ޔޫޙަންނާ 19:14 - ކިތާބުލް މުޤައްދަސާ14 މިއީ ފަހަނަޅައި ދިއުމުގެ ޢީދުގެ ޚާއްސަ ކެއުން އޮންނަ ދުވަހުގެ ކުރީ ދުވަހެވެ. އޭރު އެދުވަހު މެންދުރު ވުމާއި ވަނީ ކައިރިވެފައެވެ. ދެން ޕިލާތުސް ބަނީއިސްރާއީލު މީހުންނަށް ބުންޏެވެ. ”ނިކަން ދެކެބަލަ. މިހިރީ ކަލޭމެންގެ ރަސްގެފާނު!“ အခန်းကိုကြည့်ပါ။ |
އެދުވަހަކީ މާތްވެގެންވާ ސަބަތުގެ ދުވަހަށް ބަނީއިސްރާއީލު މީހުން ތައްޔާރުވާ ދުވަހެވެ. އަދި އިރު އޮއްސުމާއި ގާތްވެފައި ވަނިކޮށް އަރިމާތެއާގެ ރައްޔިތެއް ކަމުގައިވާ ޔޫސުފު ޖެހިލުމެއްނެތި ޕިލާތުސްގެ ކައިރިއަށް ގޮސް އީސާގެފާނު ފަސްދާނު ލެއްވުމަށްޓަކާ އެކަލޭގެފާނުގެ ހަށިކޮޅު ދިނުމަށް އެދުނެވެ. މި ޔޫސުފަކީ ބަނީ އިސްރާއީލުގެ ދީނީ ކޯޓުގައި ޤަދަރުވެރި މީހަކަށް ވެފައި އޭނާއަކީ މާތްރަސްކަލާނގެ ރަސްކަންފުޅު އަންނަ ވަގުތެއްގެ އިންތިޒާރީގައި ހުރި މީހެއްމެއެވެ.