Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 19:27 - ކިތާބުލް މުޤައްދަސާ

27 ދެން އެ އަސްޙާބީއަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ތިހިރީ ކަލޭގެ މަންމަ.⁠“ ދެން އެދުވަހުން ފެށިގެން އެ އަސްޙާބީ މަރިޔަމްގެފާނު އޭނާގެ ގެއަށް ގެންގޮސް ބެލެހެއްޓިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 19:27
11 ပူးပေါင်းရင်းမြစ်များ  

އަހަރެން މިރަށަށް ފޮނުވީ ތިޔަބައިމީހުންނެއް ނޫން. އެއީ މާތްކަލާނގެ. މިޞްރުގެ ރަސްގެފާނުގެ އެންމެ މަތީ އޮފިސަރު ކަމުގައި މާތްކަލާނގެ ވަނީ އަހަރެން ހަމަޖައްސަވާފަ. އެ ރަސްގެފާނުގެ ގަނޑުވަރުގެ އެންމެހާ ކަމެއް އަހަރެންނާއި ވަނީ ހަވާލު ކުރެވިފަ. އަދި މުޅި މިޞްރުގެ މައްޗަށް ވެރިކަން ހިންގުމުގެ ބާރު އެކަލާނގެ އަހަރެންނަށް ދެއްވި.


ހަމައެހެންމެ، ޔޫސުފުގެފާނު އެކަލޭގެފާނުގެ ބަފައިކަލުންނާއި އަދި އެކަލޭގެފާނުގެ އަޚުންނަށާއި އަދި އެބައިމީހުންނާއި އެކުގައި ވީ ހުރިހާ އެންމެންނަށް ބޭނުންވާނޭ ކާބޯތަކެތި ވެސް ދެއްވިއެވެ.


ރަސްގެފާނު ޖަވާބުގައި ވިދާޅުވާނެ. ’⁠އަހަރެން މިބުނަނީ ތެދެއް. މީސްތަކުންގެ ތެރޭން އަހަރެންނަށް އިމާންވާ އެންމެ ދެރަ މީހާއާ މެދު އެފަދަ ކަމެއް ކުރިޔަސް އެކަމެއް އެކޮށްދެވުނީ އަހަރެންނަށް.⁠‘


އެކަލޭގެފާނުގެ ވަށައިގެން އިށީނދެ ތިބި އެންމެހާ މީސްތަކުންނާއި ދިމާލަށް ބައްލަވާލައްވާ ވިދާޅުވިއެވެ. ”⁠ބަލާބަލަ! މިތަނުގައި މިތިބީ އަހަރެންގެ މަންމަ އާއި ކޮއްކޮމެން!


ޕަތަރަސް އީސާގެފާނަށް ދެންނެވިއެވެ. ”⁠އަޅުގަނޑުމެން ކަލޭގެފާނާއިއެކު ދިއުމަށްޓަކައި އަޅުގަނޑުމެންގެ އަތުގައި ވާ ހުރިހާ އެއްޗެއް ދޫކޮށްލީން.⁠“


އެކަލޭގެފާނުގެ އަމިއްލަފުޅު ޤައުމަށް އެކަލޭގެފާނު ވަޑައިގެންނެވިއެވެ. ނަމަވެސް ޚުދު އެކަލޭގެފާނުގެ މީސްތަކުން ވެސް އެކަލޭގެފާނަކަށް މަރުޙަބާއެއް ނުކިއެވެ.


ނަމަވެސް އެފަދަ ވަގުތެއް އެބައާދޭ، އެވަގުތު މިހާރު ވެސް މި ވަނީ އައިސްފައި. އެއީ ކަލޭމެން އެންމެން އަހަރެން އެކަނިކޮށްލާފައި އެކި ތަންތަނަށް ވިއްސިވިހާލިވެ އެމީހެއްގެ ގެޔަށް އެމީހަކު ހިނގައިދާނެ. އޭރަކުން ވެސް އަހަރެން އެކަންޏެއް ނުވާނެ. އެހެނީ ބައްޕާފުޅު ވަނީ އަހަންނާ އެކުގައި.


އަދި އެންމެންނާ ސަލާންކޮށް އަލްވަދާޢު ކިޔުމަށް ފަހު، އަހަރެމެން އައި އޮޑިއަށް އެރުމަށް ދިޔައިމެވެ. ދެން އެ އެންމެން އެމީހުންގެ ގޭގެއަށް ދިޔައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ