Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 19:3 - ކިތާބުލް މުޤައްދަސާ

3 ދެން އެމީހުން އައިސް ބުންޏެވެ. ”⁠ބަނީއިސްރާއީލުންގެ ރަސްގެފާނަށް މަރުހަބާ!⁠“ މިހެން ބުނެފައި ގޮސް އެމީހުން އެކަލޭގެފާނުގެ މޫނުފުޅު މަތީގައި ތަޅައިގަތެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 19:3
7 ပူးပေါင်းရင်းမြစ်များ  

ޔުދާސް ސީދާ ހިނގާފައި އީސާގެފާނާއި ދިމާލަށް އައިސް ދެންނެވިއެވެ. ”⁠ސަލާމު! އެދުރުކަލޭގެފާނު!⁠“ އޭނާ މިފަދައިން ބުނެ އެކަލޭގެފާނަށް ބޮސް ދެއްވިއެވެ.


އަދި ކަށިފަޅާފައި ހުރި އޮފިގަނޑަކުން ތާޖެއް ހަދައި އެކަލޭގެފާނުގެ އިސްތަށިފުޅުގައި އަޅުއްވައި ކަނައަތްޕުޅަށް ދިގު ދަނޑި ބުރިއެއް ދެއްވާފައި ބެހެއްޓެވިއެވެ. ދެން އެބައިމީހުން އެކަލޭގެފާނަށް މަލާމާތުގެ ގޮތުން ކުރުނީސްކޮށް ގޮވަމުން ގެންދިޔައެވެ. ”⁠ބަނީއިސްރާއީލުންގެ ރަސްގެފާނު! މަރުޙަބާ!⁠“


އެއަށް ފަހު އެބައިމީހުން ގޮވަމުން ގެންދިޔައެވެ. ”⁠ޒިންދާބާދު، ބަނީއިސްރާއީލުގެ ރަސްގެފާނު!⁠“


މި މަލާއިކަތާ މަރިޔަމްގެފާނުގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ. ”⁠މަރިޔަމްގެފާނު. މާތްރަސްކަލާނގެ ކަނބުލޭގެފާނަށް ވަރަށް މަތިވެރި ޝަރަފެއް ދެއްވައިފި. މަތިވެރި ރަސްކަލާނގެ ވޮޑިގެން ވަނީ ކަނބުލޭގެފާނާއި އެކުގަ. އެކަލާނގެ ކަނބުލޭގެފާނަށް އެހީތެރިވެ ވޮޑިގެން ވާނެ.⁠“


އީސާގެފާނު މިހެން ވިދާޅުވުމާއި އެކު ބައިތުލް މަޤްދިސްގެ ސިފައިންގެ މީހަކު އީސާގެފާނުގެ މޫނުފުޅު މަތީގައި ޖެހިއެވެ. އަދި ބުންޏެވެ. ”⁠އުއްތަމަ އިމާމާއި ތިޔަ ގޮތަށް ވާހަކަ ނުދައްކާ!⁠“


ދެން ޕިލާތުސް އެނބުރި އެތެރެއަށް ވަދެ އޭނާގެ ކުރިމައްޗަށް އީސާގެފާނު ހާޒިރުކުރުމަށް އެންގިއެވެ. ޕިލާތުސް އީސާގެފާނު ކުރެން ސުވާލު ކުރިއެވެ. ”⁠ކަލޭ ތިޔައީ ބަނީއިސްރާއީލު މީހުންގެ ރަސްގެފާނުތަ؟⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ