Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 2:14 - ކިތާބުލް މުޤައްދަސާ

14 އީސާގެފާނު ބައިތުލް މަޤްދިސްއަށް ވަޑައިގެންނެވި ހިނދު އެކަލޭގެފާނަށް ފެނި ވަޑައިގަތީ އެތާނގެ ގޯތިތެރޭގައި މީސްތަކުން ގެރި ބަކަރިއާއި، ކަންބަޅި ބަކަރިއާއި، ކޮތަރާއި ވިއްކަމުން ދާތަނެވެ. އަދި އެތާނގައި އެކިތަފާތު ޤައުމުތަކުގެ ފައިސާ މާރުކުރަން މޭޒުތައް ދޮށުގައި ތިބި މީހުން ވެސް އެކަލޭގެފާނަށް ފެނިވަޑައިގެންނެވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 2:14
8 ပူးပေါင်းရင်းမြစ်များ  

އެބޭކަލުންނާއިއެކު އީސާގެފާނު ޖެރޫސަލަމަށް ވަޑައިގަންނަވާ ބައިތުލް މަޤްދިސަށް ވަޑައިގެންނެވިއެވެ. އެ ހިނދު ބައިތުލް މަޤްދިސްގެ ގޯތިތެރޭގައި ގަނެވިއްކަން ތިބި އެންމެން ނެރެ ބޭރުކޮށްލައްވާ ފައިސާމާރުކުރަން ތިބި މީހުންގެ މޭޒުތަކާއި ކޮތަރު ވިއްކަން ތިބި މީހުންގެ ގޮނޑިތައް އެފުށްމިފުށަށް ޖެއްސެވިއެވެ.


އެއަށް ފަހު އެކަލޭގެފާނު މީސްތަކުންނަށް އުނގަނަވައިދެއްވަން ފެއްޓެވިއެވެ. ”⁠ލިޔެވިގެންވީ މުޤައްދަސް ފަތްފުށްތަކުގައި މާތްރަސްކަލާނގެ ވަޙީކުރައްވާފައި ވަނީ، ’⁠ތިމަންކަލާނގެ ގެކޮޅަކީ އެންމެހާ ޤައުމުތަކުގެ މީސްތަކުންގެ ދުޢާކުރުމުގެ ގެކޮޅުކަމުގައޭ.⁠‘ އެކަމަކު ކަލޭމެން މިތަން ވަގުންގެ ހާއްޔަކަށް ހަދައިފި.⁠“


އީސާގެފާނު ފަލަރޯނުތަކެއް އެއްކުރައްވައި ހަންމުއްޓެއް ހައްދަވައިގެން ގޮސް އެމީހުން އެތަނުން ފައްސަވާލެއްވިއެވެ. އަދި ގެރި ބަކަރިތަކާއި، ކަންބަޅި ބަކަރިތައް ވެސް ދޫކޮށްލެއްވިއެވެ. ލާރި މާރުކުރަން ތިބި މީހުންގެ މޭޒުތައް ބަންޑުންޖައްސަވައި އެމީހުންގެ ލާރިތައް ބުރުވާލެއްވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ