Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 19:38 - ކިތާބުލް މުޤައްދަސާ

38 އަރިމާތެއާއިން އައިސް ހުރި ޔޫސުފަކީ ސިއްރިއްޔާތުގައި އީސާގެފާނުގެ އަސްޙާބީއެއްގެ ގޮތުގައި އުޅުނު މީހެކެވެ. އެއީ ބަނީއިސްރާއީލުންގެ ވެރިން ދެކެ ބިރުންނެވެ. މީނާ ޕިލާތުސްގެ ކިބައިން އީސާގެފާނުގެ ހަށިކޮޅު ނަގައިގެން ގެންދިއުމުގެ ހުއްދައަށް އެދުނެވެ. ޕިލާތުސް އެ ހުއްދަ ދިނުމުން އޭނާ އައިސް އެކަލޭގެފާނުގެ ހަށިކޮޅު ގެންގޮސްފިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 19:38
9 ပူးပေါင်းရင်းမြစ်များ  

މީހުން ދެކެ ބިރުގަތުމަކީ ނުރައްކާތެރި ދަންތުރައެކެވެ. މާތްރަސްކަލާނގެ ކިބަފުޅަށް ވަކީލު ކުރުމުން އަމާން ކަން ލިބެއެވެ.


އީސާގެފާނުގެ ބަސްފުޅުތަކާއި އެތައް ބަޔަކު ދެކޮޅުވެ އީމާން ނުވިނަމަވެސް އެކަލޭގެފާނަށް އީމާންވި އެތައް ބަޔަކު ވެސް ތިއްބެވެ. ބަނީއިސްރާއީލުގެ ވެރިންގެ ތެރެއިން ބަޔަކު ވެސް އީސާގެފާނަށް އީމާންވިއެވެ. އެކަމަކު އެއްވެސް މީހަކު އެކަން ފާޅެއް ނުކުރެއެވެ. އެއީ އެމީހުން ފަރީސީން ދެކެ ގަންނަ ބިރަށެވެ. ފަރީސީން އަންގާފައި ވަނީ އީސާގެފާނަށް އެކަކު ވެސް އީމާންވެއްޖެނަމަ އެމީހަކު ބަނީއިސްރާއީލުގެ ދީނީ މަރުކަޒުތަކުން ބޭރު ކުރާނެ ކަމަށެވެ.


ނަމަވެސް އެއްވެސް މީހަކަށް ފާޅުގައި އީސާގެފާނާއި ބެހޭގޮތުން އެއްވެސް ވާހަކައެއް ދައްކާކަށް ނުކެރެއެވެ. އެއީ މީސްތަކުން ބަނީއިސްރާއީލުގެ ވެރިން ދެކެ ގަންނަ ބިރުގެ ސަބަބުންނެވެ.


އެމީހުން މިހެން ބުނީ ބަނީއިސްރާއީލުގެ ވެރިން ދެކެ ބިރުންނެވެ. އެއީ އީސާގެފާނަކީ އަލްމަސީޙު ކަމުގައި ބުނާ ކޮންމެ މީހަކުމެ ދީނީ މަރުކަޒުތަކުން ވަކިކޮށް ބޭރުކޮށްލާނެ ކަމުގައި އެމީހުން ވަނީ އަންގާފައެވެ.


އީސާގެފާނާއި މެދު ކަންތައްތައް ވާނެކަމަށް މާތްރަސްކަލާނގެ އެތައް ޒަމާނެއް ކުރިން އެންގެވި ބަސްފުޅުތަކުގައި އެ ލިޔެވިގެންވީ ފަދައިން ހުރިހާ ކަމެއްވެދިޔަ. އަދި އެމީހުން އެކަލޭގެފާނު ގެ މަރުވެފައިވީ ހަށިގަނޑު ސަލީބުން ތިރިކޮށް ގަބުރުސްތާނުގައިވާ ހޮހަޅައަށް ގެންދިޔަ.


އަދި މިސަބަބަށްޓަކައި އަހަރެން ހައްޔަރު ކުރުމުން މިތަނުގައި ތިބި ގިނަ މަސީޙީންނަށް އަލްމަސީޙާއި ބެހޭ ގޮތުން މީސްތަކުންނަށް ބިރެއްނެތި އަންގައި ދިނުމުގެ ހިތްވަރު އިތުރުވެއްޖެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ