Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 19:13 - ކިތާބުލް މުޤައްދަސާ

13 އެމީހުން މިހެން ބުނުމުން ޕިލާތުސް އަނެއްކާވެސް އީސާގެފާނު އެމީހުންގެ ކުރިމައްޗަށް ނެރުމަށް ފަހު ފަނޑިޔާރުގެ ގޮނޑީގައި އިށީނދެ ވަޑައިގަތެވެ. މި ޝަރީއަތް ކުރެވުނީ ހިލައިގެ ތަޅުންގަނޑުގެ ނަމުން ނަންދެވިފައިވާ ތަނުގައެވެ. މި ތަނަށް ޢިބްރާނީ ބަހުން ކިޔެނީ ”⁠ގައްބާތަ⁠“ އެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 19:13
16 ပူးပေါင်းရင်းမြစ်များ  

މީހުން ދެކެ ބިރުގަތުމަކީ ނުރައްކާތެރި ދަންތުރައެކެވެ. މާތްރަސްކަލާނގެ ކިބަފުޅަށް ވަކީލު ކުރުމުން އަމާން ކަން ލިބެއެވެ.


ޕިލާތުސް ނިޔާ އިއްވާ ގޮނޑީގައި އިށީނދެގެން އިން ހިނދު އޭނާގެ އަންހެނުން އޭނާއަށް ނޯޓެއް ފޮނުވިއެވެ. ”⁠އެ ކުށެއް ނެތް މަޢުސޫމް އިންސާނާ އާއި މެދު އެއްވެސް ކަމެއް ނުކޮށް ދޫކޮށްލާ. އެ އިންސާނާގެ ސަބަބުން އަހަރެންނަށް ވަނީ ރޭގައި ބިރުވެރި ހުވަފެނެއް ފެނިފައި.⁠“


ބިރުގަންނަންވީ މާތްރަސްކަލާނގެ ކިބަފުޅަށް. އެއީ އެކަލާނގެ ކިބަފުޅަށް ބާރުލިބިވޮޑިގެން ވަނީ ހަމައެކަނި ކަލޭމެންގެ ހަށިގަނޑު ނެތިކޮށްލުމެއް ނޫން. ކަލޭމެން މަރުވުމަށް ފަހު ކަލޭމެން ނަރަކައަށް ލުމުގެ ބާރުފުޅު ވެސް އެކަލާނގެ ކިބަފުޅަށް ލިބިވޮޑިގެން ވޭ. ހަމަކަށަވަރުން ވެސް ބިރުގަންނަންވީ ފަރާތަކީ ހަމައެކަނި އެކަލާނގެ.


އެމީހުން އީސާގެފާނު އެރުވުމަށް ހެދި ސަލީބު ހިއްޕަވައިގެން ”⁠ގޮލުގޮތާ⁠“ ޢިބްރާނީ ބަހުން ބޮލުގެ ނާށިގަނޑުގެ މަޤާމޭ ކިޔުނު އުސްބިމަށް އީސާގެފާނު އަރައި ވަޑައިގެންނެވިއެވެ.


ވަރަށްގިނަ ބަޔަކު އެލިޔުން ކިޔެވެ. އެއީ އީސާގެފާނު ސަލީބަށް އެރުވިފައިވާ ތަނަކީ ރަށާ ދުރު ނޫން ހިސާބަކަށްވެފައި، އެ ލިޔުން ޢިބްރާނީ ބަހުންނާއި ގުރީކު ބަހުންނާއި ލެޓިނުން ލިޔެފައި ހުރީ ތީއެވެ.


އެމީހުން މިހެން ބުނުމުން ޕިލާތުސް އަދި ވަކިން ބޮޑަށް ބިރުގަތެވެ.


ޖެރޫސަލަމުގައި ޢިބްރާނީ ބަހުން ބެތުޒާތަ އޭ ކިޔާ ވެވެއް އޮވެއެވެ. މި ވެވުގައި ފަސް ފެންޑާ ހުރެއެވެ. މި ވެޔޮ އޮންނަނީ ކަންބަޅި ދޮރޯށްޓާއި ކައިރީގައެވެ.


އެކަމަކު ޕަތަރަސްއާއި ޔޫޙަންނާ އެމީހުންނަށް ދެންނެވިއެވެ. ”⁠ތިޔަބޭފުޅުން ވިދާޅުވެ ބައްލަވާ. އަޅުގަނޑުމެން ކިޔަމަން ވާންވީ ތިޔަބޭފުޅުންނަށް ތޯ ނުވަތަ މާތްރަސްކަލާނގެ ރަސްކަންފުޅަށް ތޯ؟


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ