Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 2:10 - ކިތާބުލް މުޤައްދަސާ

10 ”⁠އެހެން މީހުން އަބަދުވެސް އެންމެ މޮޅު މޭބިސްކަދުރުދިޔަ މެހުމާނުންނަށް ދެނީ އެންމެ ކުރީކޮޅު. ދެން މީހުން މޭބިސްކަދުރުގެ ދިޔަ ބޯތާ އެތައް އިރެއްވާފަހުން އެމީހުން ދެން ދޭނީ ތަންކޮޅެއް އަގުހެޔޮ މޭބިސްކަދުރުގެ ދިޔައެއް. ނަމަވެސް ކަލޭ އެންމެ މޮޅު މޭބިސްކަދުރުގެ ދިޔަ ތިޔަ ބެހެއްޓީ އެންމެ ފަހަށް.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 2:10
15 ပူးပေါင်းရင်းမြစ်များ  

އެބައިމީހުންނަށް ކާތަކެތި ގެނެވުނީ ޔޫސުފުގެފާނުގެ މޭޒުކޮޅުންނެވެ. ނަމަވެސް އެހެން އެންމެންނަށް ވުރެން ފަސްގުނަ އިތުރަށް ބަންޔާމީންއަށް ކެއުން ދެވުނެވެ. އަދި އެ އެންމެން އެކަލޭގެފާނާއި އެކުގައި މިނިވަންކަމާއެކު ކައިބޮއި އުފާކޮށް ހެދިއެވެ.


އަދި އެހެނިހެން ޚާދިމުންނަށް އަނިޔާކޮށް، މަޖާކޮށް ރާބޮއި މަސްތުވެ މިފަދަ އެންމެހާ ކަންތައްތައް ކުރާނެ.


ނަމަވެސް މިސާލަކަށް މި ނޯކަރު ހިތަށްއަރާފާނެ. ’⁠އަހަރެންގެ ވެރިމީހާ ދިޔައީ ވަރަށް ދިގުދަތުރެއް ގައޭ. އޭނާ އަވަހަކަށް ނަންނާނެއޭ.⁠‘ ދެން އޭނާ އެހެން ނޯކަރުންގެ ގައިގައި ތަޅާ އަނިޔާކޮށް އަދި ކެއުމާއި ރާބޮއި އަމަލުވުމުގައި ދުވަސްތައް ވޭތިކޮށްފި.


އިބްރާހީމްގެފާނު ވިދާޅުވި. ’⁠ދަރިފުޅާއޭ. ހަނދާން ވޭހޭ؟ ކަލޭ ދުނިޔޭގައި އުޅުނުއިރު ކަލެއަށް ރަނގަޅު ގޮތްތައް ދިމާވިއޭ. އަދި ލާޒަރުއަށް ވަރަށް ދެރަ ނުބައި ގޮތްތައް ދިމާވިއޭ. މިހާރު މިތާނގައި އޭނާއަށް ވަނީ ހަމަޖެހުން ލިބިފައޭ. އަދި ކަލޭ ތިޔަވަނީ ވޭނުގައޭ.


ތިޔަ ހީ ކުރި ފަދައިން މިމީހުން މި ވަނީ ރާބޮއިގެން އަމަލު ވެފައެއް ނޫން. އެހެން ވާނީ ކިހިނެއް؟ އަދި ކިރިޔާ އެޖެހީ ހެނދުނު ނުވައެއް. ތިޔަ ބޭފުޅުންނަށް ތިޔަ ފެންނަ ކަންތައްތަކާ ތިޔަ އިވޭ އަޑުތަކަކީ އިހުޒަމާނުގެ ނަބީބޭކަލަކު ކަމުގައިވާ ޔޮއެލް މެދުވެރިކުރައްވާ މާތްރަސްކަލާނގެ އެންގެވި ކަންތައް.


ރަލުގެ މަސްތުގައި ޖެހި މަސްތުނުވާށެވެ. ސަބަބަކީ މަސްތުވުމަކީ އިންސާނާގެ ޙަޔާތު ވީރާނާކުރުވާ ކަމެކެވެ. އޭގެބަދަލުގައި މާތްރަސްކަލާނގެ މާތްރޫޙުފުޅު ތިޔަބައިމީހުންގެ މައްޗަށް ފުރިހަމަކުރުވައި އެކަލާނގެ ބާރުފުޅުގެ ދަށުގައި ތިޔަބައިމީހުން ވާށެވެ.


މީސްތަކުންގެ ތެރެއިން ނިދާ މީހުން ނިދަނީ ރޭގަނޑުގައެވެ. މަސްތުވުމުގައިވާ މީހުން މަސްތުވަނީ ވެސް ރޭގަނޑުގައެވެ.


ދުނިޔޭގެ ރަސްރަސްކަލުން ވަނީ އޭނާ އާއި އެކުގައި ޖިންސީ ފާފަވެރިކަން ހިންގާފަ. އަދި ދުނިޔޭގައި ތިބި މީސްތަކުން ވަނީ އޭނާގެ ފާޙިޝްކަމުގެ ރާ ބޮއެގެން އަމަލުވެފައި.⁠“


މާތްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުންނާއި އަދި ގަތުލު ކުރެވިގެންވީ މީސްތަކުންގެ ލޭ އެ އަންހެނާ ބޮނިކޮށް އަހަރެން ދުށީމެވެ. ސަބަބަކީ އެބައިމީހުންނީ އީސާގެފާނާއި މެދު ހެކިވަނިވި މީހުން ކަމުގައި ވީތީއެވެ. އަހަރެންނަށް އެ އަންހެނާ ފެނުނު ހިނދު އަހަރެން މުޅިން ޙައިރާންވެ ދިޔައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ