާރުކުރަން މޭޒުތައް ދޮށުގައި ތިބި މީހުން ވެސް އެކަލޭގެފާނަށް ފެނިވަޑައިގެންނެވިއެވެ.