1 އޭގެ ދެ ދުވަހެއް ފަހުން އީސާގެފާނުގެ މަންމާފުޅު މަރިޔަމްގެފާނު ގަލީލީގެ ރަށެއް ކަމުގައި ވީ ޤާނާގައި އޮތް ކައިވެނި ޖާފަތަކަށް ވަޑައިގަތެވެ.
އަނތްބެއް ލިބޭ މީހާއަށް ޚަޒާނާއެއް ލިބިއްޖެއެވެ. އެއީ މާތްރަސްކަލާނގެ ދެއްވާ ނިޢުމަތެކެވެ.
މައިންބަފައިންނަށް ދަރިންނަށް ގެދޮރާއި މުދާ ދެވިދާނެއެވެ. ހެޔޮ އަނތްބަކު ދެއްވަނީ މާތްރަސްކަލާނގެއެވެ.
އީސާގެފާނު މީސްތަކުންނާއި ވާހަކަ ދައްކަވަން ހުންނަވަނިކޮށް އެކަލޭގެފާނާއި ވާހަކަފުޅު ދެއްކެވުމަށް ޓަކައި އެކަލޭގެފާނުގެ މައިކަމަނާ އާއި އެކަލޭގެފާނުގެ ފިރިހެން ކޮއްކޮމެން އައިސް އެތަނުގެ ބޭރުގައި ތިއްބެވެ.
ޖެހިގެން އައި ދުވަހު ޔަޙުޔާގެފާނުގެ ގާތަށް އީސާގެފާނު ވަޑައިގަންނަވާތަން އެކަލޭގެފާނަށް ފެނިވަޑައިގަތުމުން މިފަދައިން ވިދާޅުވިއެވެ. ”ނިކަން ދެކިބަލަ! އެ ވަޑައިގަންނަވަނީ މާތްރަސްކަލާނގެ އިންސާނުންގެ ފާފަތަކުގެ ބަދަލު ދެއްކުމަށް ކައްފާރާއެއްގެ ގޮތުގައި ޤުރުބާން ކުރެއްވުމަށް ފޮނުއްވި ކަންބަޅި.
އަނެއްދުވަހު ވެސް ޔަޙުޔާގެފާނު އެކަލޭގެފާނުގެ ދެ އަސްޙާބީއަކާ އެކު އެތަނުގައި ތިއްބެވިއެވެ.
އަނެއްދުވަހު އީސާގެފާނު ގަލީލީ ސަރަހައްދަށް ވަޑައިގަތުމަށް ގަސްތުކުރައްވައި ވަޑައިގެންނެވިއެވެ. އެތާނގައި އީސާގެފާނު ފިލިޕުއާއި ބައްދަލު ކުރެއްވިއެވެ. އެވަގުތު އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”އަހަރެންނާއި އެކު އާދޭ.“
މިކަން ހިނގީ ގަލީލީގެ ޤާނާގައެވެ. އީސާގެފާނު ދެއްކެވި އެންމެފުރަތަމަ މާނަފުން މުޢުޖިޒާތަކީ މިއީއެވެ. އެތާނގައި އީސާގެފާނު އެކަލޭގެފާނުގެ ޖަލާލަތުކަން ދެއްކެވިއެވެ. އެއާއެކު އެކަލޭގެފާނުގެ އަސްޙާބީން އެކަލޭގެފާނަށް އީމާންވިއެވެ.
އީސާގެފާނުގެ އަސްޙާބީންގެ ތެރެއިން ބަޔަކު އެތާނގައި ތިއްބެވެ. އެއީ ޝަމްއޫނު ޕަތަރަސްއާއި، ވަނަމަކަށް ”ދީދިމޫހު“ އޭ ކިޔޭ ތޯމާސްއާއި، ގަލީލީގެ ޤާނާގެ ނަތާނިއެލްއާއި، ޒަބަދީގެ ދެފިރިހެން ދަރިންނާއި، އަދިވެސް އިތުރު ދެ އަސްޙާބީންނެވެ.
ދެން އީސާގެފާނު ވަޑައިގެންނެވީ އެހިސާބުގެ ރަށެއް ކަމުގައިވާ ޤާނާ އަށެވެ. އެއީ އީސާގެފާނު ފެން، މޭބިސްކަދުރު ދިޔައަށް ހެއްދެވި ރަށެވެ. ކަޕަރުނައުމްގައި ސަރުކާރުގެ މަތީ އޮފިސަރަކު ހުއްޓެވެ. އޭނާގެ ފިރިހެން ދަރިފުޅު ވަނީ ވަރަށް ބޮޑަށް ބަލިވެފައެވެ.
ކައިވެންޏަށް އެންމެން ވެސް އިޙްތިރާމް ކުރަންވާނެއެވެ. އަބަދުވެސް ބައިވެރިޔާއަށް ވަފާތެރި ވާންވާނެވެ. އެހެނީ ކައިވެނީގައި ބޭވަފާތެރިވާ މީހުންނާއި ވަހުޝީ މީހުންނަށް މާތްރަސްކަލާނގެ ޢަޒާބު ދެއްވާނެއެވެ.