7 ދެން އަނެއްކާވެސް އީސާގެފާނު ވިދާޅުވިއެވެ. ”ކަލޭމެން ތިޔަ ހޯދަނީ ކާކު؟“ އެމީހުން ޖަވާބުގައި ބުންޏެވެ. ”އަހަރެމެން މިހޯދަނީ ނާޒަރަތުގެ އީސާ.“
އެމީހުން ގޮސް ތިބީ ނާޒަރަތު ކިޔާ ސަހަރުގައެވެ. އެހެންކަމުން ނަބީބޭކަލުންނަށް މާތްރަސްކަލާނގެ އެންގެވި މިއެންގެވުން އެފަދައިން ހިނގަދިޔައެވެ. ”އެކަލޭގެފާނަށް ނިސްބަތް ކުރެވޭނީ ނާޒަރަތުގެ މީހާ މިނަމުން.“
ވާން މިއުޅެނީ ކީއްކަން ރަނގަޅަށް އީސާގެފާނަށް އެނގިވަޑައިގެންވިއެވެ. ނަމަވެސް އެކަލޭގެފާނު ކުރިއަށް ޖެހިވަޑައިގެން ވިދާޅުވިއެވެ. ”ކަލޭމެން ތިޔަ ހޯދަނީ ކާކު؟“
އީސާގެފާނު ހަމަ އެހެން ވިދާޅުވުމާއި އެކު އެ އައި އެންމެން ސިއްސައިގެން ގޮސް އިދިފުށަށް ބިންމައްޗަށް ވެއްޓުނެވެ.
އީސާގެފާނު ވިދާޅުވިއެވެ. ”ކަލޭމެން ތިޔަ ހޯދާ މީހާއަކީ އަހަރެންނޭ އަހަރެން ބުނެފީމެންނު. ކަލޭމެން ތިޔަ ހޯދާ މީހަކީ އަހަރެން ނަމަ ދެން އެހެންމީހުން ދާން ދޫކޮށްލާ.“