Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 19:39 - ކިތާބުލް މުޤައްދަސާ

39 އީސާގެފާނުގެ އަރިހަށް ކުރީރެއަކު އައި ނިކޮދޭމު ވެސް އެތަނަށް އައެވެ. އޭނާ އައީ ކަފުންކުރަން ބޭނުންކުރާ ބާވަތުގެ ތެއްތިރީހަކަށް ކިލޯގެ ތަކެއްޗާއި، އަދި މީރުވަސްދުވާ ތަކެތި ވެސް ހިފައިގެންނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 19:39
15 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު އެކަލޭގެފާނުގެ ބަފައިކަލުން ބެލެހެއްޓެވުމަށް ހަމަޖައްސަވާފައި ތިބި ޙަކީމުންނަށް އެކަލޭގެފާނުގެ ބަފައިކަލުންގެ ހަށިކޮޅު ތައްޔާރު ކުރެއްވުމަށް އަމުރު ކުރެއްވިއެވެ. ޙަކީމުން ޔަޢުޤޫބުގެފާނުގެ ހަށިކޮޅު ފަސްދާނު ލެއްވުމަށްޓަކައި ތައްޔާރު ކުރެއްވިއެވެ.


އެ ބެޑްޝީޓްތަކުގައި މީރު ވަސް ދުއްވަން މުއްރިއާއި އޫދުއާއި ފޮނިތޮށީގެ އަތަރު އުނގުޅާފައިވާނެ.


އެކަލޭގެފާނު ނިކަމެތިންގެ ހިތުގައިއެއް ނުޖައްސަވާނެއެވެ. ބަލިކަށި ހޯލިކޮޅެއް ފަދަ މީހުންނާއި މެދު އެކަލޭގެފާނު މަޑުމޮޅިވެގެންވާނެއެވެ. އަލިފާން ކަންޏެއް ހާ މިންވަރުގެ އީމާންތެރިކަން ވީ މީހަކަށް ވެސް އެކަލޭގެފާނު ހިތްވަރު ދެއްވާނެއެވެ. އެކަލޭގެފާނު ކާމިޔާބު ކުރައްވައި އިންސާފު ގެނައުމަށް ދާންދެން އެކަލޭގެފާނު އެފަދައިން ކަންތައް ކުރައްވާނެއެވެ.


މިހާރު އެންމެ މަތިވެރި މީހުންގެ ތެރެއިން ގިނަ މީހުން އެންމެ ދަށް މީހުން ކަމުގައި ވާނެ. އަދި މިހާރު އެންމެ ދަށް މީހުންގެ ތެރެއިން ގިނަ މީހުން އެންމެ މަތިވެރި މީހުން ކަމުގައި ވާނެ.⁠“


އެއަށް ފަހު އެ ކުއްޖާ އޮތް ގެއަށް އެބައިމީހުން ގޮސް ވަނެވެ. އަދި އެ ކުއްޖާ އޭނާގެ މަންމަ، މަރިޔަމްގެފާނާއި އެކުގައި ވަނިކޮށް އެބައިމީހުންނަށް ފެނިގެން ވިއެވެ. އެބައިމީހުން އެކުއްޖާއަށް ސަޖިދަކޮށް އަޅުކަން ކުރިއެވެ. އެބައިމީހުން ގެނައި ހަދިޔާ ފޮށިތައް ހުޅުވައި އެ ކުއްޖާއަށް ޚަޒާނާގެ ގޮތުގައި ރަނާއި ދުންއަޅާނޭ ހުވަނދާއި އަދި މީރުވަސްދުވާ ތަކެތި ވެސް ދިނެވެ.


ސަބަތުގެ ދުވަސް ނިމުމުން، މަރިޔަމް މަގްދަލޭނާ އާއި ޔާމިޒުގެ މަންމަ މަރިޔަމް އާއި ސަލްމާ އީސާގެފާނުގެ ހަށިކޮޅު ކަފުން ކުރެއްވުމަށްޓަކައި މީރުވަސްދުވާ ހުވަނދު ގަތެވެ.


މަރިޔަމް ވަރަށް އަގުބޮޑު އަތަރުފުޅިއެއް ހިފައިގެން ގޮސް އީސާގެފާނުގެ ފައިންޕުޅު މައްޗަށް އެ އަތަރުފުޅި އޮއްސާލިއެވެ. އަދި އޭނާގެ އިސްތަށިގަނޑުން އީސާގެފާނުގެ ފައިންޕުޅު ފޮހުނެވެ. މުޅި އެގޭގެ ތެރޭގައި އެ އަތަރުގެ މީރުވަސް ފެތުރިގެން ދިޔައެވެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠އޭނާ އެފަދައިން ކަންތައް ކުރުމަށް ހުރަސް ނާޅާ. އޭނާ އެ އަތަރުފުޅި ބެހެއްޓީ އަހަރެން ކަފުންކުރުމަށް ކުރާ ތައްޔާރުތައް ކުރަންޖެހޭ ދުވަހަށްޓަކާ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ