ޔޫޙަންނާ 19:17 - ކިތާބުލް މުޤައްދަސާ17 އެމީހުން އީސާގެފާނު އެރުވުމަށް ހެދި ސަލީބު ހިއްޕަވައިގެން ”ގޮލުގޮތާ“ ޢިބްރާނީ ބަހުން ބޮލުގެ ނާށިގަނޑުގެ މަޤާމޭ ކިޔުނު އުސްބިމަށް އީސާގެފާނު އަރައި ވަޑައިގެންނެވިއެވެ. အခန်းကိုကြည့်ပါ။ |
ދެން އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”އެއްވެސް މީހަކު އަހަރެންނަށް ތަބާވުމަށް ބޭނުން ނަމަ އޭނާގެ އަމިއްލަ އެދުންތަކުން އެއްކިބާވާން ޖެހޭނެ. އަދި އަހަރެން ފަދައިން އެމީހެއްގެ އަމިއްލަ ނަފްސު ދީ އަދި ސަލީބެއްގައި އޮވެ މަރުވާންޖެހުނު ކަމުގައި ވިޔަސް އެކަމަށް ވެސް ތައްޔާރުގައި ވާންޖެހޭނެ.
އެ ފިރިހެނާ އާއި ދިމާއަށް އީސާގެފާނު ފުން ލޯތްބާއެކު ބައްލަވާލައްވާ އެމީހާއަށް ވިދާޅުވިއެވެ. ”ތިބާ ކުރަންޖެހޭ އޮތީ ހަމައެކަނި އެންމެ ކަމެއް. ތިބާގެ މިލްކުގައިވާނަމަ ވާހައި މުދަލެއް ވިއްކާލާ. އަދި އެ ފައިސާ ފަގީރުންނަށް ހޭދަކުރޭ. އޭރުން ތިބާއަށްޓަކައި ސުވަރުގޭގެ މުއްސަނދިކަން ލިބިގެންވާނެ. އެއަށް ފަހު އަހަރެންނާއިއެކުގައި ވުމަށް އާދޭ.“
ދެން އީސާގެފާނު އެއްވެފައިވާ މީސްތަކުންނަށާއި އަސްޙާބީންނަށް އެކަލޭގެފާނުގެ ކައިރިއަށް އައުމަށް ވިދާޅުވުމަށް ފަހު ވިދާޅުވިއެވެ. ”ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކު ވެސް އަހަރެންނަށް ތަބާ ވުމަށް އެދޭނަމަ އެމީހެއްގެ އަމިއްލަ އެދުންތަކާ މެދު ވިސްނުމުގެ ބަދަލުގައި ފުރާނަ ދޫކޮށްލުމަށް ތައްޔާރުގައި ވާންޖެހޭނެ. އެއީ ސަލީބެއްގައި އޮވެ ނިމިދިއުން ކަމުގައި ވިޔަސްމެ.
ރޯމުގެ ސިފައިން އީސާގެފާނަށް މަރުގެ އަދަބު ދިނުމަށްޓަކައި ރަށް ބޭރަށް ގެންދިޔައެވެ. އެބައިމީހުން ދިޔަ މަގުމަތީ ޝަމްއޫނު އޭ ކިއުނު ޒައިރީން ރަށުގެ މީހަކާއި ދިމާވިއެވެ. މީނާ އެމަގުން ދަތުރު ކޮށް ދިޔައީ ޖެރޫސަލަމަށް ދިއުމަށްޓަކައެވެ. ބައެއް ސިފައިންގެ މީހުން އޭނާ ގަދަ ކަމުން ގެނެސް އީސާގެފާނުގެ ފަހަތްޕުޅުން ސަލީބު ހިފައިގެން ދިއުމަށް މަޖުބޫރު ކުރިއެވެ.
އެބައިމީހުން އީސާގެފާނާއި މި ދެކުށްވެރިންގެ މީހުން ”ބޮލުގެ ނާށިގަނޑުގެ މަޤާމޭ“ ނަމަކަށް ކިޔުނު ހުސް ބިމަށް ގެންދިޔައެވެ. އަދި އެތާނގައި މިބައިމީހުން އީސާގެފާނު ސަލީބަށް އެރުވިއެވެ. އަދި މި ދެކުށްވެރިން ވެސް އެކަކު އީސާގެފާނުގެ ކަނާއަތްޕުޅު ފަރާތުގައި އަދި އަނެކަކު އެކަލޭގެފާނުގެ ވައަތްޕުޅު ފަރާތުގައި ވާ ގޮތަށް ސަލީބަށް އެރުވިއެވެ.
ދެން އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”ކޮންމެ މީހަކު ވެސް އަހަރެން ދެއްކި މަގުން ހިނގަން ބޭނުން ނަމަ އެމީހާގެ އަމިއްލަ އެދުންތައް ދޫކޮށްލަން ޖެހޭނެ. އަހަރެން ދެއްކި މަގުން ހިނގަން ބޭނުން ނަމަ ކޮންމެ މީހަކުމެ އެމީހެއްގެ އަމިއްލަ ފުރާނަ ވެސް ދިނުމަށް ތައްޔާރުގައި ވާންޖެހޭނެ. އަދި އަހަރެން ފަދައިން ސަލީބެއްގައި އޮވެ މަރުވާން ޖެހުނު ކަމުގައި ވިޔަސް ކޮންމެ ދުވަހަކުމެ އެކަމަށް ތައްޔާރުގައި ވާންޖެހޭނެ.