Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 19:35 - ކިތާބުލް މުޤައްދަސާ

35 މި ބަޔާން މިދެނީ އެތަން ލޮލުންދެކެ އަތުންހިފި މީހަކީމެވެ. މިއީ ތެދުބަޔާނެކެވެ. މިބަޔާން މިދެނީ އެކަމުގެ ސަބަބުން ކަލޭމެންނަށް ވެސް މި ކަންތައްތައް އެނގި އެކަން ގަބޫލު ކުރުމަށް އެހީވުމަށްޓަކައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 19:35
15 ပူးပေါင်းရင်းမြစ်များ  

އަހަރެން އެތާނގައި އޭނާގެ ކައިރީގައި ނުވިކަން އެއީ ކަލޭމެންނަށް ރަނގަޅަކަށް ވީކަމެއް. އެކަމާ އަހަރެން އުފާކުރަން. އެއީ މިކަމުގެ ސަބަބުން ވެސް ކަލޭމެންގެ އީމާންކަން އިތުރު ވާނެތީ. ލާޒަރުގެ ގާތަށް ދަމާހިނގާ.⁠“


ބައްޕާފުޅު އަޅުގަނޑުގެ އަޑު އަބަދުވެސް އައްސަވާކަން އަޅުގަނޑަށް އެނގޭ. ނަމަވެސް އަޅުގަނޑު މިހެން އެންމެންނަށް އިވޭ ވަރަށް މިދަންނަވަނީ މިތަނަށް އެއްވެފައި މިތިބި މީހުންނަށް، އެކަމުން އެމީހުންގެ ހިތަށް އީމާންކަން ވަނުމުގެ މަގު ފަހި ކޮށް ދިނުމަށް.⁠“


މި ކަންތައްތައް ވުމުގެ ކުރިން އަހަރެން ކަލޭމެންނަށް މި ކަންތައްތައް މިއަންގައިދިނީ އޭރުން އެ ކަންތައް އެފަދައިން ހިނގާ ވަގުތު ކަލޭމެން އަހަރެން ގަބޫލު ކޮށް އީމާން ވުމަށް އެހީވެދިނުމަށްޓަކާ.


އަދި ކަލޭމެން ވެސް އަހަރެންނާ ބެހޭގޮތުން ކަންތައް ހިނގިގޮތާމެދު ހެކިދޭން ޖެހޭނެ. އެއީ ފެށުނީއްސުރެވެސް އަހަރެން ކުރިކަންތައް ކަލޭމެންނަށް ފެނިފައިވާނެތީ.⁠“


އެ ހިނދު އީސާގެފާނަށް އެކަލޭގެފާނުގެ މަންމާފުޅާއި އެކަލޭގެފާނު ލޯބިފުޅުވާ އަސްޙާބީ އެތާނގައި ތިއްބެވިތަން ފެނުމުން މަރިޔަމްގެފާނަށް ވިދާޅުވިއެވެ. ”⁠މާތް އަންހެނާ! ތިހިރީކަމަނާގެ ދަރިފުޅު.⁠“


ނަމަވެސް މިފޮތުގައި ލިޔެވިގެން މިވާ ކަންތައްތައް ލިޔެވިފައި އެވަނީ އެކަމުގެ ސަބަބުން ކަލޭމެން ވެސް އީސާގެފާނަކީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި ފަރާތްކަން ގަބޫލު ކުރާނެ ގޮތް ވުމަށެވެ. އަދި އަލްމަސީޙު އަކީ މާތްރަސްކަލާނގެ ދަރިކަލުންކަން ގަބޫލު ކުރުމަށް ވެސް އެހީވުމަށްޓަކައެވެ. އެއީ އެކަލޭގެފާނު ގަބޫލު ކޮށް އީމާންވުމުގެ ސަބަބުން ކަލޭމެންނަށް ވެސް އާ ދިރިހުރުމެއް ލިބޭނެތީއެވެ.


މިވާހަކަތަކަށް ހެކިދެއްވީ މި ވާހަކަތައް ލިޔުއްވި އަސްޙާބީވެސް މެއެވެ. އޭނާ ދައްކާފައި ހުރި ވާހަކަތަކީ ތެދެއްކަން އަހަރެމެންނަށް ޔަޤީނެވެ.


އަހަރެމެންނަކީ އެކަލޭގެފާނު ގެ މަންދޫބުންނޭ. އެކަލޭގެފާނު ޖުދެއާ އާއި ޖެރޫސަލަމުގައި ކުރައްވަމުން ގެންދެވި ހުރިހާ ކަމެއް ލޮލުން ދެކުނު ހެކިންނޭ. މީހުން އެކަލޭގެފާނު ސަލީބެއްގައި ބަނދެ އެއަށް ނަގާ މަރާލި ތަން ވެސް އަހަރެމެން ދުށިން.


އެގޮތުން ގޮވާލެއްވުނު މަސީޙީ ޖަމާޢަތުގައިވާ ބޮޑުންނަށް ހިތްވަރު ދިނުމުގެ ގޮތުން ބަހެއް ބުނެލުމަށް މި ހިނދު އަހަރެން ބޭނުމެވެ. އަހަރެންނަކީ ވެސް މަސީޙީ ޖަމާޢަތުގެ ބޮޑެއްމެއެވެ. އަދި އަލްމަސީޙު ތަޙައްމަލު ކުރެއްވި ވޭންތަކަކީ އަހަރެންގެ ލޮލުން ދުށް ކަންތައްތަކެވެ. މީގެ އިތުރުން އެކަލޭގެފާނުގެ އެނބުރި ވަޑައިގަތުމުން އެކަލޭގެފާނުގެ ނޫރުފުޅާއި މަތިވެރިކަން އަހަރެންނަށް ވެސް ޙިއްސާ ކުރެވޭނެއެވެ. ޖަމާޢަތުގެ ބޮޑެއްގެ ޙައިސިއްޔަތުން ތިޔަބައިމީހުންނަށްޓަކައި އަހަރެންގެ އިލްތިމާސް އަކީ މިއީއެވެ.


އަހަރެން މި ސިޓީ ތިޔަބައިމީހުންނަށް މި ލިޔަނީ ތިޔަ ބައިމީހުންނަށް ނިމުންނުވާ ޙަޔާތް ލިބިފައިވާކަން އެނގޭނެ ހެން ވުމަށެވެ. އެއީ ތިޔަބައިމީހުން މާތްކަލާނގެ ދަރިކަލުން ގަބޫލު ކުރުމުންނެވެ.


ދީމީތްރިޔޫސް އާއި ބެހޭގޮތުން އެންމެން ވެސް ބުނަނީ އޭނާގެ ރަނގަޅު ވާހަކައެވެ. އަދި އޭނާގެ އަމަލުތަކުން އެމީހުން އެބުނި ބަހަކީ ހަގީގަތެއްކަން ދައްކައިދެއެވެ. އަހަރެމެން ވެސް އޭނާ ރަނގަޅޭ ބުނަމެވެ. އަދި އަހަރެމެން ބުނާ މި ބަހުގެ ތެދުކަން ތިބާ ވެސް ރަނގަޅަށް ދަންނާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ