Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 19:20 - ކިތާބުލް މުޤައްދަސާ

20 ވަރަށްގިނަ ބަޔަކު އެލިޔުން ކިޔެވެ. އެއީ އީސާގެފާނު ސަލީބަށް އެރުވިފައިވާ ތަނަކީ ރަށާ ދުރު ނޫން ހިސާބަކަށްވެފައި، އެ ލިޔުން ޢިބްރާނީ ބަހުންނާއި ގުރީކު ބަހުންނާއި ލެޓިނުން ލިޔެފައި ހުރީ ތީއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 19:20
11 ပူးပေါင်းရင်းမြစ်များ  

އެކަލޭގެފާނުގެ ބޯފުޅާ ދިމާލު މަތީގައި ތުހުމަތުގެ ލިޔުމެއް ހަރު ކޮށްފައި ހުއްޓެވެ. އޭގައި ލިޔެވިފައި ވިއެވެ: ”⁠މިއީ ބަނީއިސްރާއީލުގެ ރަސްގެފާނެވެ.⁠“


އެމީހުން މިހެން ބުނުމުން ޕިލާތުސް އަނެއްކާވެސް އީސާގެފާނު އެމީހުންގެ ކުރިމައްޗަށް ނެރުމަށް ފަހު ފަނޑިޔާރުގެ ގޮނޑީގައި އިށީނދެ ވަޑައިގަތެވެ. މި ޝަރީއަތް ކުރެވުނީ ހިލައިގެ ތަޅުންގަނޑުގެ ނަމުން ނަންދެވިފައިވާ ތަނުގައެވެ. މި ތަނަށް ޢިބްރާނީ ބަހުން ކިޔެނީ ”⁠ގައްބާތަ⁠“ އެވެ.


އަދި އެދުވަހަކީ ސަބަތުގެ ދުވަހަށް ކަންތައް ތައްޔާރު ކުރެވޭ ދުވަސްކަމަށް ވާތީއާއި އަދި މިތަން ވަނީ މާދުރު ނޫން ހިސާބެއްގައި ކަމުން އެމީހުން އީސާގެފާނުގެ ހަށިކޮޅު އެ ހޮހަޅައިގައި ވެޑުވިއެވެ.


ޖެރޫސަލަމުގައި ޢިބްރާނީ ބަހުން ބެތުޒާތަ އޭ ކިޔާ ވެވެއް އޮވެއެވެ. މި ވެވުގައި ފަސް ފެންޑާ ހުރެއެވެ. މި ވެޔޮ އޮންނަނީ ކަންބަޅި ދޮރޯށްޓާއި ކައިރީގައެވެ.


ސިފައިން ޕައުލް ގެންގޮސް ސިފައިންގެ ކޮއްޓަށް ވައްދަނިކޮށް ޕައުލް ސިފައިންގެ ކޮމާންޑަރަށް ބުންޏެވެ. ”⁠އަޅުގަނޑު ތިޔަބޭފުޅާއަށް ބަހެއް ބުނުމުގެ ހުއްދަ އެބައޮތް ތޯ؟⁠“ ސިފައިންގެ ކޮމާންޑަރު ބުންޏެވެ. ”⁠ކަލެއަށް ގުރީކު ބަސް އެނގޭ ތަ؟⁠“


ދެން ސިފައިންގެ ކޮމާންޑަރު ހުއްދަދެއްވުމުން އެ އިމާރާތަށް އަރަން ހުރި ބޮޑު ސިޑިބަރީގެ މަތީގައި ހުރެ ޕައުލް މީސްތަކުންނަށް އަތުން އިޝާރާތް ކޮށް އަޑުމަޑުކޮށް މައިތިރިވުމަށް އެދުނެވެ. އެމީހުން މައިތިރިވުމުން ޕައުލް އެމީހުންގެ އަމިއްލަ ބަސް ކަމުގައިވާ ޢިބްރާނީ ބަހުން އެމީހުންނާ މުޚާޠަބުކޮށް މި ފަދައިން ވާހަކަދެއްކިއެވެ.


ބަނީއިސްރާއީލު މީހުންނަށް ޕައުލް އެމީހުންގެ އަމިއްލަ ބަހުން ވާހަކަދައްކާ އަޑު އިވުމުން އަދި އިހަށް ވުރެ ވެސް މައިތިރިވެ އަޑުމަޑުވެގެން ދިޔައެވެ.


ވަގުތުން އަޅުގަނޑުމެން އެންމެން ބިންމައްޗަށް ވެއްޓުނު. ދެން ބަނީއިސްރާއީލު މީހުންގެ ބަސް ކަމުގައިވާ ޢިބްރާނީ ބަހުން މި ފަދައިން ބުނެވުނު އަޑު އަޅުގަނޑު އެހީން. ’⁠ޝާއުލް، ޝާއުލް! ކަލޭ ތިމަންކަލޭގެފާނަށް އަނިޔާ ތިޔަ ދެނީ ކީއްވެ؟ ތިމަންކަލޭގެފާނާއި ދެކޮޅަށް ތިޔަ ކުރާ ހުރިހާ ކަމަކުން ދެރަޔާ ހިތާމަ ތިލިބެނީ ހަމަ ކަލެއަށް.⁠‘


އީސާގެފާނު ސަލީބަށް އެރުވި އަވަހާރަވީ ރަށްބޭރު ދޮރާށިން ބޭރުގައެވެ. އެއީ އެކަލޭގެފާނުގެ ހަށިކޮޅުގެ ލޭފޮދުން އެކަލޭގެފާނުގެ މީހުންގެ ފާފައިން ތާހިރު ކުރެއްވުމަށެވެ.


އެއަށް ފަހު، ނުބައިރޫޙުތައް ރަސްރަސްކަލުން ގެނެސް ޢިބްރާނީ ބަހުން އާމަގެޑަން ކިޔާ ތަނަށް އެއްތަން ކުރިއެވެ.


އެތަކެތީގެ މައްޗަށް ވެރިކަން ހިންގާ ރަސްކަލަކު ވިއެވެ. އެ ރަސްގެފާނީ ފޫނެތް ފުން ވަޅުގަނޑުގެ އިސްވެރިއެއްގެ ގޮތުގައިވި މަލާއިކަތާ ވެސް މެއެވެ. ޢިބްރާނީ ބަހުން އެ މަލާއިކަތާގެ ނަމަކީ އަބައްދޫން އެވެ. ގުރީކު ބަހުން އަޕައްލިޔޯން އެވެ. މީގެ މާނައަކީ ”⁠ފަނާކުރާ މީހާ⁠“ އެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ