Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 18:35 - ކިތާބުލް މުޤައްދަސާ

35 ޕިލާތުސް ބުންޏެވެ. ”⁠އަހަރެން މިއީ ބަނީއިސްރާއީލު މީހެއް ނޫންކަން ކަލެއަށް ވެސް އެނގެއެންނު؟ ކަލޭގެ އަހަރެންގެ ކައިރިއަށް ގެނައީ ކަލޭގެ އަމިއްލަ މީހުންނާއި ބޮޑު އިމާމުން. ކަލޭ ކުރި ކަމެއް ބުނެބަލަ!⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 18:35
14 ပူးပေါင်းရင်းမြစ်များ  

ކައިފާސްގެ ގެއިން ރޯމުގެ ގަވަރުނަރުގެ ގަނޑުވަރަށް އީސާގެފާނު ގެންދެވުނީ ފަތިހުއެވެ. ނަމަވެސް އީސާގެފާނާއި މެދު ދައުވާ ކުރުމަށް އައި މީހުން އެތާނގެ ތެރެއަކަށް ނުވަދެއެވެ. އެއީ އެތަނަށް ވަނުމުން އެމީހުން ނަޖިސް ވާނެތީއެވެ. އަދި އެކަމުގެ ސަބަބުން އެމީހުންނަށް ފަހަނަޅައި ދިއުމުގެ ޢީދުގެ ކެއުން ވެސް ކެއުން މަކުރޫހަ ވާނެތީއެވެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠ތިޔަ ސުވާލަކީ އަމިއްލަފުޅަށް ކުރެއްވި ސުވާލެއްތޯ ނުވަތަ މީހަކު ދެންނެވި ސުވާލެއްތޯ؟⁠“


ދެން އީސާގެފާނު ވިދާޅުވިއެވެ. ”⁠އަޅުގަނޑަކީ މި ދުނިޔޭގެ ރަސްކަލެއް ނޫން. އެހެން ކަންހުރިނަމަ ބަނީއިސްރާއީލުގެ ވެރިން އަޅުގަނޑު ހައްޔަރު ކުރުމުން އަޅުގަނޑުގެ މީސްތަކުން އެމީހުންނާއި ދެކޮޅަށް ހަނގުރާމަ ކުރީސް. ނަމަވެސް އަޅުގަނޑުގެ ރަސްކަމަކީ މި ދުނިޔޭގެ ރަސްކަމެއް ނޫން.⁠“


އީސާގެފާނު ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ އެފަދައިން ހިންމަވައި އެ ބާރު ތިބޭފުޅާއަށް ނުދެއްވި ނަމަ، ތިބޭފުޅާއަކަށް އަޅުގަނޑާ މެދަކު އެއްވެސް ކަމެއް ނުކުރެއްވުނީސް. އެހެންކަމުން އަޅުގަނޑު ތިބޭފުޅާގެ އަރިހަށް ގެނައި މީހާގެ ފާފަ، ތިބޭފުޅާގެ ފާފައަށް ވުރެން މާ ބޮޑު.⁠“


ބޮޑު އިމާމުންނަށާއި އަދި ބައިތުލް މަޤްދިސްގެ ސިފައިންނަށް އީސާގެފާނު ފެނުމުން އެމީހުން ހަޅޭއްލަވާ ގޮވަން ފެށިއެވެ. ”⁠އޭނާ ސަލީބަށް އަރުވާ! އޭނާ ސަލީބަށް އަރުވާ!⁠“ ދެން ޕިލާތުސް ބުންޏެވެ. ”⁠ކަލޭމެން އޭނާ ސަލީބަށް އަރުވާ! އަހަރެންނަކަށް އޭނާއަށް އަދަބެއް ދޭން ޖެހޭ އެއްވެސް ކަމެއް ނުފެނުނު!⁠“


”⁠އެހެންވީއިރު ދެން ކަލެއަކީ މީގެ ދުވަސްކޮޅެއް ކުރިން ބަޣާވަތެއް އުފައްދާ ހަތަރުހާސް ބާޣީން ހަނަފަސް ހިކިސަހަރާގެ ބިމަށް ގެންދިޔަ މިޞްރުގެ މީހާއެއް ނޫންތަ؟⁠“


އެމީހުންގެ ވާހަކަތަކުން އަޅުގަނޑަށް އޮޅުން ފިލީ ޕައުލް ކޮށްގެން އުޅޭ ކުށަކީ އެމީހުންގެ އަމިއްލަ ޤާނޫނާއި ބެހޭ ކަމެއް ކަމުގައެވެ. ނަމަވެސް އޭނާ ޖަލަށްލުމަށް، އަދި އޭނާ އަށް މަރުގެ ޙުކުމް ކުރާ ފަދަ އެއްވެސް ކުށެއް އޭނާ ކޮށްފައެއް ނުވާކަމެވެ.


އަހަރެމެންގެ ކާބަފައިން އިބްރާހީމްގެފާނާއި، އިސްޙާޤުގެފާނާއި، ޔަޢުޤޫބުގެފާނު އަޅުކަން ކުރާ މަތިވެރިކަލާނގެ ކަމުގައިވާ މާތްރަސްކަލާނގެ އެކަލާނގެ އެންގެވި ފަދައިން ކަންކޮށް ޚިދުމަތް ކުރެއްވި އީސާގެފާނުގެ ނަންފުޅު މަތިވެރި ކުރައްވައިފި. މި އީސާގެފާނަކީ ކަލޭމެން އެކަލޭގެފާނާއި ދެކޮޅުވެ ޕިލާތުސްގެ ކައިރިއަށް ގެންދިޔަ އީސާގެފާނު. ޕިލާތުސްއަށް އެކަލޭގެފާނުގެ ކިބައިން އެއްވެސް ކުށެއް ނުފެނުމުން އެކަލޭގެފާނު ދޫކޮށްލުމަށް ނިންމި. ނަމަވެސް ކަލޭމެން އެދުނީ މި މާތް ރަނގަޅު ޞާލިޙު ކަލޭގެފާނުގެ ބަދަލުގައި އެތައް ބަޔަކު މަރާފައިވާ ނުބައި ކުށްވެރިއަކު ދޫކޮށްލުމަށް.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ