Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 19:29 - ކިތާބުލް މުޤައްދަސާ

29 އޭރު ހުތް މޭބިސްކަދުރު ދިޔަ ޖަގެއް އެތާނގައި ހުއްޓެވެ. އެމީހުން އެ ޖަގަށް މޫދު އިސްޕަންޖުގަނޑެއް ލައި ތެއްމާލުމަށް ފަހު ޒޫފާ ދަނޑިއެއްގެ ކޮޅުގައި ލާފައި އީސާގެފާނުގެ ތުންފަތްޕުޅުގައި ޖެއްސިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 19:29
9 ပူးပေါင်းရင်းမြစ်များ  

އޭގެ ލޭ ދޮލަނގަކަށް ހުސްކުރޭ. ދެން ޒޫފާ ގަހުގެ ގޮފިކޮޅަކުން ބުރުހެއް ހަދައި ދޮރުކަނީގެ ދެ އަރިމަތީގަޔާއި މަތީ ކަނީގައި އެ ލޭ ހާކާ. އިރު އެރުމުގެ ކުރީގައި އެކަކު ވެސް އެ ދޮރުން ނުކެމެގެން ގޮސްގެން ނުވާނެ.


އަދި ވަރަށް ހިތި އެއްޗަކާއި މޭބިސްކަދުރު ދިޔަ އާއި އެއްކޮށްފައި އެކަލޭގެފާނަށް ބޯން ދެއްވަން އުޅުނެވެ. ނަމަވެސް އެކަލޭގެފާނު އޭގެ ރަހަ ބެއްލެވުމަށް ފަހު އެ ބުއިމަށް އިންކާރު ކުރެއްވިއެވެ.


އެ ހިނދު އެތަނުން މީހަކު ދުވެފައި ގޮސް ހުތް މޭބިސްކަދުރު ދިޔައިން އިސްޕަންޖުގަނޑެއް ތެތްމައިގެން ދަނޑިއެއްގެ ކުރީގައި ލައިގެން އައިސް އެކަލޭގެފާނަށް ބޯން ދޭން އުޅުނެވެ.


އެއަށް ފަހު އީސާގެފާނު ދެވަނަ ފަހަރު ވަރަށް ބާރަށް ހަޅޭއްފުޅުލައްވައިގެންފައި ފުރާނަފުޅު ދޫކޮށްލެއްވިއެވެ.


އެތަނުން އެކަކު ދުވެފައިގޮސް ހުތް މޭބިސްކަދުރު ދިޔައިން އިސްޕަންޖު ގަނޑެއް ތެންމައިގެން އައިސް ދަނޑިއެއްގެ ކޮޅުގައި ހަރުކުރުމަށް ފަހު އީސާގެފާނުގެ ތުންފަތްޕުޅުގައި ޖައްސަވާ ބުންޏެވެ. ”⁠މަޑުކުރޭ! އިލްޔާސްގެފާނު ވަޑައިގަންނަވާ އޭނާ ސަލީބުން ތިރިކުރާތަން ބަލަން އަހަރެމެން ތިބެންވާނެ!⁠“


ސިފައިންގެ މީހުން ވެސް އީސާގެފާނުގެ އަރިހަށް ގޮސް އެކަލޭގެފާނަށް މަލާމާތް ކުރިއެވެ. އަދި އެކަލޭގެފާނު ހިތްޕަވާތޯ ބަލަން ހުތް މޭބިސްކަދުރު ދިޔަ ދީފައި


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ