Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 19:19 - ކިތާބުލް މުޤައްދަސާ

19 އީސާގެފާނާއި މެދު ކުރެވުނު ދައުވާ ހާމަކޮށް ދިނުމުގެ ގޮތުން ސަލީބުގައި ބޯޑެއް ހަރުކޮށް އޭގައި ”⁠ނާޒަރަތުގެ އީސާ، ބަނީއިސްރާއީލުގެ ރަސްގެފާނު⁠“ މިހެން ލިޔުމަށް ޕިލާތުސް އެންގިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 19:19
14 ပူးပေါင်းရင်းမြစ်များ  

އެމީހުން ގޮސް ތިބީ ނާޒަރަތު ކިޔާ ސަހަރުގައެވެ. އެހެންކަމުން ނަބީބޭކަލުންނަށް މާތްރަސްކަލާނގެ އެންގެވި މިއެންގެވުން އެފަދައިން ހިނގަދިޔައެވެ. ”⁠އެކަލޭގެފާނަށް ނިސްބަތް ކުރެވޭނީ ނާޒަރަތުގެ މީހާ މިނަމުން.⁠“


ސަލީބުގައި އެކަލޭގެފާނުގެ އިސްތަށިފުޅާއި ދިމާލު މަތީގައި އެކަލޭގެފާނު ތުހުމަތު ކުރައްވައި ލިޔުމެއް ބެހެއްޓިފައިވިއެވެ. އެ ލިޔުމުގައި މި ޢިބާރާތް ވެއެވެ. ”⁠މިއީ އީސާ، ބަނީއިސްރާއީލުންގެ ރަސްގެފާނޭ.⁠“


އަދި އެކަލޭގެފާނުގެ ބޯފުޅާ ދިމާލު މަތީގައި އެކަލޭގެފާނަށް ތުހުމަތު ކުރައްވައި ލިޔުމެއް ބެހެއްޓިއެވެ. އެލިޔުމުގައި މިފަދައިން ލިޔެވިފައިވިއެވެ. ”⁠ބަނީއިސްރާއީލުގެ ރަސްގެފާނު.⁠“


”⁠ނާޒަރަތު ރަށުގެ އީސާ މިހެން ލައިގެން ދަނީއޭ.⁠“


އެކަލޭގެފާނުގެ ބޯފުޅާ ދިމާލު މަތީގައި ތުހުމަތުގެ ލިޔުމެއް ހަރު ކޮށްފައި ހުއްޓެވެ. އޭގައި ލިޔެވިފައި ވިއެވެ: ”⁠މިއީ ބަނީއިސްރާއީލުގެ ރަސްގެފާނެވެ.⁠“


ނަތާނިއެލް ކުއްލިއަކަށް ބުންޏެވެ. ”⁠އެދުރުކަލޭގެފާނު ކަލޭގެފާނު ތިޔައީ މާތްރަސްކަލާނގެ ދަރިކަލުން ބަނީއިސްރާއީލުގެ ރަސްގެފާނު.⁠“


ދެން ޕިލާތުސް އެނބުރި އެތެރެއަށް ވަދެ އޭނާގެ ކުރިމައްޗަށް އީސާގެފާނު ހާޒިރުކުރުމަށް އެންގިއެވެ. ޕިލާތުސް އީސާގެފާނު ކުރެން ސުވާލު ކުރިއެވެ. ”⁠ކަލޭ ތިޔައީ ބަނީއިސްރާއީލު މީހުންގެ ރަސްގެފާނުތަ؟⁠“


ދެން ޕިލާތުސް އީސާގެފާނު މިނިވަން ކުރެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް ބަނީއިސްރާއީލުގެ ވެރިން ބުންޏެވެ. ”⁠ތިޔަބޭފުޅާ މިމީހާ މިނިވަންކޮށްފިނަމަ ތިއީ ކައިސަރު ރަސްގެފާނަށް ހެޔޮއެދޭ މީހެއް ކަމަކަށް ނުވާނެ. އެހެނީ ރަސްކަލެއް ކަމުގައި ދައުވާ ކުރާ ކޮންމެ މީހަކީ ކައިސަރުގެ ދުޝްމިނެއް.⁠“


މިއީ ފަހަނަޅައި ދިއުމުގެ ޢީދުގެ ޚާއްސަ ކެއުން އޮންނަ ދުވަހުގެ ކުރީ ދުވަހެވެ. އޭރު އެދުވަހު މެންދުރު ވުމާއި ވަނީ ކައިރިވެފައެވެ. ދެން ޕިލާތުސް ބަނީއިސްރާއީލު މީހުންނަށް ބުންޏެވެ. ”⁠ނިކަން ދެކެބަލަ. މިހިރީ ކަލޭމެންގެ ރަސްގެފާނު!⁠“


ދެން ބޮޑު އިމާމުން ޕިލާތުސްއަށް ބުންޏެވެ. ”⁠އެ ބޯޑުގައި މިހާރު ލިޔެވިފައިވާ ’⁠ބަނީއިސްރާއީލުގެ ރަސްގެފާނުއޭ⁠‘ އެ ޢިބާރާތް ބަދަލުކޮށް ’⁠އޭނާ ބުނާ ގޮތުގައި ތިމަން މިއީ ބަނީއިސްރާއީލުގެ ރަސްގެފާނުއޭ⁠‘ މި ޢިބާރާތަށް ބަދަލުކުރޭ.⁠“


ދެން އެމީހުން އައިސް ބުންޏެވެ. ”⁠ބަނީއިސްރާއީލުންގެ ރަސްގެފާނަށް މަރުހަބާ!⁠“ މިހެން ބުނެފައި ގޮސް އެމީހުން އެކަލޭގެފާނުގެ މޫނުފުޅު މަތީގައި ތަޅައިގަތެވެ.


އަޅުގަނޑަކީ ވެސް ނާޒަރަތުގެ އީސާގެފާނު ގަބޫލު ކުރާ މީހުންނާއި އިދިކޮޅަށް ކުރެވެން އޮތިއްޔާ އޮތް ކަމެއް ކުރަން ޖެހޭނެ ކަމުގައި ދުށް މީހެއް.


ޕަތަރަސް އޭނާއަށް ބުންޏެވެ. ”⁠އަހަރެންގެ އަތުގައި ކަލެއަށް ދޭނެ އެއްވެސް ލާރިއެއް ނެތް. އެކަމަކު އަހަރެންނަށް ދެވެން އޮތް އެއްޗެއް ކަލެއަށް އަހަރެން ދީފާނަން. ނާޒަރަތުގެ އީސާ އަލްމަސީޙުގެ ނަންފުޅުގެ ބާރުގައި ތެދުވެ ހިނގާ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ