Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 19:6 - ކިތާބުލް މުޤައްދަސާ

6 ބޮޑު އިމާމުންނަށާއި އަދި ބައިތުލް މަޤްދިސްގެ ސިފައިންނަށް އީސާގެފާނު ފެނުމުން އެމީހުން ހަޅޭއްލަވާ ގޮވަން ފެށިއެވެ. ”⁠އޭނާ ސަލީބަށް އަރުވާ! އޭނާ ސަލީބަށް އަރުވާ!⁠“ ދެން ޕިލާތުސް ބުންޏެވެ. ”⁠ކަލޭމެން އޭނާ ސަލީބަށް އަރުވާ! އަހަރެންނަކަށް އޭނާއަށް އަދަބެއް ދޭން ޖެހޭ އެއްވެސް ކަމެއް ނުފެނުނު!⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 19:6
15 ပူးပေါင်းရင်းမြစ်များ  

ޕަތަރަސް ދުރުދުރުން އީސާގެފާނުގެ ފަސްފަހަތުން ދިޔައެވެ. އަދި އުއްތަމަ އިމާމުގެ ގަނޑުވަރުގެ ގޯތި ތެރެއަށް ވަނެވެ. އޭނާ އެގަނޑުވަރުގެ ތެރެއަށް ވަދެ ފާރަވެރިންގެ ތެރޭގައި އިށީނެވެ. އަދި އީސާގެފާނާއި މެދު ކަންތައްތައް ހިނގައިދާ ގޮތް ބަލަން އެތަނުގައި އިނެވެ.


ޕިލާތުސް އެމީހުން ކުރެން އެހިއެވެ. ”⁠އަލްމަސީޙާއޭ ކިޔާ އީސާއަށް އަހަރެން ހަދަންވީ ކިހިނެއްތަ؟⁠“ އެބައިމީހުން ޖަވާބު ދިނެވެ. ”⁠އޭނާ ސަލީބަށް އަރުވާ!⁠“


އަދި އެއްވެފައި ތިބި މީސްތަކުންގެ ރުޅިވެރިކަން މަރާމާރީއަށް ބަދަލުވަމުންދާތަން ޕިލާތުސްއަށް ފެނުނު ހިނދު މިކަމުގައި އޭނާއަށް އިތުރަށް ކުރެވޭނޭ އެއްވެސް ކަމެއް ނެތްކަން އެނގުނެވެ. ވީމާ އޭނާ ފެން އަޅާފައިވާ ބޮޑު ބޯތައްޓެއް ގެނެސް މީސްތަކުންގެ ކުރިމަތީގައި ބަހައްޓާފައި އޭނާގެ ދެ އަތް ދޮވެ، މިފަދައިން ބުންޏެވެ. ”⁠މި އިންސާނާގެ މަރާއިމެދު އަހަރެން ޒިންމާއެއް ނުވާނަން. މިކަމުގެ ޒިންމާ އުފުލަން ޖެހޭނީ ކަލޭމެން.⁠“


ދެން ޕިލާތުސް ބޮޑު އިމާމުންނަށާއި އަދި އެތާނގައި ތިބި ހުރިހާ މީސްތަކުންނަށް ބުންޏެވެ. ”⁠އަހަރެންނަށް ފެންނަ ގޮތުގައި މީނާ ސަރުކާރުގެ ގަވާއިދާއި ޚިލާފް ވާ ކަހަލަ އެއްވެސް ކަމެއް ކޮށްފަ ނުވޭ.⁠“


ބޮޑުންގެ ގޮތުގައި ތިބި އިމާމުންނާއި ފަރީސީން ޔުދާސް އާއިއެކު ރޯމު ސިފައިންނާއި ބައިތުލް މަޤްދިސްގެ ސިފައިންގެ ލަޝްކަރެއް ފޮނުވިއެވެ. ދެން އެމީހުން ފާނޫޒުތަކާއި، ދަންމަރު ރޯކޮށްގެން އަދި ހަތިޔާރު ހިފައިގެން ޔުދާސްއާއި އެކު އެ ޒައިތޫނި ދަނޑަށް ދިޔައެވެ.


ޕިލާތުސް ބުންޏެވެ. ”⁠އޭނާ ގެންދޭ. ގެންގޮސް ކަލޭމެންގެ އަމިއްލަ ގަވާއިދުތަކުގެ މަތިން އޭނާގެ ޝަރީއަތް ކުރޭ.⁠“ ދެން ބަނީއިސްރާއީލުގެ ވެރިން ބުންޏެވެ. ”⁠އެކަމަކު އެއްވެސް މީހަކަށް މަރުގެ ޙުކުމް ކުރުމަކަށް ރޯމުގެ ސަރުކާރުން އަޅުގަނޑުމެންނަކަށް ހުއްދައެއް ނުދޭ.⁠“


ދެން ޕިލާތުސް އީސާގެފާނަށް ބުންޏެވެ. ”⁠އެހެންވިއްޔާ ތެދަކީ ކޮބާ؟⁠“ ދެން ޕިލާތުސް ބޭރަށް ނުކުމެ އެތާނގެ ބޭރުގައި ތިބި މީސްތަކުންނަށް ބުންޏެވެ. ”⁠އަހަރެންނަށް މިމީހާގެ އެއްވެސް ކުށެއް ނުފެނުނު.


އެމީހުން އެއް އަޑުން ހަޅޭއްލަވަން ފެށިއެވެ. ”⁠އޭނާ މަރާލާ، އޭނާ މަރާލާ! އޭނާ ސަލީބަށް އަރުވާ!⁠“ ޕިލާތުސް ބުންޏެވެ. ”⁠ކީކޭ؟ ކަލޭމެންގެ ރަސްގެފާނު ސަލީބަށް އަރުވާ މަރާލާށޭ؟⁠“ ބޮޑު އިމާމުން ހަރުއަޑުން ގޮވާލިއެވެ. ”⁠ކައިސަރު ފިޔަވާ އެހެން އެއްވެސް ރަސްކަލެއް އަހަރެމެންގެ ނުވޭ!⁠“


ދެން ޕިލާތުސް އަނެއްކާ ވެސް ބޭރަށް ނުކުމެ އެއްވެފައި ތިބި މީސްތަކުންނަށް ބުންޏެވެ. ”⁠އަހަރެން މިމީހާ ކަލޭމެންގެ ކުރިމައްޗަށް އެބަ ނެރެން. އެއީ އޭނާ ކޮށްފައިވާ އެއްވެސް ކުށެއް އަހަރެންނަށް ނުފެނުނުކަން ކަލޭމެންނަށް ހާމަކޮށްދޭން.⁠“


އެކަލޭގެފާނު އަވަހާރަ ކޮށްލެއްވުމަށްޓަކައި ތިޔަބައިމީހުންނާއި ހަވާލު ކުރެވޭނެ ކަމަކީ އެކަލާނގެ މާކުރިން ރާއްވަވާ ނިންމަވައިފައިވީ ކަމެއް. ތިޔަބައިމީހުން ނުބައި ނުލަފާ ކާފަރުންގެ ބަޔަކު ލައްވާ އެކަލޭގެފާނު ނުބައި ކުށްވެރިޔެއްގެ ގޮތުގައި ސަލީބަކަށް ނަގާ އަވަހާރަ ކޮށްލުވި.


ކަލޭމެންގެ ކާބަފައިން އަނިޔާ ނުކުރާ ދެރަކޮށް ނަހަދާ އެންމެ ނަބީބޭކަލަކު ވެސް ވޭ ތަ؟ މާތްރަސްކަލާނގެ ޚާއްސަކުރައްވާ ފޮނުއްވާނެ މަތިވެރި ޞާލިޙު މީހާ އަންނަ ވާހަކަ ފާޅުކޮށް އެންގުމަށް ފޮނުއްވި ނަބީބޭކަލުން ވެސް އެމީހުން މަރާލި. އަދި މިހާރު ކަލޭމެން އެ ޚާއްސަކުރައްވާ ފޮނުއްވި މަތިވެރި މީހާ އާއި ވެސް ދެކޮޅުހަދާ އެކަލޭގެފާނު ވެސް މަރާލާފީމު.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ