Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 19:36 - ކިތާބުލް މުޤައްދަސާ

36 މި ކަންތައްތައް މިހެންވެ ދިޔައީ ވެސް ބާވައިލެއްވުނު ފޮތްތަކުގައި ލިޔެވިގެންވީ ބަސްފުޅު ފުރިހަމަވުމުގެ ގޮތުންނެވެ. އެހެނީ ލިޔެވިގެންވީ މިފަދައިންނެވެ: ”⁠އެކަލޭގެފާނުގެ ހަށިކޮޅުގެ އެންމެ ކައްޓެއް ވެސް ނުބިނދޭނެއެވެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 19:36
10 ပူးပေါင်းရင်းမြစ်များ  

ފަހަނަޅައި ދިއުމުގެ މުނާސަބާގައި ކަތިލެވޭ ކޮންމެ ކަންބަޅިއެއް ކާން ޖެހޭނީ އެގެއެއްގެ ގޭބިސީގައި ހިމެނޭ ބައެއް. އެކަންބަޅީގެ މަސް ގެއިން ބޭރަށް ގެންގޮސްގެން ނުވާނެ. އަދި އޭގެ ކައްޓެއް ވެސް ބިންދައިގެން ނުވާނެ.


މި ހުރިހާކަމެއް ހިނގައި ނިމިދާހުށީ ނަބީބޭކަލަކު މެދުވެރި ކުރައްވާ މާތްރަސްކަލާނގެ ވަޙީކުރައްވާފައިވާ ގޮތުގައެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ. ”⁠ނިކަން ބައްލަވާ! ބިކުރުވެރި ކަނބުލޭގެއަކު އާލާސްވެ އިންނަވާ ފިރިހެން ދަރިކަލަކާއިގެން ރައްކައުވެ ވަޑައިގަންނަވާ ހުއްޓެވެ. އެ ދަރިކަލުންގެ ނަންފުޅަކަށް އެބައިމީހުން ދޭނީ ޢިންމާނޫޢީލް އެވެ.⁠“ (އެނަމުގެ މާނައަކީ ”⁠މާތްކަލާނގެ އަހަރެމެންނާއެކު ވޮޑިގެންވޭ⁠“ މިހެންނެވެ.)


”⁠އަހަރެން މި ބަސްތައް މިބުނަނީ ކަލޭމެން އެންމެންނާ ބެހޭގޮތަކުންނެއް ނޫން. ކަލޭމެން އެންމެންނަކީ ވެސް ހަމަ އަހަރެން އަމިއްލައަށް ހޮވި މީހުން. އަހަރެން ކަލޭމެން ރަނގަޅަށް ދަންނަން. ނަމަވެސް ބާވައިލެއްވިގެންވީ ފޮތުގައިވާ ފަދައިން ކަންތައް ވާނެ. އެއީ ލިޔެވިގެންވޭ. ’⁠އަހަރެންނާއި އެކުގައި ކާން އިން މީހާ އަހަރެންނާއި އިދިކޮޅު ވެއްޖެއޭ.⁠‘ އެލިޔެވިގެންވީ ފަދައިން ކަންތައް ވެ ނިމޭނެ.


އެހެން ކަމުން އެމީހުން ބުންޏެވެ. ”⁠މިފަދަ އެއްޗެއް އިރާލައިގެން ބަހާނެ ކަމެއް ނެތް. މި ލިބެނީ ކާކަށްތޯ ބަލަން އޭގެ މައްޗަށް ގުރުއަތުލާން ހިނގާ.⁠“ މިހެން ކަންތައް ވުމުގެ ސަބަބުން ބާވައިލެއްވުނު ފޮތުގައި ޣައިބުގައި ލިޔެވިގެންވީ ބަސްފުޅުތައް ތެދަކަށް ވިއެވެ. އެހެނީ މިފަދައިން ލިޔެވިގެންވެއެވެ. ”⁠އަހަރެންގެ އަންނައުނު އެމީހުން އެކަކު އަނެކަކަށް ބަހާލިއެވެ. އަދި އަހަރެންގެ ގައިގައި ވީ ރިދާކޮޅު ލިބޭނެ މީހަކު ބެލުމަށް އެމީހުން ގުރުއަތުލިއެވެ.⁠“ އެމީހުން އެފަދައިން ކަންތައްކުރި އިރު،


އީސާގެފާނަށް އެކަލޭގެފާނު ކުރައްވަންވީ ހުރިހާކަމެއް ކުރައްވައި ނިމިއްޖެކަން އެނގިވަޑައިގެންނެވިއެވެ. ފަތްފުށްތަކުގައި ލިޔެވިގެންވީ ޣައިބުގެ ބަސްފުޅު ތެދަކަށް ވުމަށްޓަކައި އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން ފެންބޮވައިގެންފި!⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ