ޔޫޙަންނާ 19:41 - ކިތާބުލް މުޤައްދަސާ41 އީސާގެފާނު ސަލީބަށް އެރުވުނު ތަނާ މާކަ ދުރު ނޫން ހިސާބެއްގައި އޮންނަ ބަގީޗާއެއްގައި މީހުން ވަޅުލުމަށްޓަކައި ހެދިފައިވާ ހޮހަޅައެއް ހުރެއެވެ. އޭރު އަދި އެތާނގައި އެއްވެސް މީހަކު ވަޅު ލެވިފައެއް ނުވެއެވެ. အခန်းကိုကြည့်ပါ။ |
ދެން އޭނާ އެކަލޭގެފާނުގެ ހަށިކޮޅު ސަލީބުން ތިރިކޮށް އެންމެ އަގުބޮޑު ފޮތީގެ ފޮތިގަނޑަކުން އެހަށިކޮޅު ނިވާކޮށް ކަފުންކުރުމަށްޓަކައި ގެންދިޔައެވެ. ފަރުބަދާގައި ހަދައިފައިވާ ހޮހަޅައެއް އެތާނގައި ވިއެވެ. އެތާނގައި އެއްވެސް މީހަކު ވަޅު ލެވިފަ އަދި ނުވެއެވެ. ޔޫސުފު އީސާގެފާނުގެ ހަށިކޮޅު އެހޮހަޅައިގެ ތެރޭގައި ވެޑުވިއެވެ.
އީސާގެފާނު އޭނާ ކުރެން އެއްސެވިއެވެ. ”ކަމަނާ ތިޔަ ރޮނީ ކީއްވެ؟ ކަލޭ ތި ހޯދަނީ ކާކު؟“ އޭނާ ހީކުރީ އެއީ އެބަގީޗާ ބަލަހައްޓާ މީހާ ކަމަށެވެ. އެހެންވެ އޭނާ އެމީހާއަށް ބުންޏެވެ. ”ބޭބޭ، ބޭބެ، އެކަލޭގެފާނުގެ ހަށިކޮޅު ތަނަކަށް ލީނަމަ ބުނެބަލަ. އަހަރެން ގޮސް އެކަލޭގެފާނުގެ ހަށިކޮޅު އެތަނަކުން ގެންނާނަން.“