2 އެއަށް ފަހު ސިފައިން ކަށިވެޔޮގަނޑަކުން ތާޖެއް ހަދައި އެކަލޭގެފާނުގެ އިސްތަށިފުޅުގައި އަޅުވައިފިއެވެ. އަދި ރަސްކަލުން ތުރުކުރައްވާ ކަހަލަ ދަނބުކުލައިގެ ސާލެއް ވެސް އޮޅައިފިއެވެ.
ދެން ހެރޮދު އާއި އޭނާގެ ސިފައިން އީސާގެފާނަށް ނުބައި އެއްޗެތި ގޮވާ މަލާމާތް ކުރަން ފެށިއެވެ. މިބައިމީހުން އެކަލޭގެފާނަށް ޖެއްސުން ކުރުމުގެ ގޮތުން ރަސްކަލަކު ފަދައިން އެކަލޭގެފާނު ހެދުން އެޅުއްވުމަށް ފަހު އަނބުރާ ޕިލާތުސްގެ ގާތަށް ފޮނުވިއެވެ.
ދެން އީސާގެފާނު އެ ކަށީގެ ތާޖުއަޅުވައި ދަނބުކުލައިގެ ސާލު ލައްވައިގެން ބޭރަށް ނެރުނެވެ. އަދި ޕިލާތުސް ބުންޏެވެ. ”ކަލޭމެން ބަލާ! އޭނާ މިހިރީ!“