ޔޫޙަންނާ 19:31 - ކިތާބުލް މުޤައްދަސާ31 އެދުވަހުގެ އިރުއޮއްސުމާއެކު ޚާއްސަ ސަބަތުގެ ދުވަސް ފެށޭނެތީ ސަލީބަށް އެރުވިފައި ތިބި މީހުން އިރު އޮއްސެންދެން ސަލީބުގައި ބައިތިއްބާކަށް ބަނީއިސްރާއީލުގެ ވެރިން ބޭނުމެއް ނުވިއެވެ. އެހެން ކަމުން އެމީހުން ޕިލާތުސްގެ ކިބައިން އެދުނީ ސަލީބަށް އެރުވިފައިތިބި މީހުން މަރުވުން އަވަސް ކުރުމަށް އެމީހުންގެ ފައިތައް ބިންދާލުމަށެވެ. အခန်းကိုကြည့်ပါ။ |
އެދުވަހަކީ މާތްވެގެންވާ ސަބަތުގެ ދުވަހަށް ބަނީއިސްރާއީލު މީހުން ތައްޔާރުވާ ދުވަހެވެ. އަދި އިރު އޮއްސުމާއި ގާތްވެފައި ވަނިކޮށް އަރިމާތެއާގެ ރައްޔިތެއް ކަމުގައިވާ ޔޫސުފު ޖެހިލުމެއްނެތި ޕިލާތުސްގެ ކައިރިއަށް ގޮސް އީސާގެފާނު ފަސްދާނު ލެއްވުމަށްޓަކާ އެކަލޭގެފާނުގެ ހަށިކޮޅު ދިނުމަށް އެދުނެވެ. މި ޔޫސުފަކީ ބަނީ އިސްރާއީލުގެ ދީނީ ކޯޓުގައި ޤަދަރުވެރި މީހަކަށް ވެފައި އޭނާއަކީ މާތްރަސްކަލާނގެ ރަސްކަންފުޅު އަންނަ ވަގުތެއްގެ އިންތިޒާރީގައި ހުރި މީހެއްމެއެވެ.