Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 18:38 - ކިތާބުލް މުޤައްދަސާ

38 ދެން ޕިލާތުސް އީސާގެފާނަށް ބުންޏެވެ. ”⁠އެހެންވިއްޔާ ތެދަކީ ކޮބާ؟⁠“ ދެން ޕިލާތުސް ބޭރަށް ނުކުމެ އެތާނގެ ބޭރުގައި ތިބި މީސްތަކުންނަށް ބުންޏެވެ. ”⁠އަހަރެންނަށް މިމީހާގެ އެއްވެސް ކުށެއް ނުފެނުނު.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 18:38
14 ပူးပေါင်းရင်းမြစ်များ  

އަދި އެއްވެފައި ތިބި މީސްތަކުންގެ ރުޅިވެރިކަން މަރާމާރީއަށް ބަދަލުވަމުންދާތަން ޕިލާތުސްއަށް ފެނުނު ހިނދު މިކަމުގައި އޭނާއަށް އިތުރަށް ކުރެވޭނޭ އެއްވެސް ކަމެއް ނެތްކަން އެނގުނެވެ. ވީމާ އޭނާ ފެން އަޅާފައިވާ ބޮޑު ބޯތައްޓެއް ގެނެސް މީސްތަކުންގެ ކުރިމަތީގައި ބަހައްޓާފައި އޭނާގެ ދެ އަތް ދޮވެ، މިފަދައިން ބުންޏެވެ. ”⁠މި އިންސާނާގެ މަރާއިމެދު އަހަރެން ޒިންމާއެއް ނުވާނަން. މިކަމުގެ ޒިންމާ އުފުލަން ޖެހޭނީ ކަލޭމެން.⁠“


އެ ހިނދު ޕިލާތުސް ބުންޏެވެ. ”⁠އޭނާ ކުރީ ކޮން ކުށެއް؟⁠“ ހިނދެއް ހިނދަކަށް މީސްތަކުންގެ އަޑުގަދަވެ ގޮވަމުން ދިޔައެވެ. ”⁠އޭނާ ސަލީބަށް އަރުވާ!⁠“


ދެން ޕިލާތުސް ބޮޑު އިމާމުންނަށާއި އަދި އެތާނގައި ތިބި ހުރިހާ މީސްތަކުންނަށް ބުންޏެވެ. ”⁠އަހަރެންނަށް ފެންނަ ގޮތުގައި މީނާ ސަރުކާރުގެ ގަވާއިދާއި ޚިލާފް ވާ ކަހަލަ އެއްވެސް ކަމެއް ކޮށްފަ ނުވޭ.⁠“


ދެން ޕިލާތުސް އެނބުރި އެތެރެއަށް ވަދެ އޭނާގެ ކުރިމައްޗަށް އީސާގެފާނު ހާޒިރުކުރުމަށް އެންގިއެވެ. ޕިލާތުސް އީސާގެފާނު ކުރެން ސުވާލު ކުރިއެވެ. ”⁠ކަލޭ ތިޔައީ ބަނީއިސްރާއީލު މީހުންގެ ރަސްގެފާނުތަ؟⁠“


ދެން ޕިލާތުސް އަނެއްކާ ވެސް ބޭރަށް ނުކުމެ އެއްވެފައި ތިބި މީސްތަކުންނަށް ބުންޏެވެ. ”⁠އަހަރެން މިމީހާ ކަލޭމެންގެ ކުރިމައްޗަށް އެބަ ނެރެން. އެއީ އޭނާ ކޮށްފައިވާ އެއްވެސް ކުށެއް އަހަރެންނަށް ނުފެނުނުކަން ކަލޭމެންނަށް ހާމަކޮށްދޭން.⁠“


ބޮޑު އިމާމުންނަށާއި އަދި ބައިތުލް މަޤްދިސްގެ ސިފައިންނަށް އީސާގެފާނު ފެނުމުން އެމީހުން ހަޅޭއްލަވާ ގޮވަން ފެށިއެވެ. ”⁠އޭނާ ސަލީބަށް އަރުވާ! އޭނާ ސަލީބަށް އަރުވާ!⁠“ ދެން ޕިލާތުސް ބުންޏެވެ. ”⁠ކަލޭމެން އޭނާ ސަލީބަށް އަރުވާ! އަހަރެންނަކަށް އޭނާއަށް އަދަބެއް ދޭން ޖެހޭ އެއްވެސް ކަމެއް ނުފެނުނު!⁠“


ޕައުލް މަރުވެފައިވީ މީހަކު އަލުން ދިރުއްވުނު ވާހަކަ ބުނި އަޑު އެތާނގައި ތިބި މީހުންނަށް އިވުމުން އެތަނުން ބަޔަކު ހޭންފެށިއެވެ. ނަމަވެސް އަނެއްބަޔަކު ބުންޏެވެ. ”⁠ކަލޭގެ ވާހަކަތައް އަޑު އަހަން އަހަރެމެން އެދެމޭ. ވީމާ އެހެން ދުވަހަކު އަދި އަހަރެމެން ކަލެއާއި ބައްދަލު ކުރަން ބޭނުމޭ.⁠“


އެކަލާނގެ ބަދަލު ދެއްވީ ފާފަވެރިކަމެއް ނެތް ސާފު، އެކަލާނގެ ޅަކަންބަޅީގެ ލޭފޮދު ކަމުގައި ވީ އަލްމަސީޙުގެ މަތިވެރި ލޭ ފޮދުންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ