ޔޫޙަންނާ 19:42 - ކިތާބުލް މުޤައްދަސާ42 އަދި އެދުވަހަކީ ސަބަތުގެ ދުވަހަށް ކަންތައް ތައްޔާރު ކުރެވޭ ދުވަސްކަމަށް ވާތީއާއި އަދި މިތަން ވަނީ މާދުރު ނޫން ހިސާބެއްގައި ކަމުން އެމީހުން އީސާގެފާނުގެ ހަށިކޮޅު އެ ހޮހަޅައިގައި ވެޑުވިއެވެ. အခန်းကိုကြည့်ပါ။ |
އެދުވަހުގެ އިރުއޮއްސުމާއެކު ޚާއްސަ ސަބަތުގެ ދުވަސް ފެށޭނެތީ ސަލީބަށް އެރުވިފައި ތިބި މީހުން އިރު އޮއްސެންދެން ސަލީބުގައި ބައިތިއްބާކަށް ބަނީއިސްރާއީލުގެ ވެރިން ބޭނުމެއް ނުވިއެވެ. އެހެން ކަމުން އެމީހުން ޕިލާތުސްގެ ކިބައިން އެދުނީ ސަލީބަށް އެރުވިފައިތިބި މީހުން މަރުވުން އަވަސް ކުރުމަށް އެމީހުންގެ ފައިތައް ބިންދާލުމަށެވެ.
ތިޔަބައިމީހުން ތައުބާގެ ހިނެވުމުން ހިނެވޭހިނދު އަލްމަސީޙާއި އެކުގައި ތިޔަބައިމީހުން ވެސް ވަޅުލެވެއެވެ. އަދި އެކަލޭގެފާނު އަވަހާރަވުމަށް ފަހު ދިރުނު ފަދައިން އެކަލޭގެފާނާއި އެކުގައި ތިޔަބައިމީހުން ވެސް ދިރިގެން އައިސްފައެވެ. އެއީ އީސާގެފާނު އަވަހާރަވުމަށް ފަހު މާތްރަސްކަލާނގެ ކުޅަދުންވަންތަ ބާރުފުޅުން އެކަލޭގެފާނަށް އަލުން ދިރުން ދެއްވިކަމަށް ތިޔަބައިމީހުން އީމާންވާކަމުންނެވެ.