Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 18:36 - ކިތާބުލް މުޤައްދަސާ

36 ދެން އީސާގެފާނު ވިދާޅުވިއެވެ. ”⁠އަޅުގަނޑަކީ މި ދުނިޔޭގެ ރަސްކަލެއް ނޫން. އެހެން ކަންހުރިނަމަ ބަނީއިސްރާއީލުގެ ވެރިން އަޅުގަނޑު ހައްޔަރު ކުރުމުން އަޅުގަނޑުގެ މީސްތަކުން އެމީހުންނާއި ދެކޮޅަށް ހަނގުރާމަ ކުރީސް. ނަމަވެސް އަޅުގަނޑުގެ ރަސްކަމަކީ މި ދުނިޔޭގެ ރަސްކަމެއް ނޫން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 18:36
14 ပူးပေါင်းရင်းမြစ်များ  

އަހަރެންގެ ބައްޕާފުޅަށް އަހަރެން އެދި ދަންނަވައިފިނަމަ މަލާއިކަތުންގެ ބާރަ ލަޝްކަރު އަހަރެންނަށް ދެއްވާނެކަން ތިޔަބައިމީހުންނަށް ޔަޤީން ކުރެވޭނެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެންނަކީ ތިޔަދެކަލުންގެ ދެމެދުގައި އިންސާފު ކުރާ އަދި މުދާ ބަހާ ގާޒީ އެއް ކަމުގައި ޢައްޔަން ކުރީ ކާކު؟⁠“


ޕިލާތުސް ބުންޏެވެ. ”⁠އަހަރެން މިއީ ބަނީއިސްރާއީލު މީހެއް ނޫންކަން ކަލެއަށް ވެސް އެނގެއެންނު؟ ކަލޭގެ އަހަރެންގެ ކައިރިއަށް ގެނައީ ކަލޭގެ އަމިއްލަ މީހުންނާއި ބޮޑު އިމާމުން. ކަލޭ ކުރި ކަމެއް ބުނެބަލަ!⁠“


އެކަލޭގެފާނު ގަދަކަމުން އެމީހުންގެ ރަސްގެފާނު ކަމުގައި ހަދާނެ ކަން އީސާގެފާނަށް އެނގިވަޑައިގަތުމުން އެކަލޭގެފާނު އެތަނުން ވަޑައިގަތެވެ. އަދި ގިނިކަންޏާ ފަރުބަދަތަކު ތެރެއަށް އެނބުރި ވަޑައިގެންނެވިއެވެ.


ކަލޭމެން އަހަންނާމެދު ފާޑުކިޔަނީ އިންސާނީ ވިސްނުމަށް ބިނާކޮށް. އެކަމަކު އަހަރެން އެކަކާ މެދަކު ވެސް އެގޮތަކަށް ކަންތަކެއް ނުކުރާނަން.


އަހަރެން މާތްރަސްކަލާނގެ ޙަޟްރަތު ހެކިކޮށް ތިބާއަށް އަމުރު ކުރަމެވެ. އެކަލާނގެއީ ހުރިހާ ތަކެއްޗަކަށް ދިރުންދެއްވާ ކަލާނގެއެވެ. އަދި އީސާ އަލްމަސީޙުގެ ޙާޟިރުގައި ބުނަމެވެ. އެކަލޭގެފާނު ޕޮންތިޔުސް ޕިލާތުސްގެ ކުރިމަތީގައި އީމާންތެރިކަން ފުރިހަމައަށް ސާބިތު ކޮށްދެއްވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ